Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމިނިސްޓަރު މަޖިލީހަށް ހާޒިރުކުރުން

ސަރުކާރުގެ ކުންފުނިތަކުން އެމްޑީޕީ ސަޕޯޓަރުން ވަކިކުރާ މައްސަލައިގައި ފިނޭންސް މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަނީ

15 ޖޫން 2026 | ހޯމަ 19:36

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންގެ ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރާ ކަމަށް ބުނާ މައްސަލައިގައި ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މަޖިލީހަށް ހާޒިރުކުރަން ވަނީ ހުށަހަޅާފަ. ގާނޫނުއަސާސީއާ ހިލާފަށް އެމްޑީޕީގެ ސަޕޯޓަރުންނަށް އަމާޒުކޮށް ފިޔަވަޅު އަޅަމުންދާ ކަމުގެ ތުހުމަތުތަކެއް ފެންމަތިވެފައިވާއިރު، މިގޮތަށް އަމަލުކުރާ ސަބަބު ސާފުކުރުމަށް މެންބަރު ވަނީ ސުވާލު އަމާޒުކުރައްވާފަ. މި މައްސަލައިގައި ވަޒީފާއިން ވަކިކުރާ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އެމްޑީޕީން ވަނީ ބުނެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 15 ޖޫން 2026 | ހޯމަ 19:36
ރައީސް މުއިއްޒު ވަނީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފަ

ރައީސް މުއިއްޒު ވަނީ ޓެކްސް ކޮމިޝަނަރުގެ މަގާމުގައި ހުންނެވި ހަސަން ޒަރީރު ފިނޭންސް މިނިސްޓަރު ކަމަށް އައްޔަނު ކުރައްވާފަ | ރައީސް އޮފީސް

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުގައި ތިބި އެމްޑީޕީގެ ސަޕޯޓަރުން އުސޫލުން ބޭރުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނާ މައްސަލައިގައި، ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ރައްޔިތުންގެ މަޖިލީހަށް ހާޒިރުކުރުމަށް ހުށަހަޅައިފި އެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މިނިސްޓަރު ޒަރީރު މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރުމަށް ހުށަހެޅީ، އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކާއި ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާ މުވައްޒަފުންނަށް އަމާޒުކޮށް ފިޔަވަޅު އަޅަމުންދާ ކަމުގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގަ އެވެ. މިއީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ފިނޭންސް މިނިސްޓަރުގެ މަގާމާ ހަވާލުވެވަޑައިގަތް ޒަރީރު، މަޖިލީހުގެ މެންބަރެއްގެ ސުވާލަށް ޖަވާބުދާރީވެވަޑައިގަތުމަށް ހާޒިރުކުރަން ހުށަހެޅި ފުރަތަމަ ފަހަރެވެ.

މެންބަރު މުހައްމަދު އިބްރާހީމް ކުރެއްވި ސުވާލުގައި ވަނީ، ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުގެ ތެރެއިން އުފައްދާ ސިޔާސީ މަގާމުތައް ފިޔަވައި، ދައުލަތުގެ އެހެން އެއްވެސް ވަޒީފާއަކުން މީހަކު ވަކިކުރުމުގައި އޭނާގެ ސިޔާސީ ފިކުރަށް ބަލައި ތަފާތުކުރުމަކީ ގާނޫނު ހުއްދަކުރާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން، ސަރުކާރު ކުންފުނިތަކުގައި ތިބި އެމްޑީޕީގެ މެންބަރުންނަށް އިންޒާރުދީ، ގާނޫނާ ހިލާފަށް ވަޒީފާއިން ވަކިކުރަމުންދަނީ ކޮން އުސޫލަކުން އަދި ކީއްވެގެންތޯ މެންބަރު ވަނީ ސުވާލު ކުރައްވާފަ އެވެ.

މި މައްސަލައިގެ ތަފްސީލަށް ބަލާއިރު، ނިމިގެންދިޔަ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނާއި، ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ހަރަކާތްތަކުގައި ބައިވެރިވި މުވައްޒަފުންނަށް ފިޔަވަޅު އަޅާފައިވާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ. ހިތަދޫ ދެކުނު ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި އަބްދުﷲ ސޯދިގު (ސޯބެ) ވިދާޅުވި ގޮތުގައި، އޭނާގެ ކެމްޕޭނުގައި އުޅުނު 10 މީހަކު މިހާތަނަށް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ކެމްޕޭނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރަށްރަށަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ދިޔަ މިފްކޯގެ ހަތް މުވައްޒަފަކު ވަޒީފާ އިން އެކެހެރިކޮށްފައިވާ މައްސަލައެއް ވެސް ވަނީ ފެންމަތިވެފަ އެވެ. 

ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ސިޔާސީ ސަބަބުތަކަށްޓަކައި ބިރުދައްކައި ވަޒީފާއިން ވަކިކުރާ މައްސަލައަކީ އެމްޑީޕީން ނުހަނު ކަންބޮޑުވުން ފާޅުކުރަމުންދާ މައްސަލައެކެވެ. މި މައްސަލަ ވެސް ހިމެނޭ ގޮތަށް، ސަރުކާރުން ހިންގާ ގާނޫނާ ހިލާފުކަންކަމާ ދެކޮޅަށް މުޅި ރާއްޖޭގައި އިހުތިޖާޖު ކުރަން އެމްޑީޕީގެ ގައުމީ މަޖިލީހުން ހޯމަ ދުވަހުގެ ރޭ ވަނީ ފާސްކޮށްފަ އެވެ. 

އެމްޑީޕީމެންބަރު އިބްރާހިމް މުހައްމަދު ފިނޭންސް މިނިސްޓަރ ހަސަން ޒަރީރު

އިތުރަށް ކިޔާލަން

15 ޖޫން 2026

އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު

15 ޖޫން 2026
އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު
15 ޖޫން 2026

ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!

15 ޖޫން 2026
ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!
15 ޖޫން 2026

އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު

15 ޖޫން 2026
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު
14 ޖޫން 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

14 ޖޫން 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ
14 ޖޫން 2026

އެމްޑީޕީގެ ބޮޑު ބަދަލާއެކު މުއިއްޒަށް ދެންވާނީ ކިހިނެއް؟

14 ޖޫން 2026
އެމްޑީޕީގެ ބޮޑު ބަދަލާއެކު މުއިއްޒަށް ދެންވާނީ ކިހިނެއް؟
13 ޖޫން 2026

ޗެއަރޕަރސަންގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އާންމުކޮށްފި: ނަޝީދު ވަނީ 11،839 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވާފައި

13 ޖޫން 2026
ޗެއަރޕަރސަންގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އާންމުކޮށްފި: ނަޝީދު ވަނީ 11،839 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވާފައި
13 ޖޫން 2026

އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!

13 ޖޫން 2026
އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!
12 ޖޫން 2026

ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު

12 ޖޫން 2026
ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު
12 ޖޫން 2026

ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!

12 ޖޫން 2026
ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!
12 ޖޫން 2026

ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ފޮށީގެ ވޯޓުލުން ބާތިލްކޮށްފި، އެ ފޮށީގެ ވޯޓުލާނީ އެހެން ދުވަހަކު

12 ޖޫން 2026
ފިޔޯރީގައި ބެހެއްޓި ވޯޓު ފޮށި ފަޅާލުމާ ގުޅިގެން އެ ފޮށީގެ ވޯޓުލުން ބާތިލްކޮށްފި، އެ ފޮށީގެ ވޯޓުލާނީ އެހެން ދުވަހަކު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް