Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ތުރުކީ ބަލިކޮށް، އޮސްޓްރޭލިއާ އިން ފެށުން ރަނގަޅު ކޮށްފި

ގުރޫޕް ޑީގެ ކޮންމެ ޓީމަކުން ވެސް އެއް މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތީ އެމެރިކާ. ދެ ވަނައިގައި އޮސްޓްރޭލިއާ އޮތްއިރު، ތުރުކީ އާއި ޕެރަގުއޭ އަށް ޕޮއިންޓެއް ލިބިފައި ނުވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2026 | އާދީއްތަ 06:01
މެޗުގައި ލަނޑު ޖެހުމަށް ފަހު އޮސްޓްރޭލިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އޮސްޓްރޭލިއާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ޑީގައި ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އޮސްޓްރޭލިއާ އިން މުބާރާތުގެ ފެށުން ރަނގަޅު ކޮށްފި އެވެ.

ކެނެޑާގެ ބީސީ ޕްލޭސްގައި އާދީއްތަ ދުވަހުގެ ހެނދުނު ކުޅުނު މެޗު އޮސްޓްރޭލިއާ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އޮސްޓްރޭލިއާ އިން އެއް ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައި އެވެ.

މެޗު ފަށައިގެން ފުރަތަމަ ހާފުގެ 27 ވަނަ މިނެޓުގައި އޮސްޓްރޭލިއާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އޮސްޓްރޭލިއާ އަށް ޖަހައިދިނީ ނެސްޓޮރީ އިރަކުންޑާ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޕައުލް އޮކޮން އެންސްލާ އެވެ.

އޭގެ ފަހުން ވެސް މެޗުގައި އޮސްޓްރޭލިއާ އިން ވަނީ ރަނގަޅަށް ކުޅެ، އިތުރު ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. މެޗުގެ ދެ ވަނަ ހާފުގެ 75 ވަނަ މިނެޓުގައި އޮސްޓްރޭލިއާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ކޯނޯ މެޓްކާފް އެވެ. 

ގުރޫޕް ޑީގެ ކޮންމެ ޓީމަކުން ވެސް އެއް މެޗު ކުޅެފައިވާއިރު، އެއް ވަނައިގައި އޮތީ އެމެރިކާ އެވެ. ދެ ވަނައިގައި އޮސްޓްރޭލިއާ އޮތްއިރު، ތުރުކީ އާއި ޕެރަގުއޭ އަށް ޕޮއިންޓެއް ލިބިފައި ނުވެ އެވެ. ގުރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާގެ ދެ ވަަނަ މެޗުގައި ނިކުންނާނީ އެމެރިކާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ނިކުންނާނީ ޕެރަގުއޭއާ ދެކޮޅަށެވެ.

ފީފާ ވާރލްޑް ކަޕް 2026އޮސްޓްރޭލިއާ ޤައުމީ ފުޓުބޯޅަ ޓީމުތުރުކީ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

13 ޖޫން 2026

ރޭޕުގެ ދައުވާ އޮތުމުން، ޕާޓޭ އަށް ވިސާ ނުދޭން ކެނެޑާ އިން ނިންމައިފި

13 ޖޫން 2026
ރޭޕުގެ ދައުވާ އޮތުމުން، ޕާޓޭ އަށް ވިސާ ނުދޭން ކެނެޑާ އިން ނިންމައިފި
13 ޖޫން 2026

ޕެރަގުއޭ ބަލިކޮށް، އެމެރިކާ އަށް ވަރުގަދަ ފެށުމެއް

13 ޖޫން 2026
ޕެރަގުއޭ ބަލިކޮށް، އެމެރިކާ އަށް ވަރުގަދަ ފެށުމެއް
13 ޖޫން 2026

ފަހަތުން އަރައި ކެނެޑާ އިން ބޮސްނިއާއާ އެއްވަރު ކޮށްފި

13 ޖޫން 2026
ފަހަތުން އަރައި ކެނެޑާ އިން ބޮސްނިއާއާ އެއްވަރު ކޮށްފި
12 ޖޫން 2026

ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު

12 ޖޫން 2026
ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު
09 ޖޫން 2026

އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި

09 ޖޫން 2026
އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު