Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އެތައް ގޮންޖެހުންތަކާ އެކު ވޯލްޑް ކަޕަށް ނިކުތް އީރާން އިން، ނިއުޒިލެންޑްއާ އެއްވަރު ކޮށްފި

މެޗު އެއްވަރުވީއިރު، އީރާން އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޮން ޖެހުންތަކާ ކުރިމަތިލާން ޖެހުނު ޓީމު. ޚާއްސަކޮށް އެމެރިކާ އާއެކު އޮތް ނުތަނަވަސްކަމުގެ ސަބަބުން، އީރާންގެ ޓީމަށް ވަނީ ވިސާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 16 ޖޫން 2026 | އަންގާރަ 03:57
މެޗުގައި ލަނޑު ޖެހުމަށް ފަހު އީރާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އީރާންގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ގުރޫޕު ޖީގައި ނިއުޒިލެންޑްއާ ދެކޮޅަށް ކުޅުނު މެޗު، އީރާން އިން އެއްވަރު ކޮށްފި އެވެ.

އެމެރިކާގެ ލޮސް އެންޖަލިސް ސްޓޭޑިއަމްގައި އަންގާރަ ދުވަހުގެ ހެނދުނު ކުޅުނު މެޗު ނިމުނީ ދެ ޓީމު 2-2 އިން އެއްވަރު ވެގެންނެވެ. މެޗުގައި ނިއުޒިލެންޑް އިން ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު ވެސް، އީރާން އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައި އެވެ. 

މެޗު ފަށައިގެން ކުރީ ކޮޅު ނިއުޒިލެންޑް އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އެލިޖާ ޖަސްޓް އެވެ.  އޭގެ ފަހުން އީރާން އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކޮށްފައި އެވެ. ލަނޑު ޖަހަން ލިބުނު ދެ ފުރުސަތެއްގައި އީރާން އިން ފޮނުވާލި ހަމަލާ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 32 ވަނަ މިނެޓުގައި އީރާން އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފައި އެވެ. ނިއުޒިލެންޑްގެ އޭރިޔާ ތެރެއިން ލިބުނު ބޯޅަ ގޯލަށް ފޮނުވާލައިގެން އީރާން އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރާމިން ރެޒައީން އެވެ. އެއާއެކު މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެ ޓީމު އެއްވަރު ވެގެންނެވެ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ދެ ވަނަ ފަހަރަށް ނިއުޒިލެންޑް އަށް ލީޑު ނަގައިދިނީ ޖަސްޓް އެވެ. ނަމަވެސް، އެ ޓީމަށް ލީޑުގައި އޮވުނީ ދިހަ މިނެޓު އެވެ. މެޗުގެ 64 ވަނަ މިނެޓުގައި މުހައްމަދު މުޒެއްބީ ވަނީ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް އީރާން އަށް ނަތީޖާ ހަމަހަމަ ކޮށްދީފައި އެވެ.

މެޗު އެއްވަރުވީއިރު، އީރާން އަކީ މިފަހަރުގެ ވޯލްޑް ކަޕްގައި އެންމެ ގިނަ ގޮން ޖެހުންތަކާ ކުރިމަތިލާން ޖެހުނު ޓީމެވެ. ޚާއްސަކޮށް އެމެރިކާ އާއެކު އޮތް ނުތަނަވަސްކަމުގެ ސަބަބުން، އީރާންގެ ޓީމަށް ވަނީ ވިސާގެ މައްސަލަތަކާ ކުރިމަތިލާން ޖެހިފައި އެވެ. މުބާރާތުގައި އީރާންގެ ދެ ވަނަ މެޗުގައި ނިކުންނާނީ ބެލްޖިއަމްއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ނިކުންނާނީ މިޞްރާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026އީރާން ޤައުމީ ފުޓުބޯޅަ ޓީމުނިއުޒިލެންޑް ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

16 ޖޫން 2026

އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި

16 ޖޫން 2026
އުރުގުއޭ ކައިރިން ސައުދީ އިން ޕޮއިންޓެއް ހޯދައިފި
16 ޖޫން 2026

މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް

16 ޖޫން 2026
މިޞްރާއި ބެލްޖިއަމް އެއްވަރު، މެޗު ޚާއްސަވީ ޞަލާޙު އަށް
16 ޖޫން 2026

އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު

16 ޖޫން 2026
އަލަށް ވާދަ ކުރާ ކޭޕް ވާޑް އަތުން ސްޕެއިން އަށް މޮޅު ނުވެވުނު
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
15 ޖޫން 2026

ފަސް ލަނޑުގެ މޮޅާ އެކު، ސްވިޑަން އަށް ވެސް ވަރުގަދަ ފެށުމެއް

15 ޖޫން 2026
ފަސް ލަނޑުގެ މޮޅާ އެކު، ސްވިޑަން އަށް ވެސް ވަރުގަދަ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު