Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި

އިޒްރޭލުން "އޮޕަރޭޝަން ރޯރިންގ ލަޔަން" ގެ ނަމުގައި ހިންގި އަސްކަރީ ހަރަކާތެއްގައި، އިރާނުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ ދިފާއީ އަދި ރާޑަރު ނިޒާމުތައް ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާ ކަމަށް އެ ގައުމުން ބުނެފި. މި ހަމަލާތައް ދީފައިވަނީ މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް މަޝްވަރާކުރަމުންދާ ދަނޑިވަޅެއްގައި، ހިޒްބުالله އަށް އަމާޒުކޮށް އިޒްރޭލުން ދިން ހަމަލާއެއްގެ ބަދަލުހިފުމަށް އިރާނުން ހަމަލާދިނުމާ ގުޅިގެން. އެމެރިކާއިން ހަމަލާތައް މަޑުޖައްސާލުމަށް ގޮވާލާފައި ވަނިކޮށް ދިން މި ހަމަލާތަކުގެ ސަބަބުން ސަރަހައްދީ މަސްރަހު ވަނީ އަލުން ނުތަނަވަސްވެފައި.

ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 09:26
އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ މެދުތެރޭގެ ސަރަހައްދަކަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން، ބިމަށް ހެރިފައިވާ މިސައިލެއްގެ ބައެއް ފެންނަން އޮތް މަންޒަރު، 2026 ޖޫން 8 ވަނަ ދުވަހު.

އިޒްރޭލުން ހިފާފައިވާ ހުޅަނގު އައްސޭރީގެ މެދުތެރޭގެ ސަރަހައްދަކަށް އީރާނުން ދިން ހަމަލާތަކާ ގުޅިގެން، ބިމަށް ހެރިފައިވާ މިސައިލެއްގެ ބައެއް ފެންނަން އޮތް މަންޒަރު، 2026 ޖޫން 8 ވަނަ ދުވަހު. | ރޮއިޓާސް

އިރާނުގެ އެކި ސަރަހައްދުތަކުގައި ގާއިމުކޮށްފައިވާ އެ ގައުމުގެ ދިފާއީ ނިޒާމުތަކަށް ހަމަލާދީ، އެ ނިޒާމުތައް ނައްތާލާފައިވާ ކަމަށް އިސްރާއީލުގެ އަސްކަރިއްޔާއިން ހޯމަ ދުވަހު ބުނެފިއެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި، "އޮޕަރޭޝަން ރޯރިންގ ލަޔަން" ގެ ތެރޭގައި ހަލާކުވި އިރާނުގެ ދިފާއީ އަދި ރާޑަރުގެ ގާބިލުކަން އަލުން އިއާދަކުރުމަށް އެ ގައުމުގެ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، ފަހަކަށް އައިސް އިރާނުގެ ގިނަ ސަރަހައްދުތަކެއްގައި ދިފާއީ ނިޒާމުތައް ވަނީ ގާއިމުކޮށްފައެވެ.

އިޒްރޭލުން ދިން މި ހަމަލާތަކުގައި އެ ނިޒާމުތައް ބޭނުންނުކުރެވޭ ވަރަށް ނައްތާލާފައިވާ ކަމަށާއި، މި އޮޕަރޭޝަނުގައި ގިނަ ހަނގުރާމަމަތީ ބޯޓު ބައިވެރިވެފައިވާ ކަމަށްވެސް އެ ގައުމުގެ އަސްކަރިއްޔާއިން ބުނެފައިވެއެވެ.

މެދުއިރުމަތީގެ ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވިތާ ދެ މަސް ދުވަސް ފަހުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމަލާތައް މަޑުޖައްސާލުމަށް ގޮވާލައްވާފައި ވަނިކޮށް، ހޯމަ ދުވަހު އިޒްރޭލާއި އިރާނުން ވަނީ ފުރަތަމަ ފަހަރަށް އެއްބަޔަކު އަނެއްބަޔަކަށް ހަމަލާ ބަދަލުކޮށްފައެވެ.

ސަރަހައްދީ އެހެން ގައުމުތަކަށްވެސް އޭގެ އަސަރު ފޯރި މި ކުރިމަތިލުންތައް ފެށުނީ، ބޭރޫތުގެ ދެކުނު ސަރަހައްދުގައި ހަރަކާތްތެރިވާ ހިޒްބުالله އަށް އަމާޒުކޮށް އިޒްރޭލުން ދިން ވައިގެ ހަމަލާއެއްގެ ބަދަލު ހިފުމުގެ ގޮތުން އިރާނުން އިޒްރޭލަށް ހަމަލާދިނުމާ ގުޅިގެން، ރައްދުގައި އިޒްރޭލުން އިރާނަށް ހަމަލާދިނުމުންނެވެ.

މި ހަމަލާތައް ދީފައި މިވަނީ، ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން އިރާނަށް ދިން ހަމަލާތަކާ ގުޅިގެން ފެށުނު ސަރަހައްދީ ހަނގުރާމަ އެއްކޮށް ހުއްޓާލުމަށް ހަފުތާތަކެއް ވަންދެން މަޝްވަރާތައް ކުރަމުންދަނިކޮށެވެ.

އީރާން-އިޒްރޭލްއޮޕަރޭޝަން ރޯރިންގ ލަޔަންޑޮނަލްޑް ޓްރަމްޕްހިޒްބުﷲބެއިރޫތު

އިތުރަށް ކިޔާލަން

08 ޖޫން 2026

އިޒްރޭލް އާއި އީރާން އިން ހަމަލާ ދިނުން ހުއްޓާލައި، މަޝްވަރާގެ މަގު އިސް ކުރުމަށް ކަލާސް ގޮވާލައްވައިފި

08 ޖޫން 2026
އިޒްރޭލް އާއި އީރާން އިން ހަމަލާ ދިނުން ހުއްޓާލައި، މަޝްވަރާގެ މަގު އިސް ކުރުމަށް ކަލާސް ގޮވާލައްވައިފި
08 ޖޫން 2026

ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި

08 ޖޫން 2026
ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި
08 ޖޫން 2026

ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ

08 ޖޫން 2026
ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ
08 ޖޫން 2026

އިޒްރޭލްގެ ދެ އެއާ ބޭސް އަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި

08 ޖޫން 2026
އިޒްރޭލްގެ ދެ އެއާ ބޭސް އަކަށް ހަމަލާ ދީފައިވާ ކަމަށް އީރާން އިން ބުނެފި
08 ޖޫން 2026

އީރާނުން އިޒްރޭލަށް ދިން ހަމަލާތަކާ އެކު ތެލުގެ އަގު އުފުލިއްޖެ

08 ޖޫން 2026
އީރާނުން އިޒްރޭލަށް ދިން ހަމަލާތަކާ އެކު ތެލުގެ އަގު އުފުލިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު