Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އަރަބިއްޔާ ސްކޫލް

އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު

އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން މަގުމަތިކޮށް، އަރަބި އިސްލާމީ ތައުލީމު ނައްތާލުމަށް އިދިކޮޅު އެމްޑީޕީން މަސައްކަތް ކުރި ކަމަށް ރައީސް މުއިއްޒު ތުހުމަތު ކުރެއްވި. ރައީސް ވިދާޅުވީ މި ސަރުކާރުގެ ބިނާކުރަނިވި ސިޔާސަތުގެ ދަށުން އެ ސްކޫލަށް ދާއިމީ ބިމެއް ހަމަޖައްސައި، އައު އިމާރާތުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށް. މި މަޝްރޫއު އާރްސީސީއާ ހަވާލުކޮށްފައިވަނީ 152 މިލިއަނަށްވުރެ ގިނަ ރުފިޔާއަށް 540 ދުވަހުގެ ތެރޭގައި ނިންމާގޮތަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 15 ޖޫން 2026 | ހޯމަ 06:16
އާދިއްތަ ދުވަހުގެ ރޭ ދ.މީދޫގައި ބޭއްވި ޕީއެންސީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

އާދިއްތަ ދުވަހުގެ ރޭ ދ.މީދޫގައި ބޭއްވި ޕީއެންސީ ޖަލްސާގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ޕީއެންސީ

އަންނަ ދިރާސީ އައު އަހަރުގައި އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ ކަމަށް ރައީސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ދ. މީދޫގައި ބޭއްވި ޕީއެންސީގެ ޖަލްސާގައި ރައީސް މުއިއްޒު ވަނީ ރާއްޖޭގައި އޮތީ ދެ ސިޔާސަތެއްކަން ފާހަގަކުރައްވައި ވަރަށް ބޮޑަށް އިދިކޮޅު އެމްޑީޕީއަށް ފާޑު ވިދާޅުވެފަ އެވެ.

Advertisement - newsAdvertisement

އެގޮތުން އެމްޑީޕީގެ ފަނާކުރަނިވި ސިޔާސަތާއެކު، އަރަބި އިސްލާމީ ތައުލީމު ނައްތާލުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ތުހުމަތު ކުރެއްވި އެވެ. އަދި އަރަބިއްޔާ ސްކޫލަށް އިޝާރާތް ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެމްޑީޕީގެ ސަރުކާރުތަކުން އެ ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރީން ރެފިއުޖީންނަށް ހަދާފައިވާ ކަމަށެވެ.

ނަމަވެސް ޕީއެންސީގެ ބިނާކުރަނިވި ސިޔާސަތާއެކު އަރަބިއްޔާ ސްކޫލުގެ އައު އިމާރާތުގައި އަންނަ އަހަރުގެ ދިރާސީ އައު އަހަރު ކިޔަވައިދޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ. 

އަރަބި އިސްލާމީ ތައުލީމު ނައްތާލުން އެއީ މިދެންނެވި ފަނާކުރަނިވި ފިކުރުން ކަންކުރި ގޮތެއް ނޫންތޯ. އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ފެށިގެން ދެ ވަނަ ސަރުކާރާއެކު އަރަބި އިސްލާމީ ތައުލީމު ނައްތާލުން. އަރަބިއްޔާ ސްކޫލު ތަޅާލައި މަގުމަތި ކުރިއެއްނުންތޯ. ރެފިއުޖީންނަށް ހެދީ އަރަބިއްޔާ ސްކޫލުގެ ކުދިންނާއި، ބެލެނިވެރީން. އެހެން ނަމަވެސް މި ބިނާކުރަނިވި ފިކުރުން މިހާރު އެ ވަނީ އަރަބިއްޔާ ސްކޫލަށް ދާއިމީ ބޮޑު ބިމެއް ހަމަޖައްސައިދީ ސްކޫލެއް އަޅައިދެމުން އެ ދަނީ. އިރާދަކުރެއްވިއްޔާ މިއަންނަ ދިރާސީ އަހަރު އެ ސްކޫލު ހުޅުވައި ކިޔަވަން ފަށާނެ. އެއީ ބިނާ ކުރަނިފިކުރާއި، ފަނާކުރަނިވި ފިކުރުގެ ހުރި ތަފާތަކީ. 
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 

ރައީސް މުއިއްޒު މިމޭރުމުން ވާހަކަފުޅު ދެއްކެވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި އަރަބިއްޔާގެ އާ އިމާރާތް ހަދަން 29 ސެޕްޓެމްބަރު 2022 ގައި އަމީން ކޮންސްޓްރަކްޝަންސްއާ ހަވާލުކުރި އެވެ. އޭރު އެ މަސައްކަތް ހަވާލުކުރީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް، ޖުމުލަ 168.5 މިލިއަން ރުފިޔާއަށެވެ. އަދި މިސަރުކާރުން އަރަބިއްޔާ އިމާރާތް އަޅާ ބިން ކުރީގެ ކުނިކޮށި ހުރި ބިމަށް ބަދަލުކޮށް، 24 ފެބްރުއަރީ 2024 ގައި އަރަބިއްޔާ ސްކޫލުގެ އާ އިމާރާތުގެ އަމަލީ މަސައްކަތް މިނިސްޓަރު ޝަފީއު ފައްޓަވާ ދެއްވި އެވެ.

ނަމަވެސް އަމީން ކޮންސްޓްރަކްޝަންއިން އަގު ދަށްކުރަން އެއްބަސް ނުވުމުން ސެޕްޓެމްބަރު މަހުގެ ތެރޭގސއި އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ. އަދި 17 ނޮވެންބަރު 2024 ގައި އަރަބިއްޔާ ސްކޫލް ޒަމާނީކޮށް، 10  ބުރީގެ އިމާރާތެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އާ ހަވާލުކޮށް، އެ މަޝްރޫއުގެ މަސައްކަތް ވަނީ ފަށާފަ އެވެ.

އާރްސީސީއާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 152،945،200.65ރ އަށް މި މަސައްކަތް 540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

އަރަބިއްޔާ ސްކޫލްޕީއެންސީއެމްޑީޕީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!

ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!

15 ޖޫން 2026
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު

އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު

15 ޖޫން 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

14 ޖޫން 2026
މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ

މީދޫ ކައުންސިލް ރައީސް މަގާމުގެ އިތުރުބުރުގެ ރަސްމީ ނަތީޖާ އިއުލާނު ކޮށްފި، ވަގުތީ ނަތީޖާ އަށް ބަދަލެއް ނާދޭ

14 ޖޫން 2026
އެމްޑީޕީގެ ބޮޑު ބަދަލާއެކު މުއިއްޒަށް ދެންވާނީ ކިހިނެއް؟

އެމްޑީޕީގެ ބޮޑު ބަދަލާއެކު މުއިއްޒަށް ދެންވާނީ ކިހިނެއް؟

14 ޖޫން 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު