Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް

މެޗު އެއްވަރުވެގެން ނިމުނުއިރު، މިޞްރުގެ މި މެޗު ޚާއްސަވީ އެ ޓީމުގެ ޞަލާޙު އަށް. އެގޮތުން އެ މެޗު ކުޅުނު ދުވަހަކީ ޞަލާޙުގެ އުމުރުން 34 ވަނަ އުފަން ދުވަސް. އޭނާ އަކީ މިޞްރުގެ ޓީމުގައި ހިމެނޭ އެންމެ މުހިންމު ކުޅުންތެރިޔާ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2026 | އަންގާރަ 01:30
ބެލްޖިއަމްއާ ދެކޮޅަށް މިޞްރުން ކުޅުނު މެޗުގައި ޞަލާޙު.

ބެލްޖިއަމްއާ ދެކޮޅަށް މިޞްރުން ކުޅުނު މެޗުގައި ޞަލާޙު. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ޖީގައި ބެލްޖިއަމް އާއި މިޞްރު ބައްދަލު ކުރި މެޗު އެއްވަރު ވެގެން ނިމިއްޖެ އެވެ.

އެމެރިކާގެ ސީޓަލް ސްޓޭޑިއަމްގައި ހޯމަ ދުވަހުގެ ރޭ ދަަންވަރު ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ވެސް މިޞްރުންނެވެ. ނަމަވެސް، ބެލްޖިއަމް އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފައި އެވެ.

މެޗު ފަށައިގެން 19 ވަނަ މިނެޓުގައި މިޞްރުން ވަނީ ބެލްޖިއަމް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު މިޞްރަށް ޖަހައިދިނީ އިމާމް އާޝޫރު އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ މިޞްރުގެ ކެޕްޓަން މުޙައްމަދު ޞަލާޙު އެވެ. 

މެޗުގައި ބެލްޖިއަމް އިން ވަނީ ކުރިއަށް ޖެހިގެން ލަނޑު ޖަހަން މަސައްކަތް ކޮށްފައި އެވެ. އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަވީ ދެ ވަނަ ހާފުގައި އެވެ. އެގޮތުން މެޗުގެ 66 ވަނަ މިނެޓުގައި ބެލްޖިއަމް އަށް ނަތީޖާ ހަމަހަމަވީ، މިޞްރުގެ މުހައްމަދު ހާނީ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ.

މެޗު އެއްވަރުވެގެން ނިމުނުއިރު، މިޞްރުގެ މި މެޗު ޚާއްސަވީ އެ ޓީމުގެ ޞަލާޙު އަށެވެ. އެގޮތުން އެ މެޗު ކުޅުނު ދުވަހަކީ ޞަލާޙުގެ އުމުރުން 34 ވަނަ އުފަން ދުވަހެވެ. އޭނާ އަކީ މިޞްރުގެ ޓީމުގައި ހިމެނޭ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. މުބާރާތުގެ ގުރޫޕު ސްޓޭޖުގައި މިޞްރުގެ ދެ ވަނަ މެޗުގައި ނިކުންނާނީ ނިއުޒިލެންޑްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ނިކުންނާނީ އީރާންއާ ދެކޮޅަށެވެ.

ބެލްޖިއަމްގެ ދެ ވަނަ މެޗުގައި އީރާންއާ ދެކޮޅަށް ކުޅޭއިރު، ފަހު މެޗުގައި ކުޅޭނީ ނިއުޒިލެންޑްއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026މިޞްރުގެ ޤައުމީ ފުޓުބޯޅަ ޓީމުބެލްޖިއަމް ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

16 ޖޫން 2026

އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު

16 ޖޫން 2026
އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
15 ޖޫން 2026

ފަސް ލަނޑުގެ މޮޅާ އެކު، ސްވިޑަން އަށް ވެސް ވަރުގަދަ ފެށުމެއް

15 ޖޫން 2026
ފަސް ލަނޑުގެ މޮޅާ އެކު، ސްވިޑަން އަށް ވެސް ވަރުގަދަ ފެށުމެއް
15 ޖޫން 2026

ފަހު ވަގުތު އައިވަރީ ކޯސްޓް އިން އެކުއެޑޯ ބަލިކޮށްފި

15 ޖޫން 2026
ފަހު ވަގުތު އައިވަރީ ކޯސްޓް އިން އެކުއެޑޯ ބަލިކޮށްފި
15 ޖޫން 2026

ޖަޕާން އިން ނެދަލެންޑްސް ހުއްޓުވައިފި

15 ޖޫން 2026
ޖަޕާން އިން ނެދަލެންޑްސް ހުއްޓުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު