Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވަހިކަން އެންމެންނަށް

ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ރެއަށް ހަމަވާއިރު، އެންސްޕާ ކާޑުގެ ކޮޕީއާ ނުލައި ވެސް ފޯމް ހުށަހެޅޭގޮތް ހަދައިފި

އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް، އިތުރު ލިޔުމަކާ ނުލައި ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ އިންތިޒާމު ހައުސިން މިނިސްޓްރީން މިހާރު ވަނީ ހަމަޖައްސައިދީފައި. "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މި ފަރާތްތަކަށް ޝަރުތުތައް ލުއިކޮށްދީފައިވާއިރު، ގިނަ ބައެއްގެ އެދުމުގެ މަތިން ފޯމު ހުށަހެޅުމުގެ ސުންގަޑި 15 ޖޫން 2026 އަށް އިތުރުކޮށްފައިވޭ. މި މަޝްރޫއުގެ ދަށުން 7،900 ފުލެޓާއި 15,000 ގޯތި ދޫކުރުމަށް ސަރުކާރުން ވަނީ ނިންމާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 14 ޖޫން 2026 | އާދީއްތަ 08:50
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް. | ސްކްރީން އިމޭޖް

އެންސްޕާގައި ރަޖިސްޓްރީވެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބެލެނިވެރިންނަށް، އިތުރު ލިޔުމަކާ ނުލައި ބޯހިޔާވަހިކަމަށް ކުރިމަތިލެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

ހައުސިން މިނިސްޓްރީން ބުނީ، ޚާއްޞަ އިސްކަންދެވޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ފަރާތެއްގެ ބަދަލުގައި، އެންސްޕާގައި ރަޖިސްޓްރީވެފައިވާ ބެލެނިވެރި ފަރާތުން އެޕްލިކޭޝަން ހުށަހަޅާނަމަ، އެކަން ސާބިތުކޮށްދޭ ލިޔުން ނުހިމަނައި އެޕްލިކޭޝަން މިހާރު ހުށަހެޅޭނެ ކަމަށެވެ. 

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގައި ހިމެނޭ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ތެރެއިން، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަށް ވަކިން ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ 1 އޭޕްރީލް 2026 ގަ އެވެ.

ބޯހިޔާވަހިކަމަށް ޝަރުތު ހަމަވުމަށް ބަލާ މުއްދަތު ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކުޑަކޮށްދީފައިވާއިރު،  ނުކުޅެދުންތެރިކަން ހުރި ފަރާތް ނުވަތަ އެފަރާތުގެ އާއިލާގެ މާލީ ހާލަތު ހުރިގޮތުން މާލެ ސަރަހައްދުގައި ދިރިއުޅެވޭނެ ގޮތެއް ނެތުމާއި، އެ ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަށް، އެ ފަރާތަކުން ދިރިއުޅެމުންދާ ރަށުން ނުވަތަ އަތޮޅުން ފަރުވާ ލިބެން ނެތުމުގެ ސަބަބުން ފަރުވާ ހޯދުމަށް އާންމުގޮތެއްގައި މާލެ ސަރަހައްދަށް އަންނަން ޖެހިފައިވާތީ، މާލެ ސަރަހައްދުން ވޭތުވެދިޔަ 1 އަހަރު ފަރުވާ ހޯދާފައިވާ ފަރާތްތަކަށް ފޯމް ހުށަހެޅޭނެ ކަމަށް އުސޫލުގައި ބުނެފައިވެ އެވެ. 

މީގެ އިތުރުން އެންމެންނަށް ބޯހިޔާވަހިކަންގެ ދަށުން ގޯއްޗަށް ކުރިމަތިލާން އެންމެ ފުރަތަމަ ހުޅުވައިލީ 5 މާޗް 2026 ވަނަ ދުވަހުގެ ރޭ 11:59ގެ ނިޔަލަށެވެ. އަދި ފުލެޓަށް ކުރިމަތިލާން ހުޅުވައިލީ 18 އޭޕްރީލް 2026 ވަނަ ދުވަހުގެރޭ 11:59ގެ ނިޔަލަށެވެ.

އޭގެފަހުން މުއްދަތު އިތުރުކޮށް، 15 ޖޫން 2026 ވަނަ ދުވަހުގެ ރޭ 11:59 ށް އިތުރު ކުރި އެވެ. 

ހައުސިން މިނިސްޓްރީން ބުނީ، ބޯހިޔާވަހިކަމަށް ކުރިމަތިލާން ދިން މުއްދަތު އިތުރު ކުރުމުން ދިޔައީ ގިނަ ބަޔަކު އެކަމަށް އެދެމުންދާތީ ގިނަ ބަޔަކަށް ފުރުސަތު ފަހިކޮށްދިނުމަށް ކަމަށެވެ. ނަމަވެސް ދެން ބޯހިޔާވަހިކަމަށް ކުރިމަތިލާން ހުޅުވައިލި މުއްދަތު ދެން އިތުރުނުކުރާނެ ކަމަށެވެ.

އެންމެންނަށް ބޯހިޔާވަހިކަންގެ ސްކީމުގެ ދަށުން  7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ނިންމާފައިވެ އެވެ. 

އެންސްޕާހައުސިންގް މިނިސްޓްރީބޯހިޔާވަހިކަން އެންމެންނަށްއާއިލީ ބޯހިޔާވަހިކަން

އިތުރަށް ކިޔާލަން

08 ޖޫން 2026

ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ބާކީ 7 ދުވަސް

08 ޖޫން 2026
ގޯއްޗާއި ފްލެޓަށް ކުރިމަތިލުމަށް ބާކީ 7 ދުވަސް
02 ޖޫން 2026

ބަލި ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި

02 ޖޫން 2026
ބަލި ހާލަތަށް ރިއާޔަތްކޮށް، ރާއްޖެއިން ލިބޭ ފަރުވާއަށް ވެސް ބޭރަށް ދާން އާސަންދަ ދޭން ނިންމައިފި
01 ޖޫން 2026

ޚާއްސަ އެހީ އަށް ބޭނުންވާ ބައެއް ކުދިންނަށް މޭއި މަހުގެ އެލަވަންސް އަދިވެސް ނުލިބޭ

01 ޖޫން 2026
ޚާއްސަ އެހީ އަށް ބޭނުންވާ ބައެއް ކުދިންނަށް މޭއި މަހުގެ އެލަވަންސް އަދިވެސް ނުލިބޭ
27 މެއި 2026

ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!

27 މެއި 2026
ކުރީ ސަރުކާރުގައި ތިނަދޫ ސިޓީގައި ތަރައްގީ ކުރަމުންދިޔަ 200 ރޯ ހައުސް މަޝްރޫއު ހުއްޓިފައި، މިސަރުކާރުން ބިންގާ އެޅި 50 ހައުސިން ޔުނިޓްގެ މަސައްކަތް ވެސް ކުރިއަށް ނުދޭ!
23 މެއި 2026

ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްދީފި

23 މެއި 2026
ބިމާއި ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ޖޫން 15 ގެ ނިޔަލަށް އިތުރުކޮށްދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު