Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އެމްބާޕޭގެ ދެ ލަނޑާ އެކު، ފްރާންސް އަށް ތާރީޚީ މޮޅެއް

މިއީ 24 އަހަރު ފަހުން ފްރާންސް އާއި ސެނެގާލް ވޯލްޑް ކަޕްގައި ބައްދަލު ކުރި ފުރަތަމަ ފަހަރު. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެނެގާލްއާ ދެކޮޅަށް ކުޅެ ފްރާންސް ވަނީ ބަލިވެފައި. އެހެންކަމުން 24 އަހަރަށް ފަހު ފްރާންސް އިން މި ވަނީ ސެނެގާލް އަތުން މޮޅުވެ، ބަދަލު ހިފާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2026 | ބުދަ 00:57
މެޗުގައި ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އެމްބާޕޭ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް ގުރޫޕް އައިގައި ސެނެގާާލްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ފްރާންސް އިން ތާރީޚީ މޮޅެއް ހޯދައިފި އެވެ.

އެމެރިކާގެ ނިއު ޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ފްރާންސް އިން ކާމިޔާބު ކުރީ 3-1 އިންނެވެ. މެޗުގައި ދެ ޓީމުން ވެސް ލަނޑުތައް ޖެހީ ދެ ވަނަ ހާފުގައި އެވެ. 

މެޗު ފަށައިގެން ފްރާންސް އިން ވަނީ ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތު ހޯދައިފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އަށް ވަނީ ލަނޑު ޖަހަން ފުރުސަތު ލިބިފައި އެވެ.

މެޗުގެ ދެ ވަނަ ހާފުގެ 66 ވަނަ މިނެޓުގައި އެމްބާޕޭ ވަނީ ލަނޑު ޖަހައި ފްރާންސް އަށް ލީޑު ނަގައިދީފައި އެވެ. އެ ލަނޑު ޖަހަން އެމްބާޕޭ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މައިކަލް އޮލައިސޭ އެވެ. އޭގެ ފަހުން 82 ވަނަ މިނެޓުގައި ބްރާޑްލޭ ބާކޮލާ ވަނީ ފްރާންސްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. އެއީ އެޑްރިއަން ރަބިއޮޓް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ސެނެގާލްގެ ހަމައެކަނި ލަނޑު ޖެހީ އިބްރާހިމް އެމްބާއޭ އެވެ. ނަމަވެސް، އޭގެ އިރުކޮޅެއް ފަހުން އެމްބާޕޭ ވަނީ ފްރާންސްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑާ އެކު އެމްބާޕޭ ވެގެން ގޮސްފައި ވަނީ ފްރާންސް ޤައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހައިދިން ކުޅުންތެރިޔާާ އެވެ. އެގޮތުން ޤައުމީ ޓީމަށް އެމްބާޕޭ 58 ލަނޑު ޖަހައިދީފައިވާއިރު، ދެ ވަނައިގައި އޮތް އޮލީވިއޭ ޖިރޫޑް ޖަހާފައި ވަނީ 57 ލަނޑެވެ.

އަނެއްކޮޅުން މިއީ 24 އަހަރު ފަހުން ފްރާންސް އާއި ސެނެގާލް ވޯލްޑް ކަޕްގައި ބައްދަލު ކުރި ފުރަތަމަ ފަހަރެވެ. 2002 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ސެނެގާލްއާ ދެކޮޅަށް ކުޅެ ފްރާންސް ވަނީ ބަލިވެފައި އެވެ. އެހެންކަމުން 24 އަހަރަށް ފަހު ފްރާންސް އިން މި ވަނީ ސެނެގާލް އަތުން މޮޅުވެ، ބަދަލު ހިފައިފަ އެވެ.

ފީފާ ވާރލްޑް ކަޕް 2026ްފްރާންސުގެ ގައުމީ ފުޓްބޯޅަ ޓީމުސެނެގާލް ޤައުމީ ފުޓުބޯޅަ ޓީމުކީލިއަން އެމްބާޕޭ

އިތުރަށް ކިޔާލަން

16 ޖޫން 2026

އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި

16 ޖޫން 2026
އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި
16 ޖޫން 2026

އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި

16 ޖޫން 2026
އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި
16 ޖޫން 2026

އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި

16 ޖޫން 2026
އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި
16 ޖޫން 2026

މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް

16 ޖޫން 2026
މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް
16 ޖޫން 2026

އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު

16 ޖޫން 2026
އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު