Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން

އަރްޓާންގެ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަންގެ ތަރުޖަމާނު ސީއެންއެން އަށް ވިދާޅުވީ، ތުރުކީގެ އިސްތަމްބޫލް އިން އެމެރިކާގެ މިއާމީ އަށް އައި ވަގުތު އޭނާ އިތުރަށް ބަަލައި ފާސްކޮށްފައިވާ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 9 ޖޫން 2026 | އަންގާރަ 07:59
ސޯމާލިއާގެ ރެފްރީ އޮމާރް ޢަބްދުލް ޤާދިރު.

ސޯމާލިއާގެ ރެފްރީ އޮމާރް ޢަބްދުލް ޤާދިރު. | ރޮއިޓާސް

ސޯމާލިއާގެ ރެފްރީ އޮމާރް ޢަބްދުލް ޤާދިރު އަރްޓާން، އެމެރިކާ އަށް އެތެރެ ވިޔަ ނުދީ އަނބުރާ ފޮނުވާލައިފި އެވެ. 

އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި އޮންނަ ވަރލްޑް ކަޕްގައި ރެފްރީކަން ކުރުމުގެ ފުރުސަތު އަރްޓާން އަށް ވަނީ ލިބިފައި އެވެ. އެއާ އެކު އޭނާ ހޯމަ ދުވަހު އެމެރިކާ އަށް ދިޔަ ނަމަވެސް، އެމެރިކާ އަށް އެތެރެ ވިޔަ ނުދީ، އޭނާ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ. 

އަރްޓާންގެ މައްސަލައާ ގުޅިގެން ސުވާލު ކުރުމުން އެމެރިކާގެ ކަސްޓަމްސް އެންޑް ބޯޑަރ ޕްރޮޓެކްޝަންގެ ތަރުޖަމާނު ސީއެންއެން އަށް ވިދާޅުވީ، ތުރުކީގެ އިސްތަމްބޫލް އިން އެމެރިކާގެ މިއާމީ އަށް އައި ވަގުތު އޭނާ އިތުރަށް ބަަލައި ފާސްކޮށްފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ މައުލޫމާތު ޔަޤީން ކުރުމަށް ނުވަތަ އެެމެރިކާ އަށް ވަނުމުގެ ހުއްދަ ދެވޭނެކަން ކަނޑަ އެޅުމަށް އޮފިސަރުންނަށް ބަލައި ފާސް ކުރުމުގެ ފުރުސަތު އޮވެ އެވެ. އަދި އެއީ އާންމު އުސޫލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

އަރްޓާން ބަލައި ފާސް ކުރުމަށް ފަހު، އޭނާ އެމެރިކާ އަށް އެތެރެ ވުމުގެ ހުއްދަ ނުދިނީ އޭނާ އަކީ އެމެރިކާާ އަށް ވަދެވޭނެ މީހެއް ކަމަށް ނުބެލެވޭތީ ކަމަށް ތަރުޖަމާނު ވިދާޅުވި އެވެ. ނަމަވެސް، އަރްޓާން އެމެރިކާ އަށް ވަނުން މަނާ ކުރި ސަބަބުގެ ތަފްސީލެއް ތަރުޖަމާނު ދެއްވާފައި ނުވެ އެވެ. 

ސޯމާލިއާ އަކީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުގެ ދަތުރު ފަތުރު މަނާ ކުރުމުގެ ގަވާއިދުން އަސަރު ކުރާ 39 ގައުމުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. ޓްރަމްޕްގެ ދަތުރު ފަތުރު މަނާ ކުރުމުގެ ލިސްޓުގައި ހިމެނޭ ގައުމު ތަކުގެ ރައްޔިތުންނަށް އިތުރު ބެލުންތަކާއި، މައުލޫމާތު ސާފު ކުރުންތަކާ ކުރިމަތިލާން ޖެހެ އެވެ. 

އަރްޓާން އަކީ 2025 ވަނަ އަހަރު އެފްރިކާގެ އެންމެ މޮޅު ފިރިހެން ރެފްރީގެ ލަޤަބު ހޯދާފައިވާ ރެފްރީ އެވެ. މިއަހަރުގެ ފީފާ ވަރލްޑް ކަޕްގައި ބައިވެރިވުމަށް އޭނާ އަށް ފުރުސަތު ދޭން ނިންމީ ކޮންފެޑެރޭޝަން އޮފް އެފްރިކަން ފުޓުބޯޅަ އިންނެވެ. 

މިކަމާ ގުޅިގެން ފީފާގެ ތަރުޖަމާނު ނެރުނު ބަޔާނެއްގައި ބުނީ، އަރްޓާންގެ ހާލަތު މިހާރު ބަދަލު ނުކުރާނެ ކަމަށް އިސްވެރިން އަންގާފައިވާ ކަމަށް ފީފާ އަށް އެންގިފައިވާ ކަމަށެވެ. ފީފާ އަކީ ޤައުމު ތަކުގެ އިމިގްރޭޝަން ޕްރޮސެސް ތަކުގައި ބައިވެރިވާ ފަރާތެއް ނޫން ކަމަށާއި، ވިސާ ދޭނެ މީހުން އަދި ޤައުމު ތަކަށް އެތެރެ ވެވޭނެ މީހުން ކަނޑަ އަޅާނީ އެ ޤައުމެއްގެ ސަރުކާރުން ކަމަށް ފީފާ އިން ބުނެފައިވެ އެވެ. 

އަރްޓާން އަށް އެމެރިކާާ އަށް ވަނުން މަނާ ކޮށްފައިވާއިރު، އެމެރިކާ އިން ވަނީ މުބާރާތުގައި ބައިވެރިވާ އީރާންގެ ޓީމަށް ވެސް ވިސާގެ ކަންތަކުގައި ދަތި ކުރުން ތަކެއް ކުރިމަތި ކޮށްފަ އެވެ. އީރާންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މެހްދީ ތާޖް އާދީއްތަ ދުވަހު ވިދާޅުވީ، މުބާރާތުގައި ވާދަ ކުރާ އީރާންގެ ޓީމަށް އެމެރިކާ އަށް ވަނުމުގެ ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް، އެ ހުއްދަ ދީފައި ވަނީ މެޗަށް ދިޔުމުގެ އެއް ދުވަސް ކުރިއަށް ކަމަށް އޭނާ ވިދާޅުވި އެވެ. 

ފީފާފީފާ ވާރލްޑް ކަޕް 2026ސޯމާލިއާ

އިތުރަށް ކިޔާލަން

08 ޖޫން 2026

"މިއީ އަހަރެމެންގެ ވޯލްޑް ކަޕެއް ނޫން، މިއީ އެމީހުންގެ މުބާރާތެއް"

08 ޖޫން 2026
"މިއީ އަހަރެމެންގެ ވޯލްޑް ކަޕެއް ނޫން، މިއީ އެމީހުންގެ މުބާރާތެއް"
08 ޖޫން 2026

މެސީ ލައްވާ ނުކުޅުވީ ރެސްޓު ކުރުވަން: ސްކަލޯނީ

08 ޖޫން 2026
މެސީ ލައްވާ ނުކުޅުވީ ރެސްޓު ކުރުވަން: ސްކަލޯނީ
07 ޖޫން 2026

ވޯލްޑް ކަޕަށް ދިޔަ އިރާގުގެ އައިމަން ޙުސެއިން އެމެރިކާގެ އެއާޕޯޓުގައި ހަތް ގަޑިއިރު ވަންދެން މަޑު ކުރުވައިފި

07 ޖޫން 2026
ވޯލްޑް ކަޕަށް ދިޔަ އިރާގުގެ އައިމަން ޙުސެއިން އެމެރިކާގެ އެއާޕޯޓުގައި ހަތް ގަޑިއިރު ވަންދެން މަޑު ކުރުވައިފި
20 މެއި 2026

ނޭމާ ބްރެޒިލްގެ ޤައުމީ ޓީމަށް، އަންޗެލޮޓީ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް

20 މެއި 2026
ނޭމާ ބްރެޒިލްގެ ޤައުމީ ޓީމަށް، އަންޗެލޮޓީ ބުނީ ވޯލްޑް ކަޕް ކާމިޔާބު ކުރެވޭނެ ކަމަށް
16 މެއި 2026

ވޯލްޑް ކަޕާ ގުޅޭ މަޝްވަރާތައް ކުރުމަށް، ފީފާ އިން އީރާންއާ ބައްދަލު ކުރަނީ

16 މެއި 2026
ވޯލްޑް ކަޕާ ގުޅޭ މަޝްވަރާތައް ކުރުމަށް، ފީފާ އިން އީރާންއާ ބައްދަލު ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު