Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި

އެމެރިކާގެ ޕްރޮސެކިއުޓަރުން ހާމަ ކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ، މުސްޠަފާ ސާލިކް އަދި އިރްފާން ކަމާލް ނަމަކަށް ކިޔާ ދެ މީހުންގެ މައްޗަށް. އެ ހާދިސާގައި މި ދެ މީހުން ވަނީ އިންގްލެންޑު ޓީމުގެ 18،000 އެމެރިކާ ޑޮލަރުގެ އަގުހުރި ސާމާނު ތަކެއް ވަގަށް ނަގާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2026 | އާދީއްތަ 09:58
ވޯލްޑް ކަޕްގެ މެޗު ތަކަށް ތައްޔާރު ވުމުގެ ގޮތުން އިންގްލެންޑުގެ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުން ތަކުގެ ތެރެއިން.

ވޯލްޑް ކަޕްގެ މެޗު ތަކަށް ތައްޔާރު ވުމުގެ ގޮތުން އިންގްލެންޑުގެ ޓީމުން ކުރިއަށް ގެންދިޔަ ފަރިތަކުރުން ތަކުގެ ތެރެއިން. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގައި ވާދަ ކުރާ އިންގްލެންޑުގެ ޤައުމީ ޓީމުގެ ސާމާނު ތަކެއް ވަގަށް ނެގި މައްސަލައިގައި، ދެ މީހެއްގެ މައްޗަށް ދައުވާ އުފުލައިފި އެވެ. 

އެމެރިކާގެ ޕްރޮސެކިއުޓަރުން ހާމަ ކޮށްފައިވާ ގޮތުގައި މި މައްސަލައިގައި ދައުވާ ކޮށްފައި ވަނީ، މުސްޠަފާ ސާލިކް އަދި އިރްފާން ކަމާލް ނަމަކަށް ކިޔާ ދެ މީހުންގެ މައްޗަށެވެ. އެ ހާދިސާގައި މި ދެ މީހުން ވަނީ އިންގްލެންޑު ޓީމުގެ 18،000 އެމެރިކާ ޑޮލަރުގެ އަގުހުރި ސާމާނު ތަކެއް ވަގަށް ނަގައިފަ އެވެ. 

ޖެކްސަން ކައުންޓީގެ ޕްރޮސެކިއުޓަރު މެލީސާ ޖޯންސަންގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، މި ދެ މީހުންގެ މައްޗަށް އުފުލާފައި ވަނީ ވަގަށް ނަގާފައިވާ މުދާ ގެންގުޅުމުގެ ކުށުގެ ދައުވާ ކަމަށެވެ. މިސޫރީގެ ގާނޫނުތައް ބުނާ ގޮތުން މި ކުށުގެ އަދަބެއްގެ ގޮތުން ހަތް އަހަރާ ހަމައަށް ޖަލަށްލުން ހިމެނެ އެވެ. މި ތަކެތި ވަގަށް ނަގާފައި ވަނީ އެމެރިކާގެ ފްލޮރިޑާގައި އޮތް އިންގްލެންޑްގެ ޓްރެއިނިން ކޭމްޕް އިން ކެންސަސް ސިޓީގައި ހުންނަ އެ ޓީމުގެ ބޭސް އަށް ސާމާނުތައް އުފުލި އުޅަނދު ތަކުންނެވެ.

ޕްރޮސެކިއުޓަރު ޖޯންސަން ވިދާޅުވީ ވޯލްޑް ކަޕަށް ޒިޔާރަތް ކުރާ ފަރާތްތަކާއި، މުބާރާތުގައި ވާދަކުރާ ބައިނަލްއަގުވާމީ ޓީމު ތަކަށް އަމާޒުކޮށް ހިންގާ އެއްވެސް ޖިނާއީ އަމަލަކަށް ޖެކްސަން ކައުންޓީ އިން ފުރުސަތު ނުދޭނެ ކަމަށެވެ. އަދި ކެންސަސް ސިޓީގެ ފުލުހުންނާއި އެ އޮފީހުގެ ވަކީލުން މި މައްސަލަ އަވަހަށް ތަހުގީގުކޮށް، ދައުވާ އުފުލުމަށް ކުރި މަސައްކަތަށް އޭނާ ޝުކުރު އަދާ ކުރެއްވި އެވެ. ކެންސަސް ސިޓީގެ މޭޔަރު ކުއިންޓަން ލޫކަސް ވެސް ވަނީ އެކި ސްޓޭޓްތަކާ ގުޅިގެން ހިންގި މި ތަހުގީގު ކާމިޔާބުކަމާ އެކު ނިންމާލުމުން ފުލުހުންނަށް ތައުރީފު ކުރައްވާފައި އެވެ.

މި ހާދިސާއާ ގުޅިގެން އިންގްލެންޑުގެ ރިޒާވް ގޯލްކީޕަރު ޑީން ހެންޑަސަން ބުނީ، އޭނާގެ ބޫޓުތައް މިހާރު ލިބިފައިވާ ކަމަށާއި، ވަގަށް ނެގި ގިނަ ސާމާނުތައް މިހާރު ފެނިފައިވާ ކަމަށެވެ. ކްރިސްޓަލް ޕެލަސް އަށް ކުޅެމުން އަންނަ ކީޕަރު މިހެން ބުނީ، ސްވޯޕް ސޮކާ ވިލެޖުގައި އިންގްލެންޑުން ކުރިއަށް ގެންދިޔަ ފުރަތަމަ ތަމްރީނު ސެޝަނަށް ފަހުގައި އެވެ. އޭނާ ބުނި ގޮތުގައި ވަގަށް ނެގި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް މިހާރު ވަނީ އަނބުރާ ލިބިފައި އެވެ.

ތޯމަސް ޓުޗެލްގެ އިރުޝާދުގެ ދަށުން ކުޅޭ އިންގްލެންޑު ޓީމަކީ މިފަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ޓީމު ތަކުގެ ތެރޭގައި ހިމެނޭ ޓީމެކެވެ.

ފީފާ ވާރލްޑް ކަޕް 2026އިންގްލެންޑުގެ ގައުމީ ޓީމުއެމެރިކާ

އިތުރަށް ކިޔާލަން

14 ޖޫން 2026

ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ: ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޓްރޫޑޯ

14 ޖޫން 2026
ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ: ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޓްރޫޑޯ
14 ޖޫން 2026

ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ

14 ޖޫން 2026
ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ
14 ޖޫން 2026

އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ

14 ޖޫން 2026
އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ
14 ޖޫން 2026

ތުރުކީ ބަލިކޮށް، އޮސްޓްރޭލިއާ އިން ފެށުން ރަނގަޅު ކޮށްފި

14 ޖޫން 2026
ތުރުކީ ބަލިކޮށް، އޮސްޓްރޭލިއާ އިން ފެށުން ރަނގަޅު ކޮށްފި
13 ޖޫން 2026

ރޭޕުގެ ދައުވާ އޮތުމުން، ޕާޓޭ އަށް ވިސާ ނުދޭން ކެނެޑާ އިން ނިންމައިފި

13 ޖޫން 2026
ރޭޕުގެ ދައުވާ އޮތުމުން، ޕާޓޭ އަށް ވިސާ ނުދޭން ކެނެޑާ އިން ނިންމައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު