Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި

އީރާންގެ ފުޓުބޯޅަ ފެޑަރޭޝަން އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވޯލްޑް ކަޕް ފެށެން ތިން ދުވަހަށް ވެފައި ވަނިކޮށް، ގުރޫޕު ސްޓޭޖުގައި އީރާން އިން ކުޅޭ ތިން މެޗަށް އެ ގައުމުގެ ސަޕޯޓަރުންނަށް ވަނުމަށް އެމެރިކާ އިން އަނެއްކާ ވެސް ހުރަސް އަޅާފައިވާ ކަމަށް. ފީފާގެ ގަވާއިދު ބުނާ ގޮތުން ކޮންމެ މެޗެއްގެ ޓިކެޓުގެ އަށެއް އިންސައްތަ އެ މެޗެއްގައި ކުޅޭ ގައުމު ތަކުގެ ފެޑަރޭޝަން ތަކަށް ދޭން ޖެހޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖޫން 2026 | އަންގާރަ 09:49
މީގެ ކުރިން އީރާން އިން ކުޅުނު މެޗެއްގައި އެ ޤައުމުގެ ސަޕޯޓަރުން ތަކެއް ބައިވެރި ވަނީ.

މީގެ ކުރިން އީރާން އިން ކުޅުނު މެޗެއްގައި އެ ޤައުމުގެ ސަޕޯޓަރުން ތަކެއް ބައިވެރި ވަނީ. | ރޮއިޓާސް

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ބާއްވާ ފީފާ ވޯލްޑް ކަޕްގައި އީރާންގެ ސަޕޯޓަރުންނަށް ކަނޑަ އަޅާފައިވާ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފައިވާ ކަމަށް ބުނެ، އީރާންގެ ފުޓުބޯޅަ ފެޑެރޭޝަން އިން ބޮޑެތި ތުހުމަތުތަކެއް ކޮށްފި އެވެ. 

އީރާން އިން ބުނާ ގޮތުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމުގައިވާ އެމެރިކާ އިން ދަނީ ސިޔާސީ ނުތަނަވަސްކަމުގެ ތެރެއިން އީރާންގެ ސަޕޯޓަރުން ދަނޑަށް ވަނުމަށް ހުރަސް އަޅަމުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އެމެރިކާ އާއި އިޒްރޭލް އިން އީރާން އަށް ދިން ހަމަލާތަކާ ގުޅިގެން ދެ ގައުމުގެ ދެމެދުގައި ހަނގުރާމައިގެ ހާލަތެއް އޮތްއިރު، އެމެރިކާ އިން ދަނީ އީރާން އަށް އިދާރީ ގޮތުން ގިނަ ހުރަސް ތަކެއް ކުރިމަތި ކުރަމުންނެވެ. މީގެ ތެރޭގައި އީރާންގެ ޓީމުގެ ބައެއް ސަޕޯޓް ސްޓާފުންނަށް ވިސާ ދޫކުރުމަށް އިންކާރު ކުރުން ހިމެނޭ ކަމަށް އީރާން އިން ބުނެ އެވެ.

އީރާންގެ ފުޓުބޯޅަ ފެޑަރޭޝަން އިން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ވޯލްޑް ކަޕް ފެށެން ތިން ދުވަހަށް ވެފައި ވަނިކޮށް، ގުރޫޕު ސްޓޭޖުގައި އީރާން އިން ކުޅޭ ތިން މެޗަށް އެ ގައުމުގެ ސަޕޯޓަރުންނަށް ވަނުމަށް އެމެރިކާ އިން އަނެއްކާ ވެސް ހުރަސް އަޅާފައިވާ ކަމަށެވެ. ފީފާގެ ގަވާއިދު ބުނާ ގޮތުން ކޮންމެ މެޗެއްގެ ޓިކެޓުގެ އަށެއް އިންސައްތަ އެ މެޗެއްގައި ކުޅޭ ގައުމު ތަކުގެ ފެޑަރޭޝަން ތަކަށް ދޭން ޖެހެ އެވެ.

އީރާން އިން ބުނި ގޮތުގައި އެމެރިކާގައި ކުޅުމަށް ހަމަޖެހިފައިވާ ނިއުޒީލެންޑް، ބެލްޖިއަމް އަދި މިސްރާ ދެކޮޅަށް ކުޅޭ މެޗު ތަކަށް ލިބުނު ކޯޓާގެ ދަށުން ޓިކެޓު ވިއްކުމުގެ މަސައްކަތް އެ ގައުމުން އޮތީ ފަށާފަ އެވެ. އަދި ބައެއް ސަޕޯޓަރުން ދަތުރުގެ ކަންކަން ވެސް ހަމަޖައްސާފައި ވަނިކޮށް، ކުއްލި ގޮތަކަށް އެމެރިކާ އިން އެ ޓިކެޓުތައް އަތުލާފައި ވާތީ، މިހާރު އެއްވެސް ސަޕޯޓަރަކަށް ޓިކެޓެއް ފޯރުކޮށްދެވެން ނެތް ކަމަށް އެ ފެޑަރޭޝަން އިން ބުނެ އެވެ.

މި ނިންމުމަކީ ބައިނަލްއަގުވާމީ މުބާރާތްތަކުގެ ރޫހާ ހިލާފު އަދި ގައުމުތަކުގެ މެދުގައި އޮންނަން ޖެހޭ ހަމަހަމަ ކަމުގެ އުސޫލާ ހިލާފު ކަމެއްގެ ގޮތުގައި އީރާން އިން ވަނީ ސިފަ ކޮށްފަ އެވެ. އެހެންކަމުން ފީފާ އާއި މުބާރާތް އިންތިޒާމު ކުރާ ފަރާތްތަކުން ވަކި ފަރާތަކަށް ނުޖެހި، އީރާނުގެ ސަޕޯޓަރުންނަށް ބޭނުންވާ ފުރުސަތުތައް ފަހިކޮށްދިނުމަށް އެ ގައުމުން ވަނީ ގޮވާލާފަ އެވެ. ނަމަވެސް މިކަމާ ގުޅޭ ގޮތުން ފީފާ އާއި އެމެރިކާގެ އިންތިޒާމު ކުރާ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައި ނުވެ އެވެ.

މި މައްސަލައިގެ އިތުރުން، އީރާންގެ ވަފުދުގެ އިދާރީ އަދި މެނޭޖުމަންޓް ދާއިރާގެ 15 މުވައްޒަފަކަށް އެމެރިކާ އަށް އެތެރެ ވުމުގެ ވިސާ ނުލިބުމުގެ މައްސަލަ ވެސް ވަނީ ހޫނު ވެފަ އެވެ. މި ނުތަނަވަސްކަމާ ގުޅިގެން އީރާން އިން ވަނީ އެ ގައުމުގެ ޓްރޭނިން ކޭމްޕް އެމެރިކާގެ އެރިޒޯނާގެ ބަދަލުގައި މެކްސިކޯގެ ބޯޑަރު ސިޓީއެއް ކަމުގައިވާ ޓިހުއާނާ އަށް ބަދަލު ކޮށްފަ އެވެ.

ވޯލްޑް ކަޕްގައި އީރާން އިން ކުޅޭ ފުރަތަމަ މެޗުގައި ޖޫން 15 ވަނަ ދުވަހު ލޮސް އެންޖެލިސްގައި ނިއުޒީލެންޑްއާ ދެކޮޅަށް ނުކުންނައިރު، ޖޫން 21 ގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅޭނީ ވެސް އެ ސިޓީގައި އެވެ. އަދި ގުރޫޕު ސްޓޭޖުގެ ފަހު މެޗުގައި ޖޫން 26 ވަނަ ދުވަހު ސިއެޓްލްގައި އީރާން އިން ބައްދަލު ކުރާނީ މިސްރާ އެވެ. 

ފީފާފީފާ ވާރލްޑް ކަޕް 2026އީރާންއެމެރިކާ

އިތުރަށް ކިޔާލަން

09 ޖޫން 2026

ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން

09 ޖޫން 2026
ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން
08 ޖޫން 2026

އީރާނުން ހަމަލާތައް ހުއްޓާލައި އިޒްރޭލަށް އިންޒާރުދީފި

08 ޖޫން 2026
އީރާނުން ހަމަލާތައް ހުއްޓާލައި އިޒްރޭލަށް އިންޒާރުދީފި
08 ޖޫން 2026

ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް

08 ޖޫން 2026
ރައީސަށް ފޮނުއްވެވި އިސްތިއުފާގެ ސިޓީގައި ޒަމީރު ވިދާޅުވީ، އެހާ ބުރަ ބޮޑު ޒިންމާއަކަށް ސިއްޙީ ޙާލަތު ތަން ނުދޭކަމަށް
08 ޖޫން 2026

އެމެރިކާ ވިސާގެ މައްސަލަ ކުރިމަތިވެފައިވާ އީރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ

08 ޖޫން 2026
އެމެރިކާ ވިސާގެ މައްސަލަ ކުރިމަތިވެފައިވާ އީރާނުގެ ފުޓްބޯޅަ ޓީމު މެކްސިކޯއަށް ހިނގައްޖެ
08 ޖޫން 2026

އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި

08 ޖޫން 2026
އިޒްރޭލުގެ އުޅަނދުފަހަރު ރަތްކަނޑުން ދަތުރު ކުރުން ހޫޘީން މަނާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު