Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ: ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޓްރޫޑޯ

އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރޫޑޯ ވިދާޅުވީ، ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ ޙާލަތްތައް އަންނާނެ ކަމަށް. އެހެން ނަމަވެސް، ވޯލްޑް ކަޕްގަައި އޭނާ ސަޕޯޓު ކުރަނީ ކޮން ޤައުމަކަށްކަން އެންމެނަށް ވެސް އިނގޭނެ ކަމަށް ވިދާޅުވެ، ޓްރޫޑޯ ވަނީ ކެނެޑާގެ ދިދަ އެ ޕޯސްޓުގައި ހިމަނުއްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2026 | އާދީއްތަ 09:56
ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އޭނާގެ ލޯބިވެރިޔާ ކޭޓީ ޕެރީ.

ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ އާއި އޭނާގެ ލޯބިވެރިޔާ ކޭޓީ ޕެރީ. | ރޮއިޓާސް

އަމިއްލަ ޤައުމަށް ވުރެ ލޯބި އިސް ކުރި ކަމަށް ބުނެ އަމާޒު ވަމުން އަންނަ ފާޑު ކިޔުން ތަކަށް ކެނެޑާގެ ކުރީގެ ބޮޑު ވަޒީރު ޖަސްޓިން ޓްރޫޑޯ ރައްދު ދެއްވައިފި އެވެ.

ޓްރޫޑޫ މިހެން ވިދާޅުވެފައި ވަނީ އެމެރިކާ އާއި ކެނެޑާ އަދި މެކްސިކޯގައި ކުރިއަށްދާ މުބާރާތުގައި، ކެނެޑާ އިން ކުޅުނު ފުރަތަމަ މެޗު ބައްލަވަން ވަޑައި ނުގެން، އެމެރިކާ އާއި ޕެރަގުއޭ ބައްދަލު ކުރި މެޗު ބައްލަވަން ވަޑައިގެންނެވުމުން ގިނަ ބަޔަކު ފާޑު ކިޔަމުން އަންނަ ވަގުތެއްގައި އެވެ.

އެމެރިކާގެ ކެލަފޯނިއާގައި އެމެރިކާ އާއި ޕެރަގުއޭ ބައްދަލު ކުރި މެޗު ބައްލަވަން ޓްރޫޑޯ ވަޑައިގެންނެވީ، އެ މެޗު ފެށުމުގެ ކުރިން އޮތް ރަސްމިއްޔާތުގައި ޓްރޫޑޯގެ ލޯބެރިޔާ ކޭޓީ ޕެރީ ބައިވެރިވާތީ އެވެ. އެ މެޗުގެ ކުރިން އޮތް ރަސްމިއްޔާތުގައި ކޭޓީ ޕެރީ ޕާފޮމަންސް ކުރިއިރު، އެއަށް ފަހު ދެ މީހުން ވަނީ ދަނޑުގެ ވީއައިޕީ ބޮކޮސްގައި މެޗު ބައްލަވަން މަޑު ކުރައްވައިފަ އެވެ.

ކެނެޑާ އާއި ބޮސްނިއާ ބައްދަލު ކުރި މެޗު އެއްވަރުވީއިރު، އެ މެޗު ބައްލަވަން ވަޑައިގެންނެވުމުގެ ބަދަލުގައި ލޯބިވެރިޔާގެ ޕާފޮމަންސް ބައްލަވަން ޓްރޫޑޯ ވަޑައިގެންނެވުމުން އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑު ކިޔަމުންނެވެ. އެގޮތުން ޤައުމަށް ވުރެ، ލޯބި އިސް ކުރީ ކަމުގައި ގިނަ ބަޔަކު ބުނަމުން ގެންދެ އެވެ. 

އެކަމަށް ރައްދު ދެއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޓްރޫޑޯ ވިދާޅުވީ، ބައެއް ފަހަރު ސަޕޯޓިވް ލޯބިވެރިޔެއްގެ ޒިންމާ ވެސް އަދާ ކުރަން ޖެހޭ ޙާލަތްތައް އަންނާނެ ކަމަށެވެ. އެހެން ނަމަވެސް، ވޯލްޑް ކަޕްގަައި އޭނާ ސަޕޯޓު ކުރަނީ ކޮން ޤައުމަކަށްކަން އެންމެނަށް ވެސް އިނގޭނެ ކަމަށް ވިދާޅުވެ، ޓްރޫޑޯ ވަނީ ކެނެޑާގެ ދިދަ އެ ޕޯސްޓުގައި ހިމަނުއްވައިފަ އެވެ. 

އުމުރުން 54 އަހަރުގެ ޓްރޫޑޯ ވަނީ، 2015 ވަނަ އަހަރުން ފެށިގެން، 2025 ވަނަ އަހަރާ ހަމައަށް ކެނެޑާގެ ބޯޑު ވަޒީރުކަން ކުރައްވައިފަ އެވެ. ބޮޑު ވަޒީރު ކަމުގެ މަގާމުން ޓްރޫޑޯ އިސްތިއުފާ ދެއްވާފައި ވަނީ 2025 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި އެވެ. ޓްރޫޑޯ އާއި ކޭޓީ ޕެރީ  ލޯބީގެ ގޮތުން ގުޅިފައި ވަނީ ވެސް 2025 ވަނަ އަހަރު އެވެ. 

ފީފާ ވާރލްޑް ކަޕް 2026ކެނެޑާ ޤައުމީ ފުޓުބޯޅަ ޓީމު ޖަސްޓިން ޓްރޫޑޯ

އިތުރަށް ކިޔާލަން

14 ޖޫން 2026

ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ

14 ޖޫން 2026
ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ
14 ޖޫން 2026

އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ

14 ޖޫން 2026
އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ
14 ޖޫން 2026

ތުރުކީ ބަލިކޮށް، އޮސްޓްރޭލިއާ އިން ފެށުން ރަނގަޅު ކޮށްފި

14 ޖޫން 2026
ތުރުކީ ބަލިކޮށް، އޮސްޓްރޭލިއާ އިން ފެށުން ރަނގަޅު ކޮށްފި
13 ޖޫން 2026

ރޭޕުގެ ދައުވާ އޮތުމުން، ޕާޓޭ އަށް ވިސާ ނުދޭން ކެނެޑާ އިން ނިންމައިފި

13 ޖޫން 2026
ރޭޕުގެ ދައުވާ އޮތުމުން، ޕާޓޭ އަށް ވިސާ ނުދޭން ކެނެޑާ އިން ނިންމައިފި
13 ޖޫން 2026

ޕެރަގުއޭ ބަލިކޮށް، އެމެރިކާ އަށް ވަރުގަދަ ފެށުމެއް

13 ޖޫން 2026
ޕެރަގުއޭ ބަލިކޮށް، އެމެރިކާ އަށް ވަރުގަދަ ފެށުމެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު