Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗެއަރޕަރސަންގެ އިންތިޚާބު

ޗެއަރޕަރސަންގެ އިންތިޚާބުގެ ވަގުތީ ނަތީޖާ އާންމުކޮށްފި: ނަޝީދު ވަނީ 11،839 ވޯޓުގެ ތަފާތަކުން ކުރި ހޯއްދަވާފައި

އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، 11،839 ވޯޓުގެ ބޮޑު ތަފާތަކުން މީކާއީލް އަހުމަދު ނަސީމް ބަލިކުރައްވައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ކުރި ހޯއްދަވާފައި. މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރެއިން 31،129 މީހުން ވޯޓުލާފައިވާއިރު، މިއީ ޕާޓީގެ ހިންގުން ހަރުދަނާކުރުމަށް ބޭއްވުނު މުހިންމު އިންތިޚާބެއް.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 13 ޖޫން 2026 | ހޮނިހިރު 19:27
ޗެއާޕާސަން އިންތިޚާބުގެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި އިވެންޓުގައި އެމްޑީޕީގެ ދިދަ އާއެކު ރައީސް ނަޝީދު.

ޗެއާޕާސަން އިންތިޚާބުގެ ކާމިޔާބު ފާހަގަ ކުރުމަށް ބޭއްވި އިވެންޓުގައި އެމްޑީޕީގެ ދިދަ އާއެކު ރައީސް ނަޝީދު. | ވިރާސީި

އެމްޑީޕީގެ ޗެއަރޕަރސަން ހޮވުމަށް ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނުކޮށްފައިވާއިރު، ބޮޑު ތަފާތަކުން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ކުރި ހޯއްދަވާފައެވެ.

ހުކުރު ދުވަހު ބޭއްވި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ރައީސް ނަޝީދަށް ވަނީ އިންތިޚާބުގައި ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތެއް ލިބިވަޑައިގެންފައެވެ.

Advertisement - newsAdvertisement

މި އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް ޖުމުލަ 21،301 ވޯޓު ލިބިވަޑައިގެންފައިވެއެވެ. ރައީސް ނަޝީދާ ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމަށް ލިބިވަޑައިގެންފައިވަނީ 9،462 ވޯޓެވެ. މިއާއެކު ރައީސް ނަޝީދު ވަނީ މީކާއީލްގެ މައްޗަށް 11،839 ވޯޓުގެ ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ.

މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު 50،000 އަށް ވުރެ ގިނަ މީހުންނަށް ލިބިފައިވާއިރު، އޭގެ ތެރެއިން ވޯޓުލާފައިވަނީ ޖުމުލަ 31،129 މީހުންނެވެ. މިއީ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ނިސްބަތުން ބަލާއިރު ފާހަގަކޮށްލެވޭ ފަދަ ބޮޑު އަދަދެކެވެ.

އިންތިޚާބުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވޯޓުލީ މީހުންގެ ތެރެއިން ސައްޙަ ވޯޓުގެ ގޮތުގައި ގުނާފައިވަނީ 30،895 ވޯޓެވެ. އަދި އެކި ސަބަބުތަކާ ހުރެ ބާތިލު ވޯޓުގެ ގޮތުގައި 234 ވޯޓު ވަނީ ކަނޑައަޅާފައެވެ.

މި އިންތިޚާބަކީ ކުރިއަށް އޮތް ދައުރަށް ޕާޓީގެ ހިންގުން ހަރުދަނާކުރުމަށާއި، ސިޔާސީ ގޮތުން ކުރިއަށް ހުރި މަސައްކަތްތައް ރޭވުމަށްޓަކައި ބޭއްވުނު މުހިންމު އިންތިޚާބެކެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާނުކުރުމާއެކު، ރައީސް ނަޝީދަށް ތާއީދުކުރާ ފަރާތްތަކުން އަންނަނީ އުފާފާޅުކުރަމުންނެވެ.

އެމްޑީޕީމުހައްމަދު ނަޝީދުމީކާއިލް އަހުމަދު ނަސީމްގަލޮޅު ދެކުނު

އިތުރަށް ކިޔާލަން

13 ޖޫން 2026

އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!

13 ޖޫން 2026
އެމްޑީޕީން އެކީގައި ނުކުމެ ގައުމު ހަމަމަގަށް އެޅުވުމަކީ ގިނަ ރައްޔިތުން އެދޭ ގޮތެވެ!
12 ޖޫން 2026

ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު

12 ޖޫން 2026
ސަރުކާރުން ހިންގަމުންދާ ބޭއިންސާފާ ދެކޮޅަށް ސީދާ ޙަރަކާތަށް ނުކުންނާނަން، މިތިބީ ފާރަވެރިވެ: ރައީސް ނަޝީދު
12 ޖޫން 2026

ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!

12 ޖޫން 2026
ބޮޑު ތަފާތަކުން އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބު ކުރީގެ ރައީސް ނަޝީދު ކާމިޔާބުކުރައްވައިފި!
12 ޖޫން 2026

ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!

12 ޖޫން 2026
ނަޝީދުގެ ޝުކުރު އެމްޑީޕީ މެންބަރުންނަށް، ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީ އާއި އިސްލާހީ މަސައްކަތަށް ލިބުނު ބޮޑު މޮޅެއް ކަމަށްް!
12 ޖޫން 2026

ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައި މީކާއީލް ވިދާޅުވީ، އެމްޑީޕީއާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް

12 ޖޫން 2026
ރައީސް ނަޝީދަށް މަރުޙަބާ ދަންނަވައި މީކާއީލް ވިދާޅުވީ، އެމްޑީޕީއާއެކު އަބަދުވެސް ސާބިތުކަމާއެކު ހުންނަވާނެ ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު