Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން

ރައީސް މުއިއްޒުގެ ސަރުކާރުގައި ކޮރަޕްޝަން އިތުރުވެ، ތަރައްގީގެ މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް ޔާމީން ވަނީ މި ސަރުކާރުގެ ހިންގުމުގެ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައި. ގާނޫނުއަސާސީއާ ޚިލާފަށް ބާރުތައް މުށުތެރެއަށްލައިގެން ހުދުމުހުތާރު ވެރިކަމެއް ކުރަމުންދާ ކަމަށް ތުހުމަތުކުރައްވައި، ރައީސް މުއިއްޒު މަގާމުން އަޒުލުކުރުން ނޫން ގޮތެއް މިހާރު ނެތް ކަމަށް އެމަނިކުފާނު ވިދާޅުވި. މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކާއި މަޖިލިސް މެންބަރުން ސަރުކާރުގެ އަމަލުތަކަށް ފާރަވެރިނުވާތީ ޔާމީން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި.

އަމްނާ އިމާދު
އަމްނާ އިމާދު | 15 ޖޫން 2026 | ހޯމަ 08:00
އެމް.އެން.ޑީ.އެފް. އެއަރ ކޯރ އިފްތިތާޙް ކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ތަޢާރުފް ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

އެމް.އެން.ޑީ.އެފް. އެއަރ ކޯރ އިފްތިތާޙް ކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް ސިފައިންގެ ޚިދުމަތަށް ތަޢާރުފް ކުރުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ. | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 

އާދިއްތަ ދުވަހުގެ ރޭ އެމަނިކުފާނު ނިސްބަތްވާ ޕާޓީ، ޕީއެންއެފްއިން ކުރިއަށް ގެންދިޔަ ޖަލްސާގެ އޯޑިއަންސްގައި އިންނަވައި ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ މިސަރުކާރުގައި ތަރައްގީގެ މަޝްރޫއުތައް ހުއްޓި، ކޮރަޕްޝަން އިންތިހާއަށް އިތުރުވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ކޮރަޕްޝަން އިތުރު ކުރުމަށްޓަކައި، ތަރައްގީގެ މަޝްރޫއުތައް ހަވާލުކުރާއިރު، އޮންނަ ޓެންޑަރ ބޯޑު ވެސް މިސަރުކާރުން އުވާލާފައިވާ ކަމަށް ޔާމީން ވިދާޅުވި އެވެ. 

Advertisement - newsAdvertisement

މިއަދު ތަރައްގީގެ މަޝްރޫއެއް ވެސް ލިބޭނީ ރައީސް މުއިއްޒު ރުއްސަވާ މީހަކަށްކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ރައީސް މުއިއްޒު ގާނޫނު އަސާސީ ބޮލާލާ ޖަހައި، ވެރިކަން ކުރުމުގެ ހުރިހާ އުސޫލުތަކެއް މޮޑެލައި، ނާތަހުޒީބު މުޑުދާރު ވެރިކަމެއް ކުރަމުންދާ ކަަމަށެވެ. އަދި ވިދާޅުވީ މިއަދުގެ ހާލަތަށް ބަލާއިރު، ރައީސް މުއިއްޒު އަޒުލު ކުރުން ނޫން ގޮތެއް ނެތް ކަމަށެވެ. 

އެވަރު ވާއިރު ރައްޔިތުންގެ މަޖިލިސް މެންބަރުން އެތިބެނީ އަޅާނުލާ. އެވަރުވާއިރުގައި ކޯޓުތަކުގެ ފަނޑިޔާރުން އެތިބެނީ އަޅާނުލާ އިނގޭތޯ. އެއީ ގާނޫނު އަސާސީގައި ވަކި ގޮތަކަށް އެކުލަވާލެވިފައި ރައީސްގެ ބާރާއި، ރައްޔިތުންގެ ބާރާއި މުއައްސަސާތަކުގެ ބާރުތަކެއް އެހުރީ ރުކުރުވާލެވިފައި ވަކި ހަމަތަކެއްގެ މަތީން. ވަކި ކަންތައްތަކެއް ތަންފީޒުކޮށް ވަކި ބަޔަކަށް ފާރަވެރިވާން. މިހުރިހާ ކަމެއް ބޮލާލައި ޖަހައި ހުރިހާ ބާރެއް އަތަށް ކަހާލައިގެން މިއުޅެނީ ތެދެއްތޯ. އެހެންވީމަ ދެރަވަރޭ. އެހެންވީމަ އަޅުގަނޑު ހަމަ ރައްޔިތުންނަށް ދަންނަވާލަން އޮތީ މިހާރު މިއޮތްވަރުން އެނގޭތޯ ހަމަ މީނަ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން ނޫނީ މީނަ އަޒުލް ކުރުން. އަޒުލް ކުރުން ނޫން ގޮތެއް ނެތޭ އިނގޭތޯ. މީނަ ހުންނަވައިގެން ރައްޔިތުންނަށް އެންމެ ކަމެއް ފައިދާވާނެ ތަނެއް ނުފެނޭ. އެކަމަކު މުޅި ނިޒާމު ކިލަނބުކޮށްލައިފި. މުޅި ނިޒާމު ގަނޑުބަޑު ކޮށްލައިފި އެނގޭތޯ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން

ޔާމީން ވިދާޅުވީ ވެރީންނަކީ އާރާއިބާރު ލިބުމުން އަނިޔާވެރިވާ ބައެއް ކަމަށާއި، އެއީ އިންސާނީ ތޮބީއަތް ކަމަށެވެ.

އެހެންކަމުން ރައީސް މުއިއްޒު ވެސް ހުދުމުހުތާރުވެ، އަނިޔާވެރިކަން އިސްކުރަމުންދާ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި ވިދާޅުވީ ނަތީޖާއެއް ގޮތުން މިއަދު ގައުމު ފަހަތަށް ޖެހި، ރައްޔިތުންނަށް ގެއްލުންވަމުންދާ ކަމަށެވެ. 

 ރައީސް މުއިއްޒުގެ ވެރިކަން އަޒުލް ކުރުމަށް ޔާމީން ގޮވާލެއްވިއިރު، އެމަނިކުފާނު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އެއް ލީޑަރަކީ ޔާމީން އެވެ. 

ޕީއެންއެފްކަރަޕްޝަން ޤާނޫނުއަސާސީކުރީގެ ރައީސް ޢަބްދުﷲ ޔާމީންރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

15 ޖޫން 2026

މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން 2645 ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ނިމިފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

15 ޖޫން 2026
މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން 2645 ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ނިމިފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
15 ޖޫން 2026

އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު

15 ޖޫން 2026
އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު
15 ޖޫން 2026

އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު

15 ޖޫން 2026
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު
13 ޖޫން 2026

ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން

13 ޖޫން 2026
ސަރުކާރުގެ ވުޒާރާއެއް އަނދާ ހުލިވެގެން ދިޔައިރު، އެ ވާހަކަ ދައްކާނެ ބަޔަކު މިއަދު ނެތް: އިހުސާން
11 ޖޫން 2026

ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށް، އެހެން މުވައްޒަފުން "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރަނީ

11 ޖޫން 2026
ހުރިހާ އަތޮޅު ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުން ވަޒީފާއިން ވަކިކޮށް، އެހެން މުވައްޒަފުން "އަތޮޅު އޮފީސް" ތަކަށް ބަދަލުކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު