Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ފުރަތަމަ މެޗުގެ ނަތީޖާއާ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުމެއް ނެތް: އަންޗެލޮޓީ

މީގެ އިތުރުން އަންޗެލޮޓީ ބުނީ، މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގެ ކުޅުމާއި ނަތީޖާ އަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށް. އެއާ އެކު އޭނާ ބުނީ، ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދޭނެ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2026 | އާދީއްތަ 09:55
ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ.

ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ. | ރޮއިޓާސް

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގެ ނަތީޖާ އަކީ، މުބާރާތް ކާމިޔާބު ކުރުމާ ގުޅުން އޮތް ކަމެއް ނޫން ކަމަށް ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

އަންޗެލޮޓީ މިހެން ބުނީ، މުބާރާތުގައި ބްރެޒިލްގެ ފުރަތަމަ މެޗުގައި މޮރޮކޯއާ 1-1 އިން އެއްވަރު ވުމުންނެވެ. އެ މެޗުގައި މޮރޮކޯ އިން ބްރެޒިލް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، ބްރެޒިލް އިން ނަތީޖާ ހަމަހަމަ ކުރީ ފަހަތުން އަރައިގެންނެވެ.

އަންޗެލޮޓީ ބުނީ، މުބާރާތުގައި ކުރިއަށް ހުރި މެޗު ތަކުގައި ބްރެޒިލްގެ ކުޅުން ރަނގަޅު ކުރަން ޖެހޭ ކަމަށެވެ. އަންޗެލޮޓީ ބުނީ މޮރޮކޯއާ ދެކޮޅަށް ބްރެޒިލް އަށް އެންމެ އެކަށީގެންވާ ކުޅުން ނުދެއްކުނު ކަމަށެވެ.

ބްރެޒިލްގެ ފަރާތުން މޮރޮކޯ އަށް ކުރިމަތިވީ މަދު ޗެލެންޖު ތަކެއްކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ބްރެޒިލްގެ ޓީމު ބެލެންސް ނޫން ކަމަށެވެ. ބްރެޒިލް އަތުން ވަރަށް ފަސޭހަ އިން ބޯޅަ ގެއްލޭ ކަމަށާއި، އެއަށް ވުރެ ރަނގަޅު ވާން ޖެހޭނެ ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ.

ނަމަވެސް މެޗުގެ ފުރަތަމަ ހާފަށް ފަހު، ގެނައި ބަދަލު ތަކާ އެކު ބްރެޒިލްގެ ކުޅުން ރަނގަޅުވި ކަމަށް ވެސް އަންޗެލޮޓީ ބުންޏެވެ. ނަމަވެސް، މޮރޮކޯގެ ޑިފެންސް ފޫ އަޅުވާލައި އިތުރު ލަނޑެއް ޖެހޭ ވަރު ނުވި ކަމަށް އަންޗެލޮޓީ ވަނީ ބުނެފައި އެވެ.

އެއާ އެކު އަންޗެލޮޓީ ބުނީ މެޗުގެ ނަތީޖާއާ މެދު ހިތްހަމަ ނުޖެހުމެއް ނެތް ކަމަށެވެ. އަދި ނަތީޖާއާ މެދު ހިތްހަމަ ޖެހުމެއް ވެސް ނެތް ކަމަށް އޭނާ ބުންޏެވެ. އެކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ބްރެޒިލްގެ ފުރަތަމަ 11 އަށް މުބާރާތުގެ ކުރިއަށް އޮތް ތަނުގައި ބަދަލު ތަކެއް ވެސް އަންނާނެ ކަމަށެވެ.

މީގެ އިތުރުން އަންޗެލޮޓީ ބުނީ، މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގެ ކުޅުމާއި ނަތީޖާ އަކީ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅުން ހުރި ކަމެއް ނޫން ކަމަށެވެ. އެއާ އެކު އޭނާ ބުނީ، ކުރިއަށް އޮތް ތަނުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން ރަނގަޅު ކުރުމަށް ޚާއްސަ ސަމާލު ކަމެއް ދޭނެ ކަމަށެވެ.  

ފީފާ ވާރލްޑް ކަޕް 2026ބްރެޒިލް ފުޓްބޯޅަ ޓީމުކާލޯ އަންޗެލޮޓީ

އިތުރަށް ކިޔާލަން

14 ޖޫން 2026

އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ

14 ޖޫން 2026
އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ
14 ޖޫން 2026

މިއީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހޯދަން އަހަރެން އައިސް ހުރި ފަހަރެއް ނޫން: ވިނީޝިއަސް

14 ޖޫން 2026
މިއީ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ ލަގަބު ހޯދަން އަހަރެން އައިސް ހުރި ފަހަރެއް ނޫން: ވިނީޝިއަސް
14 ޖޫން 2026

ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ބްރެޒިލުން 'ސްމާޓް ވެސްޓް' ބޭނުންކުރަނީ

14 ޖޫން 2026
ވޯލްޑް ކަޕްގެ ކާމިޔާބީ ހޯދުމަށް ބްރެޒިލުން 'ސްމާޓް ވެސްޓް' ބޭނުންކުރަނީ
14 ޖޫން 2026

ތުރުކީ ބަލިކޮށް، އޮސްޓްރޭލިއާ އިން ފެށުން ރަނގަޅު ކޮށްފި

14 ޖޫން 2026
ތުރުކީ ބަލިކޮށް، އޮސްޓްރޭލިއާ އިން ފެށުން ރަނގަޅު ކޮށްފި
14 ޖޫން 2026

މޮރޮކޯ ބްރެޒިލް އާ އެއްވަރުކޮށް ސިއްސުވާލައިފި

14 ޖޫން 2026
މޮރޮކޯ ބްރެޒިލް އާ އެއްވަރުކޮށް ސިއްސުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު