Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައްޔިތުންގެ މަޖިލިސް

ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި، އެމްޑީޕީ މެންބަރުންގެ އަދަދު 13 އަށް!

ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު މަގާމުގެ ހުވާކުރައްވައި، މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވަން ވަނީ ފައްޓަވާފަ. ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓާ ވާދަކުރައްވައި ސޯދިގު މި ގޮނޑި ކާމިޔާބު ކުރެއްވުމާއެކު، މަޖިލީހުގައި ތިއްބަވާ އެމްޑީޕީގެ މެންބަރުންގެ އަދަދު ވަނީ 13 އަށް އިތުރުވެފަ. މި ދާއިރާގެ ގޮނޑި ހުސްވީ ކުރިން އެ ގޮނޑި ފުރުއްވި މެންބަރުގެ ސާބިތު ދަރަންޏެއް އޮތުމުން، މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް ސުޕްރީމް ކޯޓުން ކުރި ހުކުމާ ގުޅިގެން.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 15 ޖޫން 2026 | ހޯމަ 06:11
އަބްދުﷲ ސޯދިގު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ކަމުގެ ހުވާ ކުރެއްވުން

އަބްދުﷲ ސޯދިގު، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު ކަމުގެ ހުވާ ކުރެއްވުން | ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސޯދިގު މަގާމުގެ ހުވާ ކުރައްވައިފި އެވެ.

ހޯމަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި ސޯދިގު މަގާމުގެ ހުވާ ކުރައްވާފައި ވާއިރު، އެ ރަސްމިއްޔާތަށް ފަހު މެންބަރު ވަނީ ހޯމަ ދުވަހުގެ ޖަލްސާގައި ބައިވެރިވެވަޑައިގެންފަ އެވެ. 

Advertisement - newsAdvertisement

ރިޔާސަތުގައި އިންނަވާ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ އެކަން އިއުލާނު ކުރައްވާ މެންބަރަށް މަރުހަބާ ދަންނަވާފަ އެވެ. މިއާއެކު މަޖިލީހުގައި މިހާރު ތިއްބަވާ އެމްޑީޕީ ގެ މެންބަރުންގެ އަދަދު ވަނީ 13 މެންބަރުންނަށް އިތުރުވެފަ އެވެ. 

މި މަހުގެ 6 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަންގައި ސަރުކާރު ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ފަރާތުން ވާދަކުރައްވާފައި ވަނީ އަހުމަދު ސައީދު (ސޮޑާ) އެވެ. އިންތިޚާބުގައި ސޯދިގު އަށް 1،375 ވޯޓު ލިބިވަޑައިގެންނެވި އިރު އަހުމަދު ސައީދު އަށް ލިބިވަޑައިގަތީ 1،313 ވޯޓެވެ. 

މި ދާއިރާގެ ގޮނޑި ހުސްވީ އެ ދާއިރާގެ މެންބަރުގެ ގޮތުގައި ކުރިން ހުންނެވި މުހައްމަދު ސިނާނުގެ ކިބައިން މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މިދިޔަ އޭޕްރީލް މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. ސިނާނުގެ ގޮނޑި ގެއްލުނީ މޯލްޑިވްސް އިސްލާމިކް ބޭންކުން ނަގާފައިވާ 5 މިލިއަން ރުފިޔާގެ ލޯނަކަށް ސާބިތު ދަރަންޏެއް އޮވެ، ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ އެވެ. 

ހިތަދޫ އުތުރުއެމްޑީޕީއަބްދުއްރަހީމް އަބްދުﷲޕީއެންސީމުޙައްމަދު ސިނާންރައްޔިތުންގެ މަޖިލިސްއަބްދުﷲ ސޯދިގު (ސޯބެ)

އިތުރަށް ކިޔާލަން

15 ޖޫން 2026

އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު

15 ޖޫން 2026
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު
14 ޖޫން 2026

"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ

14 ޖޫން 2026
"ލޫޓުވައިފި" ބޮޑު މުޒާހަރާ އާއި ގުޅިގެން ދައުވާ އުފުލި މީހުންގެ ޝަރީއަތް ބުދަ ދުވަހު ފަށަނީ
14 ޖޫން 2026

އެމްޑީޕީގެ ބޮޑު ބަދަލާއެކު މުއިއްޒަށް ދެންވާނީ ކިހިނެއް؟

14 ޖޫން 2026
އެމްޑީޕީގެ ބޮޑު ބަދަލާއެކު މުއިއްޒަށް ދެންވާނީ ކިހިނެއް؟
13 ޖޫން 2026

ޗެއަރޕަރސަންގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އާންމުކޮށްފި: ނަޝީދު ވަނީ 11،839 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވާފައި

13 ޖޫން 2026
ޗެއަރޕަރސަންގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އާންމުކޮށްފި: ނަޝީދު ވަނީ 11،839 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވާފައި
13 ޖޫން 2026

އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!

13 ޖޫން 2026
އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު