Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއް ގާއިމުކުރުމާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ދެއްވި އިންޓަވިއުއަކާ ގުޅިގެން، އެ ގައުމުގެ ހަރުކަށި ފިކުރުގެ ފަރާތްތަކުން ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކޮށް އަޑުއުފުލަމުން. މި އެއްބަސްވުމުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އޮތް ނުފޫޒު ގެއްލި، އީރާނުގެ މަސްލަހަތަށް އުނިކަން އަންނާނެ ކަމަށް ބުނެ މުޒާހަރާގެ ބައިވެރިން ދަނީ ޚާރިޖީ ވަޒީރާއި މަޖިލީހުގެ ރައީސް އިސްތިއުފާ ދިނުމަށް ގޮވާލަމުން. އެމެރިކާއާއި ޕާކިސްތާނުން މި އެއްބަސްވުމުގައި ސޮއިކުރުމަށް ބާރުއަޅަމުންދާއިރު، އީރާނު ސަރުކާރުން އަދި މިކަމުގައި ރަސްމީ ވަކި ގޮތެއް ނިންމާފައެއް ނުވޭ.

ރާއްޖެ އެމްވީ | 14 ޖޫން 2026 | އާދީއްތަ 06:08
އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ (ވ) އާއި އެ ގައުމުގެ ޕާލަމަންޓުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް.

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ (ވ) އާއި އެ ގައުމުގެ ޕާލަމަންޓުގެ ރައީސް މުޙައްމަދު ބާގިރު ގާލިބާފް. | އަލްއަރަބިއްޔާ

އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ، އެމެރިކާއާއެކު ސުލްހައިގެ އެއްބަސްވުމެއްގައި ސޮއިކުރުމާ ގުޅޭގޮތުން ޓީވީ މެދުވެރިކޮށް ދެއްވި އިންޓަވިއުއަކާ ގުޅިގެން، އީރާނުގެ އިރުއުތުރު ސިޓީއެއް ކަމަށްވާ މަޝްހަދުގައި ހުންނަ ޚާރިޖީ ވުޒާރާގެ އޮފީސް ދޮރުމަތީގައި ހޮނިހިރު ދުވަހު އެތައް ބަޔަކު މުޒާހަރާކޮށް، އޭނާއާ ދެކޮޅަށް އަޑުއުފުލައިފިއެވެ.

ފާރްސް ނިއުސް އެޖެންސީން އާންމުކޮށްފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި، ކަޅު ކުލައިގެ ބުރުގާ އަޅައިގެން ތިބި އަންހެނުންތަކެއް އެ އިމާރާތުގެ ކުރިމަތީގައި ރަތް އަދި ކަޅު ކުލައިގެ ދިދަތައް ހޫރުވަމުން، "ޚާއިނު އަރަގްޗީ މަރާލުމަށާއި، އޭނާއަކީ ބޭރުގެ ނުފޫޒު ފަތުރާ މީހެއް" ކަމަށް ބުނެ އަޑުގަދަކޮށްފައިވެއެވެ.

މި މުޒާހަރާތައް ކުރިއަށްދަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި މެދުވެރިއެއްގެ ދައުރު އަދާކުރާ ޕާކިސްތާނުން ބާރުއަޅަމުންދާ ސުލްހައިގެ އެއްބަސްވުމާ، އީރާނުގެ ހަރުކަށި ފިކުރުގެ ފަރާތްތަކުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ.

އެ ފަރާތްތަކުން ބުނާ ގޮތުގައި މި އެއްބަސްވުމަކީ އީރާނުގެ މަސްލަހަތު ހިމެނޭ ކަމެއް ނޫނެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ހުރްމުޒް ކަނޑުއޮޅީގެ މައްޗަށް އީރާނުން ބާއްވާ ނުފޫޒު ގެއްލިގެންދާނެ ކަމަށްވެސް އެފަރާތްތަކުން ދަނީ ބުނަމުންނެވެ. މީގެ އިތުރުން، މި އެއްބަސްވުން ކާމިޔާބު ކުރުމަށްޓަކައި އީރާނުގެ މަޝްވަރާވެރިން މާ ބޮޑެތި ދޫތަކެއް ދީފައިވާ ކަމަށްވެސް އެ ފަރާތްތަކުން ތުހުމަތު ކުރެއެވެ.

ހުކުރު ދުވަހު ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި އަރަގްޗީ ވިދާޅުވީ، މިހާރު ހުށަހެޅިފައިވާ އެއްބަސްވުމުގެ ދަށުން، ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އީރާނުގެ ބަނދަރުތަކަށް އެމެރިކާގެ ކަނޑުގެ ސިފައިން ކުރިމަތިކޮށްފައިވާ ހުރަސްތައް ނައްތާލުމަށް ހިމަނާފައިވާ ކަމަށެވެ.

މީގެ އިތުރުން އަރަގްޗީ ވިދާޅުވީ، ހުރްމުޒް ކަނޑުއޮޅި ބެލެހެއްޓުމުގެ ކަންކަން ކުރިއެކޭ އެއްގޮތަށް ދެން ކުރިއަށް ނުދާނެ ކަމަށާއި، އެ ސަރަހައްދަކީ އީރާނުގެ ދިފާއީ ބާރު ދައްކުވައިދޭ އެންމެ މުހިންމު އެއް ވަސީލަތް ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އަދި އޭއެފްޕީ ނިއުސް އެޖެންސީއަށް މިހާތަނަށް ކަށަވަރު ކުރެވިފައި ނުވާ އެހެން ވީޑިއޯތަކުން ފެންނަ ގޮތުގައި، ތެހެރާންގައި ހުންނަ ޚާރިޖީ ވުޒާރާގެ އިމާރާތް ކުރިމަތީގައި ތިބި މީހުން ދަނީ އަރަގްޗީގެ އިތުރުން، މަޖިލީހުގެ ރައީސް އަދި އިސް މަޝްވަރާވެރިޔާ މުޙައްމަދު ބާގިރު ގާލިބާފް އިސްތިއުފާ ދިނުމަށް ގޮވާލަމުންނެވެ.

ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މި އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރެވިދާނެ ކަމަށް ޑޮނަލްޑް ޓްރަމްޕާއި ޕާކިސްތާނުން ހޮނިހިރު ދުވަހު ބުނެފައިވީ ނަމަވެސް، އީރާނުން ވަނީ އެއްބަސްވުމުގައި ސޮއިކުރާނެ ވަގުތަކާ މެދު ވަރަށް ބޮޑަށް ސަމާލުވެ، ރަސްމީކޮށް ވަކި އެއްޗެއް ބުނަން ދެކޮޅު ހަދާފައެވެ.

އައްބާސް އަރަގްޗީއީރާން-އެމެރިކާޑޮނަލްޑް ޓްރަމްޕްހުރްމުޒް ކަނޑުއޮޅިމުހައްމަދު ބާގިރު ގަލިބާފް

އިތުރަށް ކިޔާލަން

14 ޖޫން 2026

ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟

14 ޖޫން 2026
ރަނުގެ އަގު ދަށަށް ދަނީ ކީއްވެ؟
14 ޖޫން 2026

"ނަތަންޔާހޫ އަށް ނާކާމިޔާބުވެ" އީރާނާއި އެމެރިކާއާ ދެމެދު ވެވޭ އެއްބަސްވުމުގެ ސަބަބުން އިޒްރޭލުގެ ހަނގުރާމައިގެ މަގްސަދުތައް ހާސިލްނުވާނެ: ލެޕިޑް

14 ޖޫން 2026
"ނަތަންޔާހޫ އަށް ނާކާމިޔާބުވެ" އީރާނާއި އެމެރިކާއާ ދެމެދު ވެވޭ އެއްބަސްވުމުގެ ސަބަބުން އިޒްރޭލުގެ ހަނގުރާމައިގެ މަގްސަދުތައް ހާސިލްނުވާނެ: ލެޕިޑް
14 ޖޫން 2026

ޓްރަމްޕް: އީރާނާ އެކު ސުލްހައިގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނަން

14 ޖޫން 2026
ޓްރަމްޕް: އީރާނާ އެކު ސުލްހައިގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނަން
13 ޖޫން 2026

އިސްލާމްއާބާދު މެމޮރެންޑަމްގައި އާދީއްތަ ދުވަހު ސޮއިނުކުރާނެ: އީރާން

13 ޖޫން 2026
އިސްލާމްއާބާދު މެމޮރެންޑަމްގައި އާދީއްތަ ދުވަހު ސޮއިނުކުރާނެ: އީރާން
13 ޖޫން 2026

އީރާނާއި އެމެރިކާގެ ސުލްހައިގެ އެއްބަސްވުން 24 ގަޑިއިރުތެރޭ ފައިނަލްވެ ނިމޭނެ

13 ޖޫން 2026
އީރާނާއި އެމެރިކާގެ ސުލްހައިގެ އެއްބަސްވުން 24 ގަޑިއިރުތެރޭ ފައިނަލްވެ ނިމޭނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު