Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވެހިކަން ސުންގަޑި އިތުރު

ބޯހިޔާވެހިކަން ސްކީމަށް އެދުމުގެ ސުންގަޑި ހޯމަދުވަހުގެ ރޭ 2:00 އަށް އިތުރުކޮށްފި

ބޯހިޔާވަހިކަމުގެ ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން، ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ސުންގަޑި ހޯމަ ދުވަހުގެ ރޭ ދަންވަރު 2:00 އާ ހަމައަށް ހައުސިން މިނިސްޓްރީން ވަނީ އިތުރުކޮށްފަ. މިއީ މި ސްކީމްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރު ކަމަށްވާއިރު، މި ނިންމުން ނިންމީ ޕޯޓަލް ޑައުންވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 15 ޖޫން 2026 | ހޯމަ 19:23
ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު މުއްތަލިބް

ރައީސް މުއިއްޒާއި ހައުސިން މިނިސްޓަރު މުއްތަލިބް | ސޯޝަލް މީޑިއާ

ސަރުކާރުގެ "ބޯހިޔާވެހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން ހިންގާ އާއިލީ ބޯހިޔާވެހިކަން ޕްރޮގްރާމުގެ ދަށުން މާލެ ސަރަހައްދުން ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ ސުންގަޑި ހޯމަ ދުވަހުގެ ރޭ ދަންވަރު 2:00 އާ ހަމައަށް އިތުރުކޮށްފި އެވެ.

މި ނިންމުން ނިންމީ ބޯހިޔަވަހިކަން ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެންނެވެ. ހޯމަ ދުވަހުގެ ރޭގެ މެންދަމު 12:00 އަށް ފްލެޓާއި ގޯއްޗަށް އެދުމުގެ ސުންގަޑި ހަމަވާގޮތަށް އޮތްއިރު، ރޭގަނޑު 10:30 ހާއިރު ޓެކްނިކަލް މައްސަލައެއް ދިމާވެ ޕޯޓަލް ވަނީ ޑައުންވެފަ އެވެ.

ހައުސިން މިނިސްޓްރީން ބުނީ އެމައްސަލަ ގަޑީރެއްހާއިރު ފަހުން ހައްލުކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން ޕޯޓަލް ޑައުންވުމުގެ ސަބަބުން ރައްޔިތުންނަށް ދިމާވި ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން ސުންގަޑި އިތުރުކުރަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

މިއީ މި ސްކީމްތަކަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކުރި ތިންވަނަ ފަހަރެވެ. އެންމެ ފުރަތަމަ ސްކީމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލިއިރު ބިމަށް އެޕްލައިކުރުމުގެ ސުންގަޑިއެއްގެ ގޮތުގައި މާޗު 4 ގެ 23:59 ކަނޑައަޅާފައި އޮތްއިރު، ފްލެޓަށް އެޕްލައިކުރުމުގެ މުއްދަތު ހަމަވާނެ ކަމަށް އޮތީ އެޕްރީލް 17 ގެ 23:59 ގެ ނިޔަލަށެވެ.

އޭގެ ފަހުން އެޕްރީލް މަހުގެ ނިޔަލަށް މުއްދަތު އިތުރުކުރުމަށް ފަހު މެއި މަހުގެ ނިޔަލަށް ވެސް ސުންގަޑި ދަންމާލި އެވެ. އޭގެ ފަހުން ހޯމަ ދުވަހުގެ ރޭގެ 12:00 އަށް ސުންގަޑި ހަމަވާ ގޮތަށް މުއްދަތު އިތުރުކުރީ މެއި 23 ގަ އެވެ.

މާލެހައުސިންގް މިނިސްޓްރީބޯހިޔާވަހިކަން އެންމެންނަށް

އިތުރަށް ކިޔާލަން

14 ޖޫން 2026

އެމެރިކާގެ އެހީގައި ކުއްތާ ޓްރެއިނިންގތަކެއް ކުރިއަށް ގެންގޮސްފި

14 ޖޫން 2026
އެމެރިކާގެ އެހީގައި ކުއްތާ ޓްރެއިނިންގތަކެއް ކުރިއަށް ގެންގޮސްފި
14 ޖޫން 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

14 ޖޫން 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ
14 ޖޫން 2026

ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ރެއަށް ހަމަވާއިރު، އެންސްޕާ ކާޑުގެ ކޮޕީއާ ނުލައި ވެސް ފޯމް ހުށަހެޅޭގޮތް ހަދައިފި

14 ޖޫން 2026
ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ރެއަށް ހަމަވާއިރު، އެންސްޕާ ކާޑުގެ ކޮޕީއާ ނުލައި ވެސް ފޯމް ހުށަހެޅޭގޮތް ހަދައިފި
09 ޖޫން 2026

ހޯމަ ދުވަހުގެރޭ ރާއްޖެ އައި ޙައްޖުވެރިންގެ ފޮށިތައް ނުގެނެވުނީ އެއާލައިންގެ ޓެކްނިކަލް މައްސަލައަކުން: ޙައްޖު ކޯޕަރޭޝަން

09 ޖޫން 2026
ހޯމަ ދުވަހުގެރޭ ރާއްޖެ އައި ޙައްޖުވެރިންގެ ފޮށިތައް ނުގެނެވުނީ އެއާލައިންގެ ޓެކްނިކަލް މައްސަލައަކުން: ޙައްޖު ކޯޕަރޭޝަން
08 ޖޫން 2026

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ބާކީ 7 ދުވަސް

08 ޖޫން 2026
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ބާކީ 7 ދުވަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު