Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ

އިޒްރޭލް އާއި ފަލަސްޠީންއާ ދެމެދު މެޗެއް ކުޅުމަށް ފީފާގެ ރައީސް އިންފަންޓީނޯ ހުށަހަޅުއްވައިފި

17 ޖޫން 2026 | ބުދަ 04:46

ނިއު ޔޯކް ޓައިމްސްގެ ދަށުން ހިނގާ ކުޅިވަރު ނޫސް ތަކުގެ ވެބްސައިޓް ދަ އެތުލެޓިކް އިން ބުނި ގޮތުގައި ފީފާ އިން ހުށަހަޅަމުން އަންނަނީ އައު ޔޫތު މުބާރާތުގެ ފުރަތަމަ މެޗު އިޒްރޭލް އާއި ފަލަސްޠީނުގެ ފަނަރަ އަހަރުން ދަށުގެ ޓީމު ތަކުން ކުޅެން ކަމަށް. ނަމަވެސް، މި ވިސްނުން މަޑު މަޑުން ކުރިއަށް ދާއިރު އެއްވެސް ފަރާތަކުން މި މެޗަށް އެއްބަސް ވާނެކަން ކަށަވަރު ވެފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 17 ޖޫން 2026 | ބުދަ 04:46
ފީފާގެ އަހަރީ ކޮންގްރެސްގައި ފަލަސްޠީން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް އާއި އިޒްރޭލް ފުޓުބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ބަސީމް ޝައިހް ސުލައިމާންއާ ސަލާމް ކުރުވުމަށް ފީފާާގެ ރައީސް އިންފަންޓީނޯ މަސައްކަތް ކުރައްވަނީ.

ފީފާގެ އަހަރީ ކޮންގްރެސްގައި ފަލަސްޠީން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް އާއި އިޒްރޭލް ފުޓުބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ބަސީމް ޝައިހް ސުލައިމާންއާ ސަލާމް ކުރުވުމަށް ފީފާާގެ ރައީސް އިންފަންޓީނޯ މަސައްކަތް ކުރައްވަނީ. | ރޮއިޓާސް

ފީފާ އިން މި އަހަރުގެ ފަހުކޮޅު އެމެރިކާގައި ބާއްވާ ފަނަރަ އަހަރުން ދަށުގެ ފުޓުބޯޅަ ފެސްޓިވަލް ފެށުމުގެ ގޮތުން އިޒްރޭލް އާއި ފަލަސްޠީންއާ ދެމެދު މެޗެއް ކުޅުމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ހުށަަހަޅުއްވައިފި އެވެ. 

ނިއު ޔޯކް ޓައިމްސްގެ ދަށުން ހިނގާ ކުޅިވަރު ނޫސް ތަކުގެ ވެބްސައިޓް ދަ އެތުލެޓިކް އިން ބުނި ގޮތުގައި ފީފާ އިން ހުށަހަޅަމުން އަންނަނީ އައު ޔޫތު މުބާރާތުގެ ފުރަތަމަ މެޗު އިޒްރޭލް އާއި ފަލަސްޠީނުގެ ފަނަރަ އަހަރުން ދަށުގެ ޓީމު ތަކުން ކުޅެން ފެށުމަށް ކަމަށެވެ. ނަމަވެސް، މި ވިސްނުން މަޑު މަޑުން ކުރިއަށް ދާއިރު އެއްވެސް ފަރާތަކުން މި މެޗަށް އެއްބަސް ވާނެކަން ކަށަވަރު ވެފައި ނުވެ އެވެ. 

ފީފާގެ ރައީސް އިންފަންޓީނޯގެ މި ހުށަހެޅުމަކީ ވަރަށް ބޮޑު އަސަރެއް ކުރާނެ އަދި ދެބަސްވުން ތަކަށް މަގު ފަހިވާނެ ފިޔަވަޅެކެވެ. މިދިޔަ އޭޕްރީލް މަހު ވެންކޫވާގައި ބޭއްވި ފީފާގެ އަހަރީ ކޮންގްރެސްގައި ފަލަސްޠީން ފުޓުބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިބްރީލް ރަޖޫބް އާއި އިޒްރޭލް ފުޓުބޯޅަ އެސޯސިއޭޝަންގެ ނައިބު ރައީސް ބަސީމް ޝައިހް ސުލައިމާންއާ ސަލާމް ކުރުވުމަށް ފީފާާގެ ރައީސް އިންފަންޓީނޯ މަސައްކަތް ކުރެއްވި ނަމަވެސް، އެކަން ކާމިޔާބުވެފައި ނުވެ އެވެ.

އިންފަންޓީނޯ ވިދާޅުވެފައި ވަނީ ފަނަރަ އަހަރުން ދަށުގެ ޔޫތު މުބާރާތެއް އޮންނާނެ ކަމަށާއި، އެ މުބާރާތުގައި 211 ޤައުމުން ބައިވެރިވުމަށް ދައުވަތު ދޭނެ ކަމަށެވެ. އަދި އެކުގައި މަސައްކަތް ކުރުމަށް ގޮވާލައްވައި، އެކަމަަށް ފީފާގެ އެހީތެރިކަން ލިބޭނެ ކަމަށް ވެސް އިންފަންޓީނޯ ވަނީ ވިދާޅުވެފައި އެވެ. 

ދަ އެތުލެޓިކް އިން ބުނި ގޮތުގައި ފީފާގެ ހުށަހެޅުމަކީ ސުލްހަ ގާއިމު ކުރުމަށް ކުރާ އިތުރު މަސައްކަތެއްގެ ގޮތުން، އިޒްރޭލް އާއި ފަލަސްޠީނުގެ ފަނަރަ އަހަރުން ދަށުގެ ޓީމު ބައްދަލު ކުރަން ބޭނުންވާ ކަމަށެވެ. ނަމަވެސް، ފަލަސްޠީނުގެ ފުޓުބޯޅަ ކުޅުންތެރިންނާއި، ކުޅިވަރު ތަންތަނަށް އިޒްރޭލް އިން ދިން ގެއްލުންތަކާ ގުޅިގެން ފީފާ އިން އިޒްރޭލް އަށް ފިޔަވަޅު ނާޅާ ކަމަށް ބުނެ، ފަލަސްޠީނުގެ އެތައް ބަޔަކު އަންނަނީ ފީފާ އަށް ފާޑު ކިޔަމުންނެވެ. 

މިއަހަރުގެ ސެޕްޓެމްބަރު މަހު އެމެރިކާގައި އޮންނަ މި މުބާރާތުގައި ފީފާގެ މެމްބަރު ހުރިހާ ޤައުމު ތަކަކުން ބައިވެރިވުމަށް ބާރު އަޅަމުން އަންނައިރު، މި މުބާރާތުގައި ރަޝިޔާ އިން ވެސް ބައިވެރި ވާނެ ކަމަށް ވަނީ ބުނެފައި އެވެ. ރަޝިޔާ އިން ޔޫކްރެއިންއާ ދެކޮޅަށް ހިންގަމުން އަންނަ ހަނގުރާމައިގެ ސަބަބުން، ފީފާ އިން ވަނީ 2022 ވަނަ އަހަރު ރަޝިޔާ ފުޓުބޯޅަ އިން ސަސްޕެންޑު ކޮށްފައި އެވެ. 

މިކަމުގެ ސަބަބުން، އިޒްރޭލްގެ މައްސަލައިގައި ރަޝިޔާ އިން އަމަލު ކުރަމުން އަންނަ ގޮތުން އެތައް ބަޔަކު އަންނަނީ ފީފާ އާއި އިންފަންޓީނޯ އަށް ވެސް ފާޑު ކިޔުން އަމާޒު ކުރަމުންނެވެ. އެގޮތުން ޔޫކްރެއިންއާ ދެކޮޅަށް ކުރާ ހަނގުރާމައިގެ ސަބަބުން ރަޝިޔާ އަށް ފިޔަވަޅު އަޅާފައިވާއިރު، ޣައްޒާގައި ނަސްލު ނައްތާލުމަށް އިޒްރޭލް އިން ހިންގާ ޖަރީމާތަކާ އެކު ވެސް ފީފާ އިން އެ ޤައުމާ ދެކޮޅަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާތީ އެތައް ބައެއްގެ ނުރުހުން ފީފާ އަށް އަމާޒުވެފައިވެ އެވެ. 

ފީފާފަލަސްތީނު-އިޒްރޭލުޖިއާނީ އިންފަންޓީނޯ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

16 ޖޫން 2026

އީރާނު ޓީމަށް އެމެރިކާގައި ވިސާ މައްސަލަތަކާ ދަތުރުފަތުރު ހުރަސްތައް

16 ޖޫން 2026
އީރާނު ޓީމަށް އެމެރިކާގައި ވިސާ މައްސަލަތަކާ ދަތުރުފަތުރު ހުރަސްތައް
16 ޖޫން 2026

އީރާން ކޯޗު: "ވޯލްޑް ކަޕްގައި އެންމެ ތަކުލީފު ޖައްސާފައިވާ ޓީމަކީ އަހަރެމެން"

16 ޖޫން 2026
އީރާން ކޯޗު: "ވޯލްޑް ކަޕްގައި އެންމެ ތަކުލީފު ޖައްސާފައިވާ ޓީމަކީ އަހަރެމެން"
16 ޖޫން 2026

އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި

16 ޖޫން 2026
އީރާންގެ އެންމެ ފަހުގެ ރަސްކަލުން ރަމްޒު ކޮށްދޭ ދިދަ ވޯލްޑް ކަޕްގައި ބޭނުން ނުކުރެވޭނެ ކަމަށް ކޯޓުން ވެސް ނިންމައިފި
15 ޖޫން 2026

ވޯލްޑް ކަޕް މެޗުތައް ގަޑިއަށް ނުފެށެނީ ކީއްވެ؟

15 ޖޫން 2026
ވޯލްޑް ކަޕް މެޗުތައް ގަޑިއަށް ނުފެށެނީ ކީއްވެ؟
15 ޖޫން 2026

އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި

15 ޖޫން 2026
އެމެރިކާ އަށް އެެތެރެ ވިޔަ ނުދިން ސޮމާލިއާގެ ރެފްރީ އަރްޓާން އަށް ފީފާ އިން މުބާރާތުގެ ފީ ދޭން ނިންމައިފި
14 ޖޫން 2026

އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ

14 ޖޫން 2026
އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ
14 ޖޫން 2026

ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ބްރެޒިލުން 'ސްމާޓް ވެސްޓް' ބޭނުންކުރަނީ

14 ޖޫން 2026
ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ބްރެޒިލުން 'ސްމާޓް ވެސްޓް' ބޭނުންކުރަނީ
13 ޖޫން 2026

ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސަށް އެމެރިކާ އިން ވިސާ ނުދިން

13 ޖޫން 2026
ފަލަސްތީނު ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސަށް އެމެރިކާ އިން ވިސާ ނުދިން
09 ޖޫން 2026

އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި

09 ޖޫން 2026
އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި
09 ޖޫން 2026

ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން

09 ޖޫން 2026
ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް