Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ފަހު ވަގުތު އައިވަރީ ކޯސްޓް އިން އެކުއެޑޯ ބަލިކޮށްފި

މި ދިޔަ ދެ ފަހަރުގެ ވޯލްޑް ކަޕަށް ފަހު، އައިވަރީ ކޯސްޓް އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރު. އެންމެ ފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އައިވަރީ ކޯސްޓް އިން ކުޅުނުއިރު، 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2026 | ހޯމަ 05:17
މެޗުގައި ލަނޑު ޖެހުމަށް ފަހު އައިވަރީ ކޯސްޓުގެ އަމަދު ޑިއާލޯ އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އައިވަރީ ކޯސްޓުގެ އަމަދު ޑިއާލޯ އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕް އީގައި އެކުއެޑޯއާ ދެކޮޅަށް ކުޅުނު މެޗުން، ފަހު ވަގުތު އައިވަރީ ކޯސްޓު މޮޅުވެއްޖެ އެވެ.

ހޯމަ ދުވަހުގެ ފަތިހު ކުޅުނު މެޗު އައިވަރީ ކޯސްޓް އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި އެ ޓީމުން ލަނޑު ޖެހީ ވެސް މެޗުގެ އެންމެ ފަހު ވަގުތުގެ ތެރޭގައި އެވެ.

މެޗު ފަށައިގެން އެކުއެޑޯ އިން ވަނީ ރަނގަޅަށް ކުޅެން މަސައްކަތް ކޮށްފަ އެވެ. އެގޮތުން އެ ޓީމުން ވަނީ ލަނޑު ޖަހަން ވެސް ފުރުސަތު ތަކެއް ހޯދައިފަ އެވެ. ނަމަވެސް އެ ޓީމަށް ލިބުނު ފުރުސަތު ތަކުގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. އައިވަރީ ކޯސްޓް އިން ވެސް ވަނީ އެ ޓީމަށް ލިބެމުން ދިޔަ ފުރުސަތު ތަކުގެ ބޭނުން ހިފަން މަސައްކަތް ކޮށްފަ އެވެ.

މެޗު އެއްވަރުވާން ދަނިކޮށް، މެޗުގެ 90 ވަނަ މިނެޓުގައި އައިވަރީ ކޯސްޓް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އަމަދު ޑިއާލޯ އެވެ. އެ ލަނޑު ޖަހަން އަމަދު އަށް ފުރުސަތު ތަނަވަސްކޮށްދިނީ ވިލްފްރިޑް ސިންގޯ އެވެ.

މިއީ ދެ ފަހަރުގެ ވޯލްޑް ކަޕަށް ފަހު، އައިވަރީ ކޯސްޓް އިން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އެންމެ ފަހުން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި އައިވަރީ ކޯސްޓް އިން ކުޅުނުއިރު، 2018 ވަނަ އަހަރާއި 2022 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ކޮލިފައިވެފައި ނުވެ އެވެ. މިހާތަނަށް އައިވަރީ ކޯސްޓް އަށް ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖު ފަހަނަ އަޅާ ދެވޭ ގޮތެއް ނުވެ އެވެ.

ފީފާ ވާރލްޑް ކަޕް 2026އައިވަރީ ކޯސްޓް ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

15 ޖޫން 2026

ޖަޕާން އިން ނެދަލެންޑްސް ހުއްޓުވައިފި

15 ޖޫން 2026
ޖަޕާން އިން ނެދަލެންޑްސް ހުއްޓުވައިފި
15 ޖޫން 2026

ކިއުރުސާއޯ ކޮޅަށް ހަތް ލަނޑު ޖަހައި ޖަރުމަނަށް ވަރުގަދަ ފެށުމެއް

15 ޖޫން 2026
ކިއުރުސާއޯ ކޮޅަށް ހަތް ލަނޑު ޖަހައި ޖަރުމަނަށް ވަރުގަދަ ފެށުމެއް
14 ޖޫން 2026

އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި

14 ޖޫން 2026
އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި
14 ޖޫން 2026

ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ: ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޓްރޫޑޯ

14 ޖޫން 2026
ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ: ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޓްރޫޑޯ
14 ޖޫން 2026

ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ

14 ޖޫން 2026
ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު