Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕް: އީރާނާ އެކު ސުލްހައިގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނަން

އީރާނުގެ ނިއުކްލިއާ މާއްދާތައް އެމެރިކާގެ ބާރުގެ ދަށަށް ގެނެސް ނައްތާލާނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވާއިރު، އެއްބަސްވުމާ އެއްގޮތަށް އަމަލުނުކޮށްފިނަމަ ވަރުގަދަ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ އިންޒާރުވެސް އޭނާ ވަނީ ދެއްވާފައި. ނަމަވެސް އާދީއްތަ ދުވަހު އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވި ވާހަކަ އީރާނުގެ ފޮރިން މިނިސްޓްރީން ވަނީ ދޮގުކޮށްފައި. މި މަރުހަލާ އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށާއި، މިއީ މެދުއިރުމަތީގެ ގައުމުތަކާއެކު ގުޅިގެން މަސައްކަތް ކުރުމަށް ލިބޭ ފުރުސަތެއް ކަމަށްވެސް ޓްރަމްޕް ފާހަގަކުރެއްވި.

ރާއްޖެ އެމްވީ | 14 ޖޫން 2026 | އާދީއްތަ 03:17
2026 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު، ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާވަޑައިގަތުމަށްޓަކައި އެއާ ފޯސް ވަން އަށް އަރާވަޑައިގަތުމުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަނީ.

2026 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު، ނިއުޔޯކްގެ ޖޯން އެފް ކެނެޑީ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާވަޑައިގަތުމަށްޓަކައި އެއާ ފޯސް ވަން އަށް އަރާވަޑައިގަތުމުގެ ކުރިން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނޫސްވެރިންނާ ވާހަކަދައްކަވަނީ. | ގެޓީ އިމޭޖަސް

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމަށްޓަކައި ގިނަ ދުވަސްތަކެއް ވަންދެން މަޝްވަރާކުރެވުނު އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނެ ކަމަށާއި، މީގެ ސަބަބުން ސްޓްރެޓެޖިކް ގޮތުން މުހިންމު ހުރްމުޒް ކަނޑުއޮޅި ހުޅުވިގެންދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ޓްރަމްޕްގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ކަމަށްވާ "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާދިއްތަ ދުވަހުގެ ވަގުތެއްގައި އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކުރެވިފައިވާ ކަމަށާއި، ސޮއިކޮށް ނިމުމާއެކު ހުރްމުޒް ކަނޑުއޮޅި ހުރިހާ ފަރާތްތަކަކަށް ހުޅުވިގެންދާނެ ކަމަށެވެ.

ނަމަވެސް ޓްރަމްޕްގެ މި ވާހަކަތަކާ އީރާނުގެ ފޮރިން މިނިސްޓްރީން ދެއްކި ވާހަކަތަކާ ފުށުއަރައެވެ. އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ފޮރިން މިނިސްޓްރީން ހޮނިހިރު ދުވަހުގެ ކުރީކޮޅު ބުނެފައިވަނީ އާދީއްތަ ދުވަހު އެއްބަސްވުމުގައި ސޮއިނުކުރާނެ ކަމަށެވެ.

ޓްރަމްޕް ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ، އީރާނުން މުއްސަނދިކޮށްފައިވާ ޔުރޭނިއަމްގެ ރިޒާވް އެމެރިކާގެ ބާރުގެ ދަށަށް ގެނެސް، އެ ތަކެތި ނައްތާލާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ޓްރަމްޕް ވިދާޅުވީ، މަސްލަހަތު ފިނިވެ ހަމައަކަށް އެޅުމުން، ވަރުގަދަ ގްރެނައިޓް ފަރުބަދަތަކުގެ އަޑީގައި ފޮރުވާފައިވާ ނިއުކްލިއާ މާއްދާތައް ނެގުމަށް އެމެރިކާއިން ދާނެ ކަމަށެވެ. އަދި އެމެރިކާގެ ބީ-2 ބޮމްބާ މަތިންދާބޯޓުތަކާއި ކުޅަދާނަ ޕައިލެޓުންގެ އެހީގައި އެ ތަކެތި ނެގުމަށްފަހު، އީރާނުގައި ނުވަތަ އެމެރިކާގައި ނަމަވެސް އެ ތަކެތީގެ ބާރު ކަނޑުވާލައި ނައްތާލާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން އީރާނާއި މެދުއިރުމަތީގެ ހުރިހާ ގައުމުތަކާއެކު ކުރިމަގުގައި މަސައްކަތް ކުރުމަށް އުންމީދު ކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

އެހެންނަމަވެސް، ޓްރަމްޕްގެ މި ޕޯސްޓުގައި އީރާނަށް އިންޒާރެއްވެސް ދީފައިވެއެވެ. އެގޮތުން އެއްބަސްވުމުގައިވާ ކަންކަން ފުރިހަމައަށް ތަންފީޒު ނުކޮށްފިނަމަ، އޭގެ ނަތީޖާ ހިތިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ލިޔުއްވާފައިވާ ގޮތުގައި، މި މަރުހަލާ އަވަހަށް، ފަސޭހަކަމާއެކު އަދި އޮމާންކަމާއެކު ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އެކަން އެގޮތަށް ނުވެއްޖެނަމަ، އެމެރިކާގެ އަތުގައި އެންމެ ފަހުގެ ހަތިޔާރު ނުވަތަ ގޮތްތައް އެބަހުރި ކަމަށާއި، އެއީ ދެވަނަ ފަހަރަށް ބޭނުންކުރަން ނުޖެހޭނެ ފަދަ ވަރުގަދަ ފިޔަވަޅުތަކެއް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

މި އެއްބަސްވުމުގެ މަޝްވަރާތައް ކުރިއަށްދިޔަ މުޅި މުއްދަތުގައިވެސް، ޔުރޭނިއަމް މުއްސަނދިކުރުމަކީ އީރާނަށް ލިބިގެންވާ ހައްގެއް ކަމަށް ބުނެ އެ ގައުމުން ވަނީ އެކަމަށް ވަކާލާތުކޮށްފައެވެ.

އީރާން-އެމެރިކާހުރްމުޒް ކަނޑުއޮޅިޔުރޭނިއަމް އެންރިޗްމަންޓްމެދު އިރުމަތިއީރާން ނިއުކްލިއަރ ޕްރޮގްރާމް

އިތުރަށް ކިޔާލަން

13 ޖޫން 2026

އިސްލާމްއާބާދު މެމޮރެންޑަމްގައި އާދީއްތަ ދުވަހު ސޮއިނުކުރާނެ: އީރާން

13 ޖޫން 2026
އިސްލާމްއާބާދު މެމޮރެންޑަމްގައި އާދީއްތަ ދުވަހު ސޮއިނުކުރާނެ: އީރާން
13 ޖޫން 2026

އީރާނާއި އެމެރިކާގެ ސުލްހައިގެ އެއްބަސްވުން 24 ގަޑިއިރުތެރޭ ފައިނަލްވެ ނިމޭނެ

13 ޖޫން 2026
އީރާނާއި އެމެރިކާގެ ސުލްހައިގެ އެއްބަސްވުން 24 ގަޑިއިރުތެރޭ ފައިނަލްވެ ނިމޭނެ
13 ޖޫން 2026

ދޮގާއި މަކަރު ހެދުމާއި ފުށުއަރާ ސިޔާސަތުތައް ތަކުރާރު ކުރުން ހުއްޓާލުމަށް އީރާނުން އެމެރިކާ އަށް ގޮވާލައިފި

13 ޖޫން 2026
ދޮގާއި މަކަރު ހެދުމާއި ފުށުއަރާ ސިޔާސަތުތައް ތަކުރާރު ކުރުން ހުއްޓާލުމަށް އީރާނުން އެމެރިކާ އަށް ގޮވާލައިފި
13 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރި އީރާންގެ ޑްރޯން ތަކެއް އެމެރިކާ އިން ވައްޓާލައިފި

13 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރި އީރާންގެ ޑްރޯން ތަކެއް އެމެރިކާ އިން ވައްޓާލައިފި
13 ޖޫން 2026

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި

13 ޖޫން 2026
އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު