Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޕީއެންސީ ތާއީދު ދަށްވުން

ފެންނަ ނުފެންނަ ވޯޓުން 70 އިންސައްތަ ރައްޔިތުން ނޫނެކޭ ބުނި ޕީއެންސީ އަކީ، ރައްޔިތުން އެންމެ ބަލައިގަތް ޕާޓީކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

ޕީއެންސީއަކީ ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް އޮތް ޕާޓީ ކަމަށް ރައީސް ވިދާޅުވި ނަމަވެސް، ފަހަކަށް އައިސް ބޭއްވި އިންތިޚާބުތަކުން އެ ޕާޓީއަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފަ. އެގޮތުން ފެންނަ ނުފެންނަ ވޯޓުގައި 70 އިންސައްތަ ރައްޔިތުން ސަރުކާރާ ދެކޮޅަށް ވޯޓު ދީފައިވާއިރު، ސިޓީ ކައުންސިލްތަކާއި ބައި-އިލެކްޝަންތަކުން ވެސް ސަރުކާރަށް ވަނީ ނާކާމިޔާބީއާ ކުރިމަތިވެފަ. ނަމަވެސް ސަރުކާރުގެ އިސްފަރާތްތަކުން މަސައްކަތް ކުރަނީ މި ހަގީގަތް އޮޅުވާލުމަށް.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 15 ޖޫން 2026 | ހޯމަ 13:39
ދ. މީދޫގައި ޕީއެންސީ އިން ބޭއްވި ޖަލްސާގެ ތެރެއިން.

ދ. މީދޫގައި ޕީއެންސީ އިން ބޭއްވި ޖަލްސާގެ ތެރެއިން. | ޕީއެންސީ

ސަރުކާރުން އެންމެ އިސްކަމެއް ދީގެން ބޭއްވި ފެންނަ ނުފެންނަ ވޯޓުން ލަދުވެތިކޮށް ބަލިވި ނަމަވެސް، ޕީއެންސީ އަކީ މިހާތަނަށް ދިވެހި ރައްޔިތުން އެންމެ ބޮޑަށް ބަލައިގަތް ޕާޓީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދ. މީދޫގައި ޕީއެންސީން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޕީއެންސީ އުފެދުނު ފަހުން ވެސް އެ ޕާޓީ ވެފައިވަނީ ރައްޔިތުންގެ ތާއީދު އެންމެ ބޮޑަށް ދީފައިވާ ޕާޓީ ކަމަށެވެ. އަދި އެ ޕާޓީ އުފެދުނު ފަހުން ބޭއްވުނު ހުރިހާ އިންތިހާބެއްގައި ވެސް އެންމެ ގިނަ ކާމިޔާބީ ހޯދާފައިވަނީ އެމަނިކުފާނުގެ ޕާޓީ ޕީއެންސީ ކަމުގައި ރައީސް ވިދާޅުވި އެވެ.

މި ޕާޓީ ވެގެންގޮސްފައި މި ވަނީ، ރައްޔިތުންގެ ތާއީދު އެންމެ ބޮޑަށް ރައްޔިތުން ދެއްވާފައިވާ ޕާޓީ އަށް. ޕާޓީ އުފަންވީއްސުރެ މިއަދާ ހަމައަށް އައިއިރުގަ ބޭއްވުނު އެންމެ.. ބޭއްވުނު އިންތިހާބުތަކުގެ ތެރެއިން އެންމެ ގިނަ ކާމިޔާބީތައް، ރައްޔިތުން އިތުބާރު ކުރައްވާ، ދީފައިވާ ޕާޓީގެ ގޮތުގަ ވެފަމިވަނީ ޕީއެންސީ.   
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު 

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، މި ސަރުކާރުން އެންމެ އިސްކަމެއް ދީގެން ބޭއްވި ފެންނަ ނުފެންނަ ވޯޓުން ވެސް ދިވެހި ރައްޔިތުންގެ 70 އިންސައްތަ ވަނީ ރައީސް މުއިއްޒުގެ ޕީއެންސީ އަށް ނޫނެކޭ ބުނެފަ އެވެ. މި ވޯޓުން 148،000 އަށްވުރެ ގިނަ މީހުން ސަރުކާރަށް ނޫނެކޭ ބުނެފައިވާއިރު، ސަރުކާރަށް ލިބުނު ވޯޓު ޕީއެންސީ ދަފްތަރުގައި މެމްބަރުން ތިބި އަދަދަށްވުރެ ވެސް މަދެވެ.

ދ. މީދޫގައި ޕީއެންސީ އިން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ.
ދ. މީދޫގައި ޕީއެންސީ އިން ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ.

ލޯކަލް ކައުންސިލް އިންތިހާބަށް ބަލާލިކަމުގައިވިޔަސް، ރާއްޖޭގެ އެންމެ ސިޓީއެއްގެ މޭޔަރުކަން ވެސް ރައީސް މުއިއްޒު އެ ވިދާޅުވާ ރައްޔިތުންގެ މެދުގައި އެންމެ މަގުބޫލު ޕީއެންސީ އަށް ލިބިފައެއް ނުވެ އެވެ. މޭޔަރުކަން ނުލިބުނު ގޮތަށް، އެންމެ ސިޓީއެއްގެ މެޖޯރިޓީ ވެސް ޕީއެންސީއަކަށް ނުލިބެ އެވެ.

ދާދިފަހުން ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި އިލެކްޝަނުން ވެސް ޕީއެންސީ އަށް ކުރިމަތިވީ ލަދުވެތި ބައްޔަކަށެވެ. 2024 ވަނަ އަހަރުގެ މަޖިލިސް އިންތިހާބުގައި ފަސޭހަކަމާއެކު ޕީއެންސީން ކާމިޔާބު ކުރި ގޮނޑިއެއް، އެ ގޮނޑި ހުސްވެގެން ބޭއްވި ބައި އިލެކްޝަނުގައި ކާމިޔާބު ކޮށްފައިވަނީ އިދިކޮޅު މައި ޕާޓީ އެމްޑީޕީ އިންނެވެ.

ޕީއެންސީ ސަރުކާރުގެ މަގުބޫލުކަން ދުވަހެއް ދުވަހަކަށް ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކުޑަވަމުން ދާއިރު، ރައީސް މުއިއްޒުން ފެށިގެން އެ ޕާޓީގެ އިސް ބޭފުޅުން ގެންދަވަނީ ނެތް ތާއީދެއް އޮތް ކަމަށް ދައްކާ ރައްޔިތުންނަށް ހަގީގަތް އޮޅުވާލަން މަސައްކަތް ކުރަމުން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެ އެވެ.

އިދިކޮޅު ފަރާތްތަކުން ބުނާ ގޮތުގައި، ސަރުކާރުން ބޭއްވި ފެންނަ ނުފެންނަ ވޯޓާއި، ލޯކަލް ކައުންސިލް އިންތިހާބާއި، ހިތަދޫ އުތުރު ބައި އިލެކްޝަނުގެ ނަތީޖާތަކުން ސާފުކޮށް ފެންނަމުންދަނީ ރައްޔިތުންގެ ތާއީދު ސަރުކާރަށް ލިބެމުންދާ މިންވަރު ކުޑަވަމުންދާ ކަމެވެ. އެހެންނަމަވެސް، ސަރުކާރުގެ އިސް ބޭފުޅުން މި ހަގީގަތް ގަބޫލު ނުކުރައްވާ ކަމަށް އެ ބޭފުޅުން ފާހަގަ ކުރައްވަ އެވެ.

ޕީއެންސީރައީސް ޑޮކްޓަރު މުޙައްމަދު މުޢިއްޒު

އިތުރަށް ކިޔާލަން

15 ޖޫން 2026

ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު

15 ޖޫން 2026
ޒާތީ މައުލޫމާތުގެ ބިލު ތަންފީޒު ކުރަން މިނިސްޓަރު އިހުސާން އާ ހަވާލު ކުރުމަކީ ޑްރެކިއުލަރ އާ ބްލަޑް ބޭންކު ހަވާލު ކުރުން ކަހަލަ ކަމެއް: ޒިޔާދު
15 ޖޫން 2026

ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން

15 ޖޫން 2026
ރައީސް މުއިއްޒު އަޒުލް ކުރުން ނޫން ގޮތެއް ނެތް: ކުރީގެ ރައީސް ޔާމީން
15 ޖޫން 2026

މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން 2645 ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ނިމިފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ

15 ޖޫން 2026
މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވީ ފަހުން 2645 ތަރައްގީގެ މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ ޕްލޭން ނިމިފައިވާ ކަަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެ
15 ޖޫން 2026

އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު

15 ޖޫން 2026
އަންނަ ދިރާސީ އައު އަހަރު އަރަބިއްޔާ ސްކޫލްގެ އައު އިމާރާތުގައި ކިޔަވައިދޭން ފަށާނެ: ރައީސް މުއިއްޒު
15 ޖޫން 2026

އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު

15 ޖޫން 2026
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް، ޕީއެންސީގެ ފިކުރަކީ ބިނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު