Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު

16 ޖޫން 2026 | އަންގާރަ 01:28

މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ސްޕެއިންގެ ދެ ވަނަ މެޗުގައި ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށް. އަދި ފަހު މެޗުގައި ނިކުންނާނީ އުރުގުއޭއާ ދެކޮޅަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2026 | އަންގާރަ 01:28
ސްޕެއިން އާއި ކޭޕް ވާޑް ބައްދަލު ކުރި މެޗުގެ ތެރެއިން.

ސްޕެއިން އާއި ކޭޕް ވާޑް ބައްދަލު ކުރި މެޗުގެ ތެރެއިން. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕު އެޗްގައި ކޭޕް ވާޑްއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން އެއްވަރު ވެއްޖެ އެވެ.

އެމެރިކާގެ އެޓްލަންޓާ ސްޓޭޑިއަމްގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.

މެޗު ފަށައިގެން ސްޕެއިން އިން ވަނީ ރަނގަޅަށް ކުޅެ، ލަނޑު ޖަހަން މަސައްކަތް ކޮށްފައި އެވެ. އެގޮތުން ސްޕެއިންގެ ފެރާމް ޓޮރޭސް އާއި، ޕެޑްރީ އަށް ލިބުނު ފުރުސަތު ތަކުގައި ލަނޑު ޖަހަން މަސައްކަތް ކުރި ނަމަވެސް، އެކަން ކާމިޔާބު ވެފައި ނުވެ އެވެ.

އޭގެ ފަހުން ސްޕެއިން އިން ވަނީ ޒުވާން ކުޅުންތެރިޔާ ޔަމީން ޔަމާލް ވެސް ކުޅެން އަރުވައިފަ އެވެ. އަނިޔާގެ ސަބަބުން މެޗުގެ ފުރަތަމަ 11 އިން ފުރުސަތު ނުދިން ނަމަވެސް، ޔަމާލް އަށް ވަނީ ބަދަލަކަށް އަރައި ކުޅެން ފުރުސަތު ދީފައި އެވެ. ސްޕެއިން އިން މެޗުގައި ލަނޑު ޖަހަން ގިނަ ހަމަލާ ތަކެއް ފޮނުވާލިއިރު، ކޭޕް ވާޑްގެ ގޯލު ކީޕަރު ވަނީ އެ ހަމަލާތައް ހުއްޓުވައިފި އެވެ.

ސްޕެއިން އަކީ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ޓީމު ތަކުގެ ތެރޭގައި ވެސް ހިމެނޭ ޓީމެކެވެ. 2024 ވަނަ އަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތް ވެސް ކާމިޔާބު ކޮށްފައިވާ ސްޕެއިންގައި ހުނަރުވެރި ގިނަ ކުޅުންތެރިން ތަކެއް އެބަ ތިއްބެވެ. މުބާރާތުގެ ގުރޫޕު ސްޓޭޖުގައި ސްޕެއިންގެ ދެ ވަނަ މެޗުގައި ނިކުންނާނީ ސައުދީ އަރަބިއްޔާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ނިކުންނާނީ އުރުގުއޭއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026ސްޕެއިން ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
15 ޖޫން 2026

ފަސް ލަނޑުގެ މޮޅާ އެކު، ސްވިޑަން އަށް ވެސް ވަރުގަދަ ފެށުމެއް

15 ޖޫން 2026
ފަސް ލަނޑުގެ މޮޅާ އެކު، ސްވިޑަން އަށް ވެސް ވަރުގަދަ ފެށުމެއް
15 ޖޫން 2026

ފަހު ވަގުތު އައިވަރީ ކޯސްޓް އިން އެކުއެޑޯ ބަލިކޮށްފި

15 ޖޫން 2026
ފަހު ވަގުތު އައިވަރީ ކޯސްޓް އިން އެކުއެޑޯ ބަލިކޮށްފި
15 ޖޫން 2026

ޖަޕާން އިން ނެދަލެންޑްސް ހުއްޓުވައިފި

15 ޖޫން 2026
ޖަޕާން އިން ނެދަލެންޑްސް ހުއްޓުވައިފި
15 ޖޫން 2026

ކިއުރުސާއޯ ކޮޅަށް ހަތް ލަނޑު ޖަހައި ޖަރުމަނަށް ވަރުގަދަ ފެށުމެއް

15 ޖޫން 2026
ކިއުރުސާއޯ ކޮޅަށް ހަތް ލަނޑު ޖަހައި ޖަރުމަނަށް ވަރުގަދަ ފެށުމެއް
14 ޖޫން 2026

އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި

14 ޖޫން 2026
އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި
14 ޖޫން 2026

ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ: ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޓްރޫޑޯ

14 ޖޫން 2026
ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ: ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޓްރޫޑޯ
14 ޖޫން 2026

ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ

14 ޖޫން 2026
ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ
14 ޖޫން 2026

އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ

14 ޖޫން 2026
އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ
14 ޖޫން 2026

ތުރުކީ ބަލިކޮށް، އޮސްޓްރޭލިއާ އިން ފެށުން ރަނގަޅު ކޮށްފި

14 ޖޫން 2026
ތުރުކީ ބަލިކޮށް، އޮސްޓްރޭލިއާ އިން ފެށުން ރަނގަޅު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް