Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ފަސް ލަނޑުގެ މޮޅާ އެކު، ސްވިޑަން އަށް ވެސް ވަރުގަދަ ފެށުމެއް

މެޗުގެ ފުރަތަމަ ހާފުގައި ސްވިޑަން އިން ދެ ލަނޑު ޖެހިއިރު، ޓިއުނީޝިއާ އިން ލަނޑެއް ޖެހި. ސްވިޑަން އިން އަނެއް ތިން ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2026 | ހޯމަ 05:26
މެޗުގައި ލަނޑު ޖެހުމަށް ފަހު ސްވިޑަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ސްވިޑަންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެފްގައި ޓިއުނީޝިއާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ސްވިޑަން އިން މުބާރާތުގައި ވަރުގަދަ ފެށުމެއް ހޯދައިފި އެވެ.

މެކްސިކޯގައި ހޯމަ ދުވަހުގެ ހެނދުނު ކުޅުނު މެޗު ސްވިޑަން އިން ކާމިޔާބު ކުރީ 5-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ސްވިޑަން އިން ދެ ލަނޑު ޖެހިއިރު، ޓިއުނީޝިއާ އިން ލަނޑެއް ޖެހި އެވެ. ސްވިޑަން އިން އަނެއް ތިން ލަނޑު ޖެހީ މެޗުގެ ދެ ވަނަ ހާފުގައި އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި ސްވިޑަން އަށް ލީޑު ނަގައިދިނީ ޔާސީން އަޔާރީ އެވެ. އޭގެ ފަހުން މެޗުގެ 30 ވަނަ މިނެޓުގައި އެލެގްޒެންޑާ އިސާކް ވަނީ ސްވިޑަންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފައި އެވެ. އެ ލަނޑު ޖަހަން އިސާކް އަށް ފުރުސަތު ތަނަވަސްކޮށްދިނީ، ވިކްޓަ ޔޮކަރޭޝް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ ފަހު ވަގުތުގައި ޓިއުނީޝިއާގެ ހަމައެކަނި ލަނޑު ޖެހީ އޮމާރް ރެކިކް އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ޔޮކަރޭޝް ވަނީ ސްވިޑަންގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖަހަން ޔޮކަރޭޝް އަށް ފުރުސަތު ތަނަވަސްކޮށްދިނީ އިސާކް އެވެ. އޭގެ ފަހުން މެޗުގެ 84 ވަނަ މިނެޓުގައި ސްވިޑަންގެ ހަތަރު ވަނަ ލަނޑު ޖެހީ މަޓިއަސް ސްވެންބާގް އެވެ. އެއީ ވެސް އިސާކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ސްވިޑަންގެ ފަހު ލަނޑު ޖެހީ އަޔާރީ އެވެ. 

މޮޅާ އެކު ސްވިޑަން އިން މުބާރާތް ފެށިއިރު، އެ ޓީމުގެ ދެ ވަނަ މެޗުގައި ނިކުންނާނީ ނެދަލެންޑްސްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ނިކުންނާނީ ޖަޕާންއާ ދެކޮޅަށެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕަށް ސްވިޑަން ކޮލިފައި ނުވެ އެވެ.

ފީފާ ވާރލްޑް ކަޕް 2026ސްވިޑަން ޤައުމީ ފުޓުބޯޅަ ޓީމުޓިއުނީޝިއާ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

15 ޖޫން 2026

ފަހު ވަގުތު އައިވަރީ ކޯސްޓް އިން އެކުއެޑޯ ބަލިކޮށްފި

15 ޖޫން 2026
ފަހު ވަގުތު އައިވަރީ ކޯސްޓް އިން އެކުއެޑޯ ބަލިކޮށްފި
15 ޖޫން 2026

ޖަޕާން އިން ނެދަލެންޑްސް ހުއްޓުވައިފި

15 ޖޫން 2026
ޖަޕާން އިން ނެދަލެންޑްސް ހުއްޓުވައިފި
15 ޖޫން 2026

ކިއުރުސާއޯ ކޮޅަށް ހަތް ލަނޑު ޖަހައި ޖަރުމަނަށް ވަރުގަދަ ފެށުމެއް

15 ޖޫން 2026
ކިއުރުސާއޯ ކޮޅަށް ހަތް ލަނޑު ޖަހައި ޖަރުމަނަށް ވަރުގަދަ ފެށުމެއް
14 ޖޫން 2026

އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި

14 ޖޫން 2026
އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި
14 ޖޫން 2026

ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ: ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޓްރޫޑޯ

14 ޖޫން 2026
ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ: ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޓްރޫޑޯ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު