Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފަލަސުރުޙީ

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫން: ޤާލިބް

އިންތިޚާބުތަކާ ދިމާކޮށް ރަށްރަށަށް މެޝިނަރީޒް އަރުވައިގެން ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުންދާ ކަމަށް މާލެ ސިޓީ ކައުންސިލްގެ މެންބަރު އަޙްމަދު ޤާލިބް ތުހުމަތު ކުރައްވައިފި. ސަރުކާރުން ފައިސާ ނުދިނުމުގެ ސަބަބުން ގިނަ މަޝްރޫއުތަކެއް ހުއްޓި، ކުދި ވިޔަފާރިވެރިން ބަނގުރޫޓުވަމުންދާއިރުވެސް ސަރުކާރުން އެކަމަށް އަޅާނުލާ ކަމަށް އޭނާ ވިދާޅުވި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 16 ޖޫން 2026 | އަންގާރަ 08:08
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޤާލިބް

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޤާލިބް | ރާއްޖެ އެމްވީ

ރައްޔިތުންގެ ލޯތްބާއި ވޯޓު ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެން ދަޅަ ދައްކައިގެންނެއް ނޫންކަމަށް މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޤާލިބް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޤާލިބް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޤާލިބް ވިދާޅުވީ، ފާއިތުވި އިންތިޚާބުތަކާ ދިމާކޮށް ރަށްރަށުގައި ވަރަށް ގިނަ މަޝްރޫއުތައް ހަވާލުކޮށްފައިވާ ކަމަށާއި، އޭގެ ތެރެއިން ގިނަ މަޝްރޫއުތަކަކީ ސަރުކާރުގެ އިސްވެރިންނާ ގާތް ގުޅުން އޮންނަ ކުންފުނިތަކަށް ދީފައިވާ މަސައްކަތްތަކެއް ކަމަށެވެ.

ޤާލިބް ފާހަގަކުރެއްވި ގޮތުގައި، ސަރުކާރުން ދޭންޖެހޭ ފައިސާ ނުދިނުމުގެ ސަބަބުން މިހާރުވެސް ރަށްރަށުގެ ވަރަށް ގިނަ މަޝްރޫއުތައް ވަނީ ހުއްޓިފައެވެ.

މީގެ އިތުރުން، ސަރުކާރުން ކަންކަން ކުރަން އުޅެނީ ތަހައްމަލު ނުކުރެވޭ ވަރުން ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން ކަންކަން ކުރެވެމުންދަނީ ވަރަށް ފަރުވާކުޑަކޮށް، ހަމައެކަނި ނަމަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ލޯބި ހޯދުމަކީ ބިން ހިއްކާ ސާމާނު ރަށްރަށަށް އަރުވައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް ޤާލިބް ވިދާޅުވިއެވެ.

މީގެ އިތުރުން، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަކީ ކޮންމެ ސަރުކާރެއްގެވެސް ޒިންމާއެއް ކަމަށާއި، ނަމަވެސް މި ސަރުކާރުން ފެންނަނީ އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރާ މަންޒަރު ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. މަޝްރޫއުތައް ހަވާލުކުރާ ކުންފުނިތައް ބަނގުރޫޓުވެގެން ދާއިރުވެސް، ސަރުކާރުން އެކަމާ އަޅާނުލާ ތިބެނީ ހިނިއައިސްފައި ކަމަށް ޤާލިބް ވިދާޅުވިއެވެ.

ރައްޔިތުންގެ ލޯބި ހޯދާނީ ބިން ހިއްކާ ސާމާނު ރަށަށް އަރުވައިގެންނެއް ނޫން. ރައްޔިތުންނަށް ދޭން ޖެހޭ ޚިދުމަތެއް އޮތްނަމަ އެ ޚިދުމަތެއް ދިނުމަކީ އެ އިރަކު އޮންނަ ސަރުކާރެއްގެ ޒިންމާއެއް، އޭގެ ބަދަލުގައި އޮޅުވާލައިގެން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން އިންތިޚާބު ކާމިޔާބު ކުރަން އެތަނަށް ހައިމާކާއި މެޝިނަރީޒް އަރުވައިގެން އެ ކުންފުންޏެއް ބަނގުރޫޓުވެގެން ދާއިރުވެސް ސަރުކާރުން މި ތިބެނީ ހަމަ ހިނިއައިސްފައި.
މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދެކުނު ދާއިރާގެ މެމްބަރު އަޙްމަދު ޤާލިބް

ރާއްޖޭގެ އެކި ރަށްރަށުގައި ތިބި ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިން މިހާރު ތިބީ ވަރަށް ދަތި ހާލަތެއްގައި ކަމަށާއި، ވިޔަފާރިވެރިން ތިބީ ނޭވާ ހޮޅީގައި ކަމުގެ މައުލޫމާތު ލިބެމުންދާ ކަމަށްވެސް ޤާލިބް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ދޭންޖެހޭ އެއްބާރުލުން ފުރިހަމައަށް ދެމުންދާއިރު، ސަރުކާރުން ރައްޔިތުންނަށް ކަންކަން އޮޅުވާލުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ޤާލިބް އިތުރަށް ވިދާޅުވީ، ރައްޔިތުން ކޮންމެ ހާލެއްގައި އުޅުނަސް ސަރުކާރަށް ވަރިހަމަ ކަމަށެވެ. ސަރުކާރަށް މިއަދު ހަމައެކަނި މުހިއްމުވަނީ އިންތިޚާބުތައް ކާމިޔާބު ކުރުމަށްޓަކައި ރައްޔިތުންނަށް ކަންކަން އޮޅުވާލުން ކަމަށް ވިދާޅުވެ، އޭނާ ވަނީ ސަރުކާރުގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފައްދަވާފައެވެ.

އަޙްމަދު ޤާލިބްމާލޭ ސިޓީ ކައުންސިލްހުޅުމާލެ ދެކުނުރާއްޖެ ޓީވީފަލަސުރުހީ

އިތުރަށް ކިޔާލަން

15 ޖޫން 2026

ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް

15 ޖޫން 2026
 ހުޅުމާލެ ހޮސްޕިޓަލުން ހިދުމަތެއް ހޯދަން ރައްޔިތުން ގަނޑަތެޅެންޖެހޭ ވަރު، ސަރުކާރުގެ އިސްވެރިންނަށް އިހުސާސެއް ނުކުރެވޭނެ: ޤާލިބް
14 ޖޫން 2026

ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!

14 ޖޫން 2026
ފަހި ފްލެޓުތަކުގެ ކުލި ދެއްކުމުގައި އޮތް އުސޫލާ މެދު ޔޫނިއަންގެ ކަންބޮޑުވުން!
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
10 ޖޫން 2026

ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ

10 ޖޫން 2026
ރައީސް މުއިއްޒުގެ ސިޔާސަތެއް ނެތުމުގެ ސަބަބުން ސަރުކާރު އޮތީ ހަތަރު އަނގޮޅި ކަންމައްޗެއްގައި: ޑީޑީ
09 ޖޫން 2026

ސަރުކާރުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ވަނީ ގޯސް، ފެންނަނީ ފަހަރަކު ބޭފުޅަކު ރައީސް އާއި ފެޔަށް ވަޑައިގަންނަވާތަން: ޑީޑީ

09 ޖޫން 2026
ސަރުކާރުގެ ހާލަތު ދުވަހަކަށްވުރެ ދުވަހެއް ވަނީ ގޯސް، ފެންނަނީ ފަހަރަކު ބޭފުޅަކު ރައީސް އާއި ފެޔަށް ވަޑައިގަންނަވާތަން: ޑީޑީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު