Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ޖަޕާން އިން ނެދަލެންޑްސް ހުއްޓުވައިފި

ފުރަތަމަ މެޗުގައި ޖަޕާންއާ އެއްވަރުވެފައިވާއިރު، ދެ ވަނަ މެޗުގައި ނެދަލެންޑްސް ނިކުންނާނީ ސްވެޑެންއާ ދެކޮޅަށް. އަދި ޖަޕާން ނިކުންނާނީ ޓިއުނީސިއާއާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2026 | ހޯމަ 01:49
މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަޕާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ޖަޕާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެފްގައި ނެދަލެންޑްސްއާ ދެކޮޅަށް ކުޅުނު މެޗު ޖަޕާން އިން އެއްވަރު ކޮށްފި އެވެ.

އާދީއްތަ ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ނެދަލެންޑްސް އިން ދެ ފަހަރެއްގެ މަތިން ލަނޑު ޖަހައި ލީޑު ނެގިއިރު ވެސް، ޖަޕާން އިން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަ ކޮށްފައި އެވެ. މެޗުގެ ލަނޑުތައް ފެނުނީ ވެސް ދެ ވަނަ ހާފުގައި އެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަ ވަނަ މިނެޓުގައި ނެދަލެންޑްސް އިން ލަނޑު ޖަހައި ލީޑު ނެގި އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ވާޖިލް ވެން ޑައިކް އެވެ. އެއީ ރަޔަން ގްރެވެންބާކް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. ނަމަވެސް، އޭގެ ހަ މިނެޓު ފަހުން ޖަޕާންގެ ކެއިޓޯ ނަަކަމޫރާ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

ދެ ވަނަ ފަހަރަށް ނެދަލެންޑްސް އިން ލީޑު ނެގީ މެޗުގެ 64 ވަނަ މިނެޓުގައި އެވެ. އެއީ ކްރައިސެންސިއޯ ސަމާވިލް ޖެހި ލަނޑުންނެވެ. އެ ލަނޑު ޖަހަން ސަމާވިލް އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ގްރެވެންބާކް އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވާން މިނެޓަކަށް ވެފައި ވަނިކޮށް، ޖަޕާންގެ ޑައީޗީ ކަމާޑާ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. 

ފުރަތަމަ މެޗުގައި ޖަޕާންއާ އެއްވަރުވެފައިވާއިރު، ދެ ވަނަ މެޗުގައި ނެދަލެންޑްސް ނިކުންނާނީ ސްވެޑެންއާ ދެކޮޅަށެވެ. އަދި ޖަޕާން ނިކުންނާނީ ޓިއުނީސިއާއާ ދެކޮޅަށެވެ. ފަހު މެޗުގައި ނެދަލެންޑްސް އިން ޓިއުނީސިއާ ދެކޮޅަށް ކުޅޭއިރު، ޖަޕާން ކުޅޭނީ ސްވެޑެންއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026ޖަޕާން ޤައުމީ ފުޓުބޯޅަ ޓީމުނެދަލެންޑްސްގެ ގައުމީ ޓީމު

އިތުރަށް ކިޔާލަން

15 ޖޫން 2026

ކިއުރުސާއޯ ކޮޅަށް ހަތް ލަނޑު ޖަހައި ޖަރުމަނަށް ވަރުގަދަ ފެށުމެއް

15 ޖޫން 2026
ކިއުރުސާއޯ ކޮޅަށް ހަތް ލަނޑު ޖަހައި ޖަރުމަނަށް ވަރުގަދަ ފެށުމެއް
14 ޖޫން 2026

އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި

14 ޖޫން 2026
އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި
14 ޖޫން 2026

ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ: ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޓްރޫޑޯ

14 ޖޫން 2026
ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ: ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޓްރޫޑޯ
14 ޖޫން 2026

ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ

14 ޖޫން 2026
ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ
14 ޖޫން 2026

އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ

14 ޖޫން 2026
އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު