Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ހުއްޓިފައިވާ ފެނާ ނަރުދަމާގެ މައްސަލަތަކާ ގުޅިގެން މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރަނީ

ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ ތަފްސީލާއި، އެ މަސައްކަތްތައް އަލުން ފެށޭނެ ތާރީޚުތައް ސާފުކުރުމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވަނީ ހުށަހަޅުއްވާފަ. ގިނަ ރަށްތަކެއްގެ މަޝްރޫއުތައް ހުއްޓި ރައްޔިތުންނަށް ދަތިތަކާ ކުރިމަތިވަމުންދާއިރު، ފެނާއި ނަރުދަމާ ގާއިމުކޮށް ނިންމަންޖެހޭ މުއްދަތު މި ސަރުކާރުން ވަނީ 2027 ވަނަ އަހަރާ ހަމައަށް އިތުރުކޮށްފަ. މި އިސްލާހާއެކު މަޝްރޫއުތައް ލަސްވަމުންދާތީ ކައުންސިލްތަކުންނާއި އާންމު ރައްޔިތުން ދަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރަމުން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 16 ޖޫން 2026 | އަންގާރަ 05:51
ހައުންސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް

ހައުންސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް | މަޖިލިސް

އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުއްޓިފައިވާތީ އެކަމާ ގުޅިގެން ހައުންސިންގ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް އާ ސުވާލު ކުރުމަށް މަޖިލީހަށް ހާޒިރުކުރަން ހުށަހަޅައިފި އެވެ. 

މިނިސްޓަރު މުއްތަލިބު މަޖިލީހަށް ހާޒިރު ކުރުމަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. ކުޑޫ ހުށަހެޅުއްވި ސުވާލުގައި ބުނީ އެކި ރަށްރަށުގައި ހުއްޓިފައިވާ ފެނާއި ނަރުދަމާގެ މަޝްރޫއުތަކުގެ މައުލޫމާތު، އެއީ ކޮން ރަށްތަކެއް ކަމާއި އަދި އެ މަސައްކަތް އަލުން ފެށޭނެ ތާރީޚާ ނިމޭނެ ތާރީޚުތައް ހިމެނޭ ތަފްސީލާއެކު ސާފު ކޮށްދިނުމަށް އެދޭ ކަމަށެވެ. 

ގިނަ ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާއިރު ފެނާ ނަރުދަމާގެ މަޝްރޫއު ހުއްޓިފައިވާ ކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ދަނީ ތަކުރާރު ކޮށް ފާޅުކުރަމުންނެވެ.

އެގޮތުން މިނިސްޓްރީ އިން ދޭންޖެހޭ މައުލޫމަތު ނުލިބިގެން ނ. ކެނދިކުޅުދޫ ފެނާ ނަރުދަމާ ނިޒާމާއި ހަވާލުވުމުގެ ލިޔެކިޔުންތަކުގައި ސޮއިނުކުރެވި މަޑުޖެހިފައިވާ ކަމަށް ކެނދިކުޅުދޫ ކައުންސިލްގެ ރައީސް މުހައްމަދު ރައޫފް ވަނީ މިދިޔަ ފެބްރުއަރީ މަހު ވިދާޅުވެފަ އެވެ. އެ އަތޮޅު ވެލިދޫގެ އިންޑަސްޓްރިއަލް ޒޯނާއި ޓޫރިޒަމް ޒޯނަށް އަދިވެސް ފެނާއި ނަރުދަމާގެ ކަނެކްޝަން ނުގުޅޭ ކަމަށާއި، މިކަމުގެ ސަބަބުން ރަށުގެ އިގްތިސާދަށް ނޭދެވޭ އަސަރުކުރާ ކަމަށް އެރަށު ކައުންސިލްގެ ރައީސް އާތިފް ހުސެއިން ވެސް ވަނީ މި އަހަރު ވިދާޅުވެފަ އެވެ. 

ކުޑަރިކިލު، ދޮންފަނު އަދި ކިހާދޫގެ ރައްޔިތުން ފެނާއި ނަރުދަމާގެ މަޝްރޫއު ވަރަށް ބޮޑަށް ބޭނުންވާ ކަމަށާއި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ތަކުލީފުގައި ކަމަށް މިފަހުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވަނީ ވިދާޅުވެފަ އެވެ.  އަދި މ. ކޮޅުފުށީގައި އިމާރާތް ކުރި 100 ހައުސިންގ ޔުނިޓުތައް ނިންމައި ރައްޔިތުންނާ ހަވާލު ކުރިފަހުން އަހަރަކަށް ވުރެ ގިނަ ދުވަސް ފާއިތުވެގެން ދިޔަ ނަމަވެސް މި ސަރުކާރުން ފެނާއި ކަރަންޓު އަދި ނަރުދަމާ ގުޅާ ދީފައިނުވާތީ ރައްޔިތުން ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައި ކަމަށް އެ ދާއިރާގެ އެމްޑީޕީ ގައުމީ މަޖިލިސް މެންބަރު މުހައްމަދު އިހުސާން ވަނީ ވިދާޅުވެފަ އެވެ. 

އޭގެ އިތުރުން، ގދ. ވާދޫ ގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމިފައިވާ ކަމަށާއި، މިހާރު އޮތީ ހަމައެކަނި ރަސްމީކޮށް ބަޓަން އަށް ފިއްތާލައި، ޚިދުމަތް ދިނުން ކަމަށް އެރަށުގެ ކައުންސިލްގެ ރައީސް ހަސަން އަބްދުﷲ ވިދާޅުވެފައިވާއިރު، އއ. ބޮޑުފުޅަދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައިވާ ކަމަށާއި، ރައްޔިތުން ދިރިއުޅެމުންދަނީ ވަރަށް ބޮޑު ތަކުލީފެއްގައި ކަމަށް އެރަށުގެ ކައުންސިލުން ވަނީ ބުނެފަ އެވެ. 

2025 ގެ ނިޔަލަށް ރާއްޖޭގެ ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމްކޮށް ނިންމާކަން ޔަގީންކުރުމަށް، އެކަަމަށް ޚާއްސަ ބިލެއް އެކުލަވާލައި ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ވަނީ ބިލެއް ވެސް ފާސް ކޮށްފަ އެވެ. އެހެން ނަމަވެސް މި ސަރުކާރުން ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އާ ހަމައަށް އިތުރުކޮށްފަ އެވެ. 

ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމު ކުރަންޖެހޭ ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮންނަ މުއްދަތު 2027 އާ ހަމައަށް އިތުރު ކުރަން ސަރުކާރުން ހުށަހެޅި ބިލު މަޖިލީހުން ފާސްކުރީ 11 އޮގަސްޓް 2025 ގަ އެވެ. އަދި 18 އޮގަސްޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވާފަ އެވެ.

ފެނާއި ނަރުދަމާގެ ގާނޫނަށް ދެވަނަ އިސްލާހު ގެނައުމުގެ މި ބިލަކީ، 11 އޮގަސްޓު 2025 ވީ ހޯމަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 23 ވަނަ ޖަލްސާއިން ފާސްކުރި ބިލެކެވެ.

ޑރ. އަބްދުﷲ މުއްތަލިބުފެނާއި ނަރުދަމާގެ މަޝްރޫއުޑރ. މުއިއްޒުއެމްޑީޕީރައްޔިތުންގެ މަޖިލިސް

އިތުރަށް ކިޔާލަން

15 ޖޫން 2026

ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

15 ޖޫން 2026
ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ
15 ޖޫން 2026

އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން

15 ޖޫން 2026
އީސީ އަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޝަކީލް ގެ ނަން
15 ޖޫން 2026

ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީ އަށް

15 ޖޫން 2026
ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުން ހޯދުމުގެ މައްސަލަ ކޮމިޓީ އަށް
15 ޖޫން 2026

ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު

15 ޖޫން 2026
ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު
15 ޖޫން 2026

މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި

15 ޖޫން 2026
މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ތޯރިގު އާއި އާދަމް ޝަރީފް، ސަފީރު ކަމަަށް އައްޔަން ކުރަން މަޖިލީހުން ރުހުން ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު