Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރި އީރާންގެ ޑްރޯން ތަކެއް އެމެރިކާ އިން ވައްޓާލައިފި

ސެންޓްކޮމް އިން ބުނީ ހޮރްމޫޒް ކަނޑުއޮޅި ދަތުރު ފަތުރަށް ހުޅުވިފައި ހުންނާނެ ކަމަށް ޔަގީންކަން ދޭން ވެސް ބޭނުންވާ ކަމަށް. މި ކަނޑު އޮޅި ބައިނަލްއަގުވާމީ ވިޔަފާރީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާ ސިފައިން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2026 | ހޮނިހިރު 06:59
އެމެރިކާގެ އަސްކަރީ އުޅަނދަކާއި، ޑްރޯންއެއް ފެންނަ މަންޒަރެއް.

އެމެރިކާގެ އަސްކަރީ އުޅަނދަކާއި، ޑްރޯންއެއް ފެންނަ މަންޒަރެއް. | ރޮއިޓާސް

ހޮރްމޫޒް ކަނޑު އޮޅިން ދަތުރު ކުރަމުން ދިޔަ ވިޔަފާރި ބޯޓު ތަކަކަށް ހަމަލާ ދިނުމަށް އީރާން އިން ފޮނުވި ޑްރޯން ތަކެއް ވައްޓާލާފައިވާ ކަމަށް، އެމެރިކާގެ އަސްކަރިއްޔާ އިން ބުނެފި އެވެ.

އެމެރިކާގެ އަސްކަރިއްޔާ އިން މިކަން ހާމަ ކޮށްފައި ވަނީ ހުކުރު ދުވަހުގެ ރޭ އެވެ. މެދު އިރުމަތީގެ ސަރަހައްދުގައި އެމެރިކާގެ ސިފައިންގެ އޮޕަރޭޝަންތައް ބަލަހައްޓާ އެމެރިކާގެ މެދު ތެރޭގެ ކޮމާންޑު (ސެންޓްކޮމް) އިން ބުނީ،  ހޮރްމޫޒް ކަނޑު އޮޅީގައި ދަތު ރުކުރަމުން ދިޔަ ވިޔަފާރީގެ ބޯޓު ތަކަށް ހަމަލާ ދޭން އީރާންއިން ގިނަ ޑްރޯން ތަކެއް ފޮނުވި ކަމަށެވެ.

އެމެރިކާގެ ސެންޓްކޮމް އިން މި މައުލޫމާތު ހިއްސާކުރީ އެކްސް ގައި ކުރި ޕޯސްޓެއްގައި އެވެ. އެ ޕޯސްޓުގައި ބުނީ އީރާން އިން މި ހަމަލާތައް ދިން ނަމަވެސް، ހޮރްމޫޒް ކަނޑު އޮޅި މިހާރު ވެސް ދަތުރު ފަތުރަށް ހުޅުވާލެވިފައިވާ ކަމަށެވެ.

ސެންޓްކޮމް އިން ބުނީ ހޮރްމޫޒް ކަނޑުއޮޅި ދަތުރު ފަތުރަށް ހުޅުވިފައި ހުންނާނެ ކަމަށް ޔަގީންކަން ދޭން ވެސް ބޭނުންވާ ކަމަށެވެ. މި ކަނޑު އޮޅި ބައިނަލްއަގުވާމީ ވިޔަފާރީގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށާއި، އެތަނުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމެރިކާ ސިފައިން މަސައްކަތް ކުރާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

ހޮރްމޫޒް ކަނޑުއޮޅި އޮންނަނީ އީރާން އާއި އޮމާންގެ މެދުގައި އެވެ. މި ކަނޑު އޮޅީގެ ތެރެއިން ދުނިޔޭގެ ތެލުގެ ވިޔަފާރީގެ ބޮޑު ބައެއް ދަތުރު ކުރެ އެވެ. އެހެންކަމުން، މި ސަރަހައްދުގައި ދިމާވާ ސަލާމަތީ ހާލަތް ތަކަކީ ބައިނަލްއަގުވާމީ ވިޔަފާރި އަށް ބޮޑު އަސަރު ތަކެއް ކުރާ ކަމަކަށް ވަނީ ވެފައި އެވެ. 

މިއީ މި ސަރަހައްދުގައި އީރާން އާއި އެމެރިކާގެ މެދުގައި ހިނގާފައިވާ ފުރަތަމަ ހާދިސާއެއް ނޫނެވެ. ކުރިން ވެސް މި ދެ ގައުމުގެ މެދުގައި މި ސަރަހައްދުގައި ތަފާތު ހާދިސާތައް ހިނގާފައިވެ އެވެ. މި ސަރަހައްދުގައި ހިނގާ ހާދިސާތަކާ ގުޅިގެން ބައިނަލްއަގުވާމީ މުޖުތަމައުން ކަންބޮޑުވުން ފާޅު ކުރަމުން އަންނައިރު، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ގިނަ ގައުމު ތަކަކުން އަންނަނީ ގޮވާލަމުންނެވެ. 

އެމެރިކާގެ ސިފައިން މި ޑްރޯންތައް ވައްޓާލާފައި ވަނީ ކިހިނެއްކަން، ނުވަތަ މި ހަމަލާ ތަކުގައި އެއްވެސް ބޯޓަކަށް ގެއްލުމެއް ލިބިފައިވާ ކަމެއް މިހާތަނަށް ހާމަ ކޮށްފައި ނުވެ އެވެ. 

މަސްދަރު: އޭއެފްޕީ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ ހުރްމުޒް ކަނޑުއޮޅިސެންޓްކޮމް

އިތުރަށް ކިޔާލަން

13 ޖޫން 2026

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި

13 ޖޫން 2026
އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި
13 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅީގެ ޙާލަތު ކުރިން އޮތް ގޮތަށް ނޯންނާނެ، ފީއެއް ނަގާނަން: އީރާންގެ ފޮރިން މިނިސްޓަރު

13 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅީގެ ޙާލަތު ކުރިން އޮތް ގޮތަށް ނޯންނާނެ، ފީއެއް ނަގާނަން: އީރާންގެ ފޮރިން މިނިސްޓަރު
13 ޖޫން 2026

އީރާން އިން ޒިންމާ އަދާ ކުރަން ޖެހޭނެ، އެހެން ނޫން ނަމަ ލުއި ތަކެއް ދިނުމެއް ނެތް: އެމެރިކާގެ ނައިބު ރައީސް

13 ޖޫން 2026
އީރާން އިން ޒިންމާ އަދާ ކުރަން ޖެހޭނެ، އެހެން ނޫން ނަމަ ލުއި ތަކެއް ދިނުމެއް ނެތް: އެމެރިކާގެ ނައިބު ރައީސް
13 ޖޫން 2026

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް އޮތް ދުވަސް ތަކުގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރަނީ

13 ޖޫން 2026
އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް އޮތް ދުވަސް ތަކުގައި ރަސްމީކޮށް އެއްބަސްވުމުގައި ސޮއި ކުރަނީ
11 ޖޫން 2026

އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ

11 ޖޫން 2026
އެމެރިކާގެ ހަމަލާއެއްގައި އިންޑިއާގެ ތިން ފަޅުވެރިއަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު