Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

"ނަތަންޔާހޫ އަށް ނާކާމިޔާބުވެ" އީރާނާއި އެމެރިކާއާ ދެމެދު ވެވޭ އެއްބަސްވުމުގެ ސަބަބުން އިޒްރޭލުގެ ހަނގުރާމައިގެ މަގްސަދުތައް ހާސިލްނުވާނެ: ލެޕިޑް

އީރާނާއި އެމެރިކާއާ ދެމެދު އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އިޒްރޭލުގެ ހަނގުރާމައިގެ މަގްސަދުތައް ހާސިލްނުވާނެ ކަމަށް ބުނެ އިދިކޮޅު ލީޑަރު ޔައީރު ލެޕިޑް، ބޮޑުވަޒީރު ނަތަންޔާހޫއަށް ވަރަށް ބޮޑަށް ފާޑުކިޔައިފި. ލެޕިޑް ފާހަގަކުރި ގޮތުގައި މި ނިންމުމަކީ ނަތަންޔާހޫއަށް ކުރިމަތިވި ސިޔާސީ ނާކާމިޔާބީއެއް ކަމަށާއި، މީގެ ސަބަބުން އީރާނުގެ މިސައިލް ޕްރޮގްރާމަށް އެއްވެސް ހުރަހެއް ނޭޅޭނެ. އީރާނުން ދިން ވަރުގަދަ ރައްދު ހަމަލާތަކާއި ހުރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން އިޒްރޭލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ވެސް އޭނާ ފާހަގަކުރި.

ރާއްޖެ އެމްވީ | 14 ޖޫން 2026 | އާދީއްތަ 03:30
އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރު އެ ގައުމުގެ އިދިކޮޅު ލީޑަރު ޔައީރު ލެޕިޑް.

އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރު އެ ގައުމުގެ އިދިކޮޅު ލީޑަރު ޔައީރު ލެޕިޑް. | ގެޓީ އިމޭޖަސް

އީރާނާއި އެމެރިކާއާ ދެމެދު ވެވޭ ސުލްހައިގެ އެއްބަސްވުމުގެ ސަބަބުން، އިޒްރޭލުގެ ސަރުކާރުން ކަނޑައަޅާފައިވާ ހަނގުރާމައިގެ މަގްސަދުތައް ހާސިލްނުވާނެ ކަމަށް އިޒްރޭލުގެ ކުރީގެ ބޮޑުވަޒީރު އަދި މިހާރުގެ އިދިކޮޅު ސިޔާސީ ލީޑަރު ޔައީރު ލެޕިޑް ބުނެފިއެވެ.

ހޮނިހިރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ލެޕިޑް ބުނީ، މިފަދަ އިންތިޒާމެއް ހަމަޖެހިއްޖެ ނަމަ، އީރާނުގެ މިހާރުގެ ސަރުކާރު ދެމިއޮންނާނެ ކަމަށާއި، އަދި އިސްލާމީ ޖުމްހޫރިއްޔާގެ މިސައިލް ޕްރޮގްރާމަށް ވެސް އެއްވެސް ބަދަލެއް ނައިސް ކުރިއަށްދާނެ ކަމަށެވެ.

ލެޕިޑް މިހެން ބުނެފައިވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަން ނިމުމަކަށް ގެނައުމަށްޓަކައި، ތެހެރާނާއި ވޮޝިންޓަނާ ދެމެދު ކައިރި މުސްތަގުބަލެއްގައި ފަހުމުނާމާއެއްގައި ސޮއިކޮށްފާނެ ކަމަށް ބެލެވޭ ދަނޑިވަޅެއްގައެވެ. މި ފަހުމުނާމާގައި ސޮއިކޮށްފި ނަމަ، އޭގެ ފަހުން ދެ ގައުމުގެ ދެމެދުގައި ރަސްމީ އެއްބަސްވުމެއް ގާއިމުކުރެވޭނެއެވެ.

ފެބްރުއަރީ 27 ގައި ދިން ހަމަލާތަކާއި، މިދިޔަ ޖޫން މަހު ދިން ހަމަލާތަކަކީ ވެސް އިޒްރޭލުގެ ބާރުއެޅުމުގެ މަތިން ދީފައިވާ ހަމަލާތަކެއް ކަމަށް ގިނަ ރިޕޯޓުތަކެއް ބުނެއެވެ.

އީރާނުން ދިން ވަރުގަދަ ރައްދު ހަމަލާތަކާ ގުޅިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމިއްލަފުޅަށް ހަނގުރާމަ ހުއްޓާލުމަށް އިއުލާން ކުރެއްވިތާ އެއްދުވަސް ފަހުން، އޭޕްރީލް 8 ވަނަ ދުވަހު ވެސް ލެޕިޑް ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އޭނާ އެދުވަހު ބުނީ އެ ނިންމުމަކީ ނަތަންޔާހޫއަށް ކުރިމަތިވި "ސިޔާސީ ކާރިސާއެއް" ކަމަށެވެ.

އޭނާ އިތުރަށް ބުނެފައިވަނީ، އިޒްރޭލުގެ ސަލާމަތީ ކަންކަމާ ގުޅޭ އެންމެ މުހިންމު ނިންމުންތައް ނިންމި އިރު، ތެލް އަވީވް އޮތީ އެ މަޝްވަރާގެ މޭޒުދޮށުގައި ވެސް ނޫން ކަމަށެވެ.

މީގެ އިތުރުން، ނަތަންޔާހޫ އަމިއްލައަށް ކަނޑައެޅި މަގްސަދުތަކުގެ ތެރެއިން އެންމެ މަގްސަދެއް ވެސް ހާސިލްކުރުމުގައި އޭނާ ސިޔާސީ ގޮތުންނާއި ސްޓްރެޓެޖިކް ގޮތުން ނާކާމިޔާބުވެފައިވާ ކަމަށް ލެޕިޑް ފާހަގަކުރިއެވެ.

އީރާނާ ދެކޮޅަށް ކުރިން ކުރެވުނު ހަނގުރާމަތަކެކޭ އެއްފަދައިން، މިފަހަރުގެ ހަނގުރާމައިގައި ވެސް އީރާނުގެ ސަލާމަތީ ބާރުތަކުން ވަނީ އެ ސަރަހައްދުގައި ހުރި އެމެރިކާ އާއި އިޒްރޭލުގެ ނާޒުކު އަދި މުހިންމު އަމާޒުފަތްތަކަށް ވަރުގަދަ ރައްދު ހަމަލާތަކެއް ދީފައެވެ.

މި ރައްދު ހަމަލާތައް 100 އަށްވުރެ ގިނަ ފަހަރު ދީފައިވާއިރު، ކޮންމެ ހަމަލާއަކާއެކު އިޒްރޭލުގެ މިލިއަނަކަށްވުރެ ގިނަ ވަޒަންވެރިން ރައްކާތެރިކަން ހޯދުމަށް ބަންކަރުތަކަށް ވަންނަން ޖެހުނެވެ. އަދި އިޒްރޭލުން ހިފާފައިވާ ބިންތަކަށް ލިބުނު ބޮޑެތި ގެއްލުންތަކުގެ ފޮޓޯ އާއި ވީޑިއޯތައް ވަނީ އާންމުވެފައެވެ.

މީގެ އިތުރުން، އީރާނަށް ދިން ގާނޫނާ ޚިލާފު ހަމަލާތަކުގެ ބަދަލުހިފުމެއްގެ ގޮތުން، ތެހެރާނުން ވަނީ ދަތުރުފަތުރުގައި މުހިންމު ހުރުމުޒް ކަނޑުއޮޅި ދުޝްމަނުންނާއި އެމީހުންގެ ބައިވެރިންނަށް ބަންދުކޮށްފައެވެ. މި ނިންމުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑު ލޮޅުމެއް އެރިއެވެ.

އީރާން-އެމެރިކާޔައިރު ލަޕިޑްހުރްމުޒް ކަނޑުއޮޅިއެމެރިކާ-އީރާން-އިޒްރޭލް

އިތުރަށް ކިޔާލަން

14 ޖޫން 2026

ޓްރަމްޕް: އީރާނާ އެކު ސުލްހައިގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނަން

14 ޖޫން 2026
ޓްރަމްޕް: އީރާނާ އެކު ސުލްހައިގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނަން
13 ޖޫން 2026

އިސްލާމްއާބާދު މެމޮރެންޑަމްގައި އާދީއްތަ ދުވަހު ސޮއިނުކުރާނެ: އީރާން

13 ޖޫން 2026
އިސްލާމްއާބާދު މެމޮރެންޑަމްގައި އާދީއްތަ ދުވަހު ސޮއިނުކުރާނެ: އީރާން
13 ޖޫން 2026

އީރާނާއި އެމެރިކާގެ ސުލްހައިގެ އެއްބަސްވުން 24 ގަޑިއިރުތެރޭ ފައިނަލްވެ ނިމޭނެ

13 ޖޫން 2026
އީރާނާއި އެމެރިކާގެ ސުލްހައިގެ އެއްބަސްވުން 24 ގަޑިއިރުތެރޭ ފައިނަލްވެ ނިމޭނެ
13 ޖޫން 2026

ދޮގާއި މަކަރު ހެދުމާއި ފުށުއަރާ ސިޔާސަތުތައް ތަކުރާރު ކުރުން ހުއްޓާލުމަށް އީރާނުން އެމެރިކާ އަށް ގޮވާލައިފި

13 ޖޫން 2026
ދޮގާއި މަކަރު ހެދުމާއި ފުށުއަރާ ސިޔާސަތުތައް ތަކުރާރު ކުރުން ހުއްޓާލުމަށް އީރާނުން އެމެރިކާ އަށް ގޮވާލައިފި
13 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރި އީރާންގެ ޑްރޯން ތަކެއް އެމެރިކާ އިން ވައްޓާލައިފި

13 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރި އީރާންގެ ޑްރޯން ތަކެއް އެމެރިކާ އިން ވައްޓާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު