Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ

އީރާންގެ ޓީމުގައި ހިމެނޭ 15 މެމްބަރުންނަށް ވިސާ ނުދޭން އެމެރިކާ އިން ނިންމުމާ އެކު، އެ ފަރާތްތަކުން ވަނީ މެކްސިކޯ އަށް ގޮސް އަލުން ވިސާ އަށް އެދިފައި. އެ އިސްތިއުނާފު ތަކުގެ ތެރެއިން، ހަތަރު މީހެއްގެ އިސްތިއުނާފު ވަނީ ބަލައިގެންފައި. ވިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ޓީމުގެ ޓެކްނިކަލް ސްޓާފްގެ އެނަލިސްޓް އަދި ފެޑެރޭޝަންގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓުގެ ދެ އޮފިޝަލުން ހިމެނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2026 | އާދީއްތަ 09:53
އީރާން ޓީމުގެ ކުޅުންތެރިން ތަކެއް ފްލައިޓުން ފައިބައިގެން ހިނގާފައި އަންނަ މަންޒަރު.

އީރާން ޓީމުގެ ކުޅުންތެރިން ތަކެއް ފްލައިޓުން ފައިބައިގެން ހިނގާފައި އަންނަ މަންޒަރު. | ރޮއިޓާސް

އީރާންގެ ފުޓުބޯޅަ ޓީމުގެ ޑެލިގޭޝަންގައި ހިމެނޭ މެމްބަރުންނަށް ވިސާ ނުދޭން އެމެރިކާ އިން ނިންމި ނިންމުން އީރާން އިން އިސްތިއުނާފު ކުރިއިރު، ހަތަރު މީހަކަށް ވިސާ ދޭން ނިންމައިފި އެވެ.

އީރާން ޓީމުގައި ހިމެނޭ ހަތަރު މީހަކަށް ވިސާ ދޭން ނިންމި ނަމަވެސް، އިތުރު 11 މީހުންނަށް ވިސާ ނުލިބޭނެ ކަމަށް ވަނީ ނިންމައިފަ އެވެ. 

އީރާން އިން އެމެރިކާ އަށް ތުހުމަތު ކޮށްފައި ވަނީ، އީރާން ޓީމުގައި ހިމެނޭ މުހިންމު އޮފިޝަލުންނަަށް ވިސާ ދިނުމަށް އެމެރިކާ އިން ދެކޮޅު ހަދާފައިވާ ކަމަށް ބުނެ އެވެ. މިކަން ދިމާ ވެފައި ވަނީ، އީރާންގެ ކުޅުންތެރިންނަށް މުބާރާތަށް ދަތުރު ކުރުމުގެ ހުއްްދަ ދީފައިވާ ކަމަށް އެމެރިކާ އިން ބުނެފައި ވަނިކޮށެވެ. 

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ނުތަނަވަސް ކަމުގެ ސަބަބުން، އީރާންގެ ޓީމު ކޭމްޕު ކުރަމުން އަންނަނީ މުބާރާތުގެ ހޯސްޓު ޤައުމެއް ކަމަށްވާ މެކްސިކޯގައި އެވެ. 

އީރާންގެ ޓީމުގައި ހިމެނޭ 15 މެމްބަރުންނަށް ވިސާ ނުދޭން އެމެރިކާ އިން ނިންމުމާ އެކު، އެ ފަރާތްތަކުން ވަނީ މެކްސިކޯ އަށް ގޮސް އަލުން ވިސާ އަށް އެދިފައި އެވެ. އެ އިސްތިއުނާފު ތަކުގެ ތެރެއިން، ހަތަރު މީހެއްގެ އިސްތިއުނާފު ވަނީ ބަލައިގެންފައި އެވެ. ވިސާ ލިބުނު ފަރާތްތަކުގެ ތެރޭގައި ޓީމުގެ ޓެކްނިކަލް ސްޓާފްގެ އެނަލިސްޓް އަދި ފެޑެރޭޝަންގެ އިންޓަނޭޝަނަލް ޑިޕާޓްމަންޓުގެ ދެ އޮފިޝަލުން ހިމެނެ އެވެ.

ބާކީ ތިބި ފަރާތް ތަކުގެ ހުށަހެޅުން ބަލައިގެންފައި ނުވެ އެވެ. އޭގެ ތެރޭގައި އީރާންގެ ފުޓުބޯޅަ ފެޑެރޭޝަންގެ ރައީސް މެހްދީ ތާޖްގެ އިތުރުން ފެޑެރޭޝަންގެ ނައިބު ރައީސަކު ވެސް ހިމެނެ އެވެ. 

މީގެ އިތުރުން ދުވަހުން ދުވަހަށް އޮޕަރޭޝަންތައް ބަލަހައްޓާ ދެ އެޑްމިނިސްޓްރޭޓަރުންނާއި، މީޑިއާ އޮފިސަރު އަދި ސެކިއުރިޓީ އޮފިސަރެއް ހިމެނެ އެވެ. ޓީމުގައި ހިމެނޭ އަނެއް މީޑިއާ އޮފިސަރުގެ ހުށަހެޅުން ބަލައި ނުގަންނަން އެންމެ ފުރަތަމަ ނިންމުމުން، ދެ ވަނަ ފަހަރަށް ހުށަހަޅާފައި ނުވެ އެވެ. 

މުބާރާތުގައި އީރާންގެ ފުރަތަމަ މެޗުގައި ނިކުންނާނީ ނިއުޒިލެންޑާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ބެލްޖިއަމްއާ ދެކޮޅަށް ކުޅުމަށް ފަހު، ފަހު މެޗުގައި ކުޅޭނީ މިޞްރާ ދެކޮޅަށެެވެ.

އީރާންއާ ދެކޮޅަށް އަޅަމުން އަންނަ ފިޔަވަޅު ތަކުގެ ތެރެއިން، އެ ޤައުމުގެ ސަޕޯޓަރުންގެ ޓިކެޓުތައް އަތުލުމަށް ވެސް އެމެެރިކާ އިން ނިންމި އެވެ. ނަމަވެސް ފީފާ އިން ބުނެފައި ވަނީ އީރާންގެ ސަޕޯޓަރުން ދަނޑަށް ވަނުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

ފީފާފީފާ ވާރލްޑް ކަޕް 2026އީރާން ޤައުމީ ފުޓުބޯޅަ ޓީމުއެމެރިކާ

އިތުރަށް ކިޔާލަން

14 ޖޫން 2026

ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ބްރެޒިލުން 'ސްމާޓް ވެސްޓް' ބޭނުންކުރަނީ

14 ޖޫން 2026
ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ބްރެޒިލުން 'ސްމާޓް ވެސްޓް' ބޭނުންކުރަނީ
14 ޖޫން 2026

ތުރުކީ ބަލިކޮށް، އޮސްޓްރޭލިއާ އިން ފެށުން ރަނގަޅު ކޮށްފި

14 ޖޫން 2026
ތުރުކީ ބަލިކޮށް، އޮސްޓްރޭލިއާ އިން ފެށުން ރަނގަޅު ކޮށްފި
13 ޖޫން 2026

ރޭޕުގެ ދައުވާ އޮތުމުން، ޕާޓޭ އަށް ވިސާ ނުދޭން ކެނެޑާ އިން ނިންމައިފި

13 ޖޫން 2026
ރޭޕުގެ ދައުވާ އޮތުމުން، ޕާޓޭ އަށް ވިސާ ނުދޭން ކެނެޑާ އިން ނިންމައިފި
13 ޖޫން 2026

ޕެރަގުއޭ ބަލިކޮށް، އެމެރިކާ އަށް ވަރުގަދަ ފެށުމެއް

13 ޖޫން 2026
ޕެރަގުއޭ ބަލިކޮށް، އެމެރިކާ އަށް ވަރުގަދަ ފެށުމެއް
13 ޖޫން 2026

ފަހަތުން އަރައި ކެނެޑާ އިން ބޮސްނިއާއާ އެއްވަރު ކޮށްފި

13 ޖޫން 2026
ފަހަތުން އަރައި ކެނެޑާ އިން ބޮސްނިއާއާ އެއްވަރު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު