Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި

ސައުދީ އާއި އުރުގުއޭގެ ކުރިމަތިލުން އެއްވަރުވީއިރު، މި ގުރޫޕުގައި ސްޕެއިން އާއި ކޭޕް ވާޑްގެ ކުރިމަތިލުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2026 | އަންގާރަ 01:35
އުރުގުއޭ އާއި ސައުދީ އަރަބިއްޔާ ބައްދަލު ކުރި މެޗުގެ ތެރެއިން.

އުރުގުއޭ އާއި ސައުދީ އަރަބިއްޔާ ބައްދަލު ކުރި މެޗުގެ ތެރެއިން. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެޗްގައި އުރުގުއޭއާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުކޮށް، ސައުދީ އަރަބިއްޔާ އިން ޕޮއިންޓެއް ހޯދައިފި އެވެ.

އެމެރިކާގެ މިއާމީ ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ފަތިހު ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ސައުދީ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، އުރުގުއޭ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފައި އެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނުނުއިރު، ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް ސައުދީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ސައުދީ އަށް ޖަހައިދިނީ އަބްދުﷲ އަލް އަމްރީ އެވެ. 

ދެ ވަނަ ހާފަށް ނިކުމެ އުރުގުއޭ އިން ވަނީ ކުރިއަށް ޖެހި، ލަނޑު ޖަހަން ގިނަ މަސައްކަތް ތަކެއް ކޮށްފައި އެވެ. އުރުގުއޭ އިން ވަނީ މެޗުގެ 80 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަ ކޮށްފައި އެވެ. އެއީ ސައުދީގެ ކީޕަރުގެ އަތުގައި ޖެހި ރީބައުންސް އަށް އައި ބޯޅަ ގޯލަށް ވައްދާލައިގެން ރޮނާލްޑް އަރައުހޯ ޖެހި ލަނޑެކެވެ. 

ސައުދީ އާއި އުރުގުއޭގެ ކުރިމަތިލުން އެއްވަރުވީއިރު، މި ގުރޫޕުގައި ސްޕެއިން އާއި ކޭޕް ވާޑްގެ ކުރިމަތިލުން ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެވެ. ސައުދީގެ ދެ ވަނަ މެޗުގައި ސްޕެއިންއާ ދެކޮޅަށް ކުޅޭއިރު، ފަހު މެޗުގައި ކުޅޭނީ ކޭޕް ވާޑްއާ ދެކޮޅަށެވެ. އުރުގުއޭގެ ދެ ވަނަ މެޗުގައި ކޭޕް ވާޑްއާ ދެކޮޅަށް ކުޅުމަށް ފަހު، ފަހު މެޗުގައި ކުޅޭނީ ސްޕެއިންއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026އުރުގުއޭ ޤައުމީ ފުޓުބޯޅަ ޓީމުސައުދީ އަރަބިއްޔާ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

16 ޖޫން 2026

މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް

16 ޖޫން 2026
މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް
16 ޖޫން 2026

އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު

16 ޖޫން 2026
އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
15 ޖޫން 2026

ފަސް ލަނޑުގެ މޮޅާ އެކު، ސްވިޑަން އަށް ވެސް ވަރުގަދަ ފެށުމެއް

15 ޖޫން 2026
ފަސް ލަނޑުގެ މޮޅާ އެކު، ސްވިޑަން އަށް ވެސް ވަރުގަދަ ފެށުމެއް
15 ޖޫން 2026

ފަހު ވަގުތު އައިވަރީ ކޯސްޓް އިން އެކުއެޑޯ ބަލިކޮށްފި

15 ޖޫން 2026
ފަހު ވަގުތު އައިވަރީ ކޯސްޓް އިން އެކުއެޑޯ ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު