Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް 2026

އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި

މައްސަލަ ބެއްލެވި ގާޒީ ކާޓިސް އޭ ކިން ވިދާޅުވީ، އެ ދިދަ މަނާ ކުރުމަށް ފީފާ އިން ނިންމާފައިވާ ނިންމުމަށް ތާއީދު ކުރާ ކަމަށާއި، އެ ނިންމުން ދެމެހެއްޓޭނެ ކަމަށް. ގާޒީ ވިދާޅުވީ މިނިވަން ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެއީ މުޖުތަމައުގެ އަސާސީ ބިންގަލެއް ކަމަށެވެ. ނަމަވެސް، އަކަމަށް ބައެއް ހައްދު ތަކެއް ހުންނާނެ ކަމަށް ގާޒީ ފާހަގަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ޖޫން 2026 | އަންގާރަ 05:03
ފީފާ އިން ބޭނުން ކުރުން މަނާ ކުރި ޕަހްލަވީގެ ސަޕޯޓަރުން ބޭނުން ކުރަން މަސައްކަތް ކުރި ދިދަ.

ފީފާ އިން ބޭނުން ކުރުން މަނާ ކުރި ޕަހްލަވީގެ ސަޕޯޓަރުން ބޭނުން ކުރަން މަސައްކަތް ކުރި ދިދަ. | ރޮއިޓާސް

އެމެރިކާ އާއި އިޒްރޭލް އިން އީރާންއާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ސިޔާސީ ހަމަނުޖެހުންތައް ފީފާ ވޯލްޑް ކަޕަށް އަސަރު ކުރަމުން އަންނައިރު، އީރާނުގެ ކުރީގެ ރަސްކަލުންގެ ސަރުކާރާ ގުޅުންހުރި ދިދައެއް މަނާ ކުރުމަށް ފީފާ އިން ނިންމި ނިންމުމަށް ލޮސް އެންޖަލިސްގެ ކޯޓަކުން ތާއީދު ކޮށްފި އެވެ.

މި ދިދަ އަކީ އީރާންގެ ރަސްމީ ތިން ކުލައިގެ ދިދައާ އެއްގޮތަށް ހަދާފައިވާ ދިދަ އަކަށް ވީ ނަމަވެސް، މިއީ 1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބުގައި ވައްޓާލި ކުރީގެ ރަސްކަލުންގެ ސަރުކާރާ ގުޅުންހުރި އިރުގެ ނިޝާން ހިމެނޭ ދިދަ އެކެވެ.

މި ދިދަ ބޭނުން ކުރަނީ ރަސްކަލުންގެ ގޮތުގައި ހުންނެވި މުހައްމަދު ރިޒާ ޕަހްލަވީގެ ދަރިކަލުން ރިޒާ ޕަހްލަވީ އަށް ތާއީދު ކުރާ މީހުންނެވެ. އޭނާ އަކީ މިހާރު ވެސް އީރާންގެ ވެރިކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ މީހެއް ކަމަށް ވަނީ ފާހަގަ ކުރެވިފައި އެވެ. 

މި ދިދަ ބޭނުން ކުރުން މަނާ ކުރުމަށް ފީފާ އިން ނިންމުމުން، އިންސްޓިޓިއުޓް ފޯ ވޮއިސް ފޯ ލިބާޓީ އާއި ޕަހްލަވީގެ ބައެއް ސަޕޯޓަރުން ވަނީ ލޮސް އެންޖަލިސް ކައުންޓީގެ ސުޕީރިއާ ކޯޓަށް މިދިޔަ ބުރާސްފަތި ދުވަހު މައްސަލަ ހުށަހަޅައިފަ އެވެ. މި މައްސަލަ ނިންމާފައި ވަނީ އަންގާރަ ދުވަހުގެ ހެނދުނު އީރާން އާއި ނިއުޒިލެންޑް ބައްދަލު ކުރި މެޗުގެ ކުރިންނެވެ. 

މައްސަލަ ބެއްލެވި ގާޒީ ކާޓިސް އޭ ކިން ވިދާޅުވީ، އެ ދިދަ މަނާ ކުރުމަށް ފީފާ އިން ނިންމާފައިވާ ނިންމުމަށް ތާއީދު ކުރާ ކަމަށާއި، އެ ނިންމުން ދެމެހެއްޓޭނެ ކަމަށެވެ. ގާޒީ ވިދާޅުވީ މިނިވަން ވާހަކަ ދެއްކުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، އެއީ މުޖުތަމައުގެ އަސާސީ ބިންގަލެއް ކަމަށެވެ. ނަމަވެސް، އަކަމަށް ބައެއް ހައްދު ތަކެއް ހުންނާނެ ކަމަށް ގާޒީ ފާހަގަ ކުރެއްވި އެވެ. 

މި މައްސަލަ ފެންމަތި ވެފައި ވަނީ އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ސިޔާސީ ހަމަނުޖެހުން ކުޅިވަރާ ގުޅިފައިވާ ދަނޑިވަޅެއްގައި އެވެ. ފީފާ އިން މި ދިދަ މަނާ ކުރީ ސްޓޭޑިއަމް ތަކުގައި ސިޔާސީ މެސެޖުތައް ދެއްކުން މަނާ ކުރާ ގަވާއިދު ތަކުގެ ދަށުންނެވެ.

މަސްދަރު: އަލް ޖަޒީރާ

ފީފާފީފާ ވާރލްޑް ކަޕް 2026އީރާންރިޒާ ޕަހްލަވީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި

އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި

16 ޖޫން 2026
އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި

އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި

16 ޖޫން 2026
މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް

މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް

16 ޖޫން 2026
އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު

އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު

16 ޖޫން 2026
އީރާން-އެމެރިކާ ސުލްހައިގެ އެއްބަސްވުމަށް ފަހު އިޒްރޭލުން ލުބުނާނަށް ހަމަލާދީ މީހަކު މަރުވެއްޖެ

އީރާން-އެމެރިކާ ސުލްހައިގެ އެއްބަސްވުމަށް ފަހު އިޒްރޭލުން ލުބުނާނަށް ހަމަލާދީ މީހަކު މަރުވެއްޖެ

15 ޖޫން 2026

އަހަރުތަކުން މިއަދު

15 ޖޫން
އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލް ވެރިކަމަށް ލިބުނު ގެއްލުމާއި ހާނީއްކަ 'ހިތަށް ނުގެނެވޭހާ ބޮޑު: އައި.އާރް.ޖީ.ސީ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންތިޚާބުގައި ވާދަކުރާނެ އިތުރު ފަރާތެއް ނެތުމާއެކު 3 ބައި-އިލެކްޝަނެއް ޕީއެންސީ އަށް ކާމިޔާބު ވެއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި
20233 އަހަރު ކުރިން
ރާއްޖެ

މާލޭގެ ގެއެއްގައި ގޭސް ފުޅިއެއް ގޮވައިފި

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯ ޕީޕަލްސް ޗޮއިސް ފިހާރައިގެ ލީސިން ޕާޓްނަރަކަށް މިފްކޯ

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ސްޓޭޑިއަމް ފުރެންދެން ހަންގޭރީގެ ސަރުކާރުން މީހުން ވެއްދީ ކީއްވެ؟

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ
20197 އަހަރު ކުރިން
ރާއްޖެ

ބޯހިޔާވަހިިކަމުގެ ސްކީމްތަކުގައި ބައިވެރިވެވޭނީ ހަމައެކަނި ޕޯޓަލް އިން: ހައުސިންގ މިނިސްޓްރީ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

ވާރލްޑް ކަޕް ބެލުމަށް ހެދި ޖަގަހައިގެ ނަމަކަށް ވާރލްޑް ކަޕް ޖަޒީރާ ޖަގަހަ ކިޔުމުން ވެސް މައްސަލައަކަށް ވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު