Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ހަމަލާތައް ވަގުތުން ހުއްޓާލުމަށް އިޒްރޭލާއި އީރާނަށް ޓްރަމްޕް ގޮވާލައްވައިފި

އީރާނާއި އިޒްރޭލުން އެއްބަޔަކު އަނެއް ބަޔަކަށް ވަރުގަދަ މިސައިލް ހަމަލާތަކެއް ބަދަލުކުރަން ފެށުމާ ގުޅިގެން، މުޅި ސަރަހައްދަށް ބޮޑު ހަނގުރާމައެއް ފެތުރިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައި. އިޒްރޭލުން އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައިވަނީ، ލުބުނާނުގެ ހިޒްބުالله ޖަމާއަތަށް އަމާޒުކޮށް އިޒްރޭލުން ދެމުންދާ ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން އީރާނުން އިޒްރޭލަށް ހަމަލާދިނުމާ ގުޅިގެން. މި ހަމަލާތައް ދީފައިވަނީ ހަމަލާތައް މަދުކުރުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގޮވާލައްވާފައި ވަނިކޮށް، އެކަމަށް ބެންޖަމިން ނަތަންޔާހޫ ދެކޮޅު ހެއްދެވުމަށްފަހުގައި.

ރާއްޖެ އެމްވީ | 8 ޖޫން 2026 | ހޯމަ 10:55
ވޮޝިންގޓަންގައި ހުންނަ ވައިޓް ހައުސްގައި 2026 ވަނަ އަހަރުގެ މޭ މަހުގެ 27 ވާ ބުދަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ.

ވޮޝިންގޓަންގައި ހުންނަ ވައިޓް ހައުސްގައި 2026 ވަނަ އަހަރުގެ މޭ މަހުގެ 27 ވާ ބުދަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވާހަކަފުޅު ދައްކަވަނީ. | އޭޕީ

އިޒްރޭލާއި އީރާނުން އެއްބަޔަކު އަނެއްބަޔަކަށް "ހަމަލާދިނުން" ވަގުތުން ހުއްޓާލަންޖެހޭ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު "ޓްރުތް ސޯޝަލް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެއްޖެއެވެ.

އިތުރު ހަމަލާތައް ނުދިނުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ދަންނަވާފައިވާ ކަމަށް ރިޕޯޓްތައް ބުނެފައިވަނިކޮށް، އިޒްރޭލުން ވަނީ އީރާނުގެ ހުޅަނގު ދެކުނުގައި ހުރި ޕެޓްރޯކެމިކަލް ކާރުޚާނާއަކަށާއި އަދި އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހުރި އަސްކަރީ އަމާޒުތަކަށް ހަމަލާދީފައިވާ ކަމަށް ބުނެފައެވެ.

ފަސް ހަފުތާގެ ހަނގުރާމައަށްފަހު ގާއިމުކުރި ނާޒުކު ސުލްހައިގެ އެއްބަސްވުމަށްފަހު، އީރާނާއި އިޒްރޭލުން ހޯމަ ދުވަހު ފުރަތަމަ ފަހަރަށް އެއްބަޔަކު އަނެއް ބައެއްގެ ސަރަހައްދުތަކަށް ހަމަލާދީފައިވާއިރު، މިކަމުގެ ސަބަބުން މުޅި ސަރަހައްދަށް ފެތުރިގެންދާނެ ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

އީރާނުން ރޭގަނޑުގެ ވަގުތެއްގައި އިޒްރޭލަށް ގިނަ އަދަދެއްގެ މިސައިލް ހަމަލާތަކެއް ފޮނުވާލާފައިވާއިރު، އިޒްރޭލުން ވަނީ އޭގެ ރައްދުގައި އީރާނުގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދީފައެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހަމަލާތައް ދީފައިވަނީ، އެ ގައުމުގެ ބައިވެރިޔާ ރައީސް ޑޮނަލްޑް ޓްރަމްޕް ހަމަލާތައް މަދުކުރުމަށް ގޮވާލައްވާފައިވާ ގޮވާލެއްވުމަށް ފާޅުގައި ދެކޮޅު ހެއްދެވުމަށްފަހު ކަމަށް ބެލެވެއެވެ.

ތެހެރާނުން އިޒްރޭލަށް މި ހަމަލާތައް ދީފައިވަނީ، ބެއިރޫތުގެ ދެކުނު ސަރަހައްދުތަކުގައި ހުރި އީރާނުގެ މަދަދުލިބޭ ލުބުނާނުގެ ޝިއައީ ޖަމާއަތެއް ކަމަށްވާ ހިޒްބުالله ގެ އަމާޒުތަކަށް އިޒްރޭލުން ހަމަލާދިނުމާ ގުޅިގެންނެވެ. ލުބުނާނުގެ ވެރިރަށް ބެއިރޫތަށް ހަމަލާދީފިނަމަ އިޒްރޭލަށް ހަމަލާދޭނެ ކަމުގެ އިންޒާރު އީރާނުން މީގެ ކުރިން ތަކުރާރުކޮށް ވަނީ ދީފައެވެ.

ޑޮނަލްޑް ޓްރަމްޕްބެންޖަމިން ނަތަންޔާހޫހިޒްބުﷲލުބުނާންއީރާން-އިޒްރޭލް-އެމެރިކާ

އިތުރަށް ކިޔާލަން

08 ޖޫން 2026

އިރާނުގެ ޚާރިޖީ ވަޒީރު އީޔޫ، ސަރަހައްދީ ވަޒީރުންނާ މަޝްވަރާކުރައްވައިފި

08 ޖޫން 2026
އިރާނުގެ ޚާރިޖީ ވަޒީރު އީޔޫ، ސަރަހައްދީ ވަޒީރުންނާ މަޝްވަރާކުރައްވައިފި
08 ޖޫން 2026

އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި

08 ޖޫން 2026
އީރާނުން އިޒްރޭލުގެ ރާމަތު ޑޭވިޑް އެއާބޭސްއަށް މިސައިލް ހަމަލާދީފި
08 ޖޫން 2026

އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި

08 ޖޫން 2026
އިޒްރޭލުން އިރާނުގެ މުހިންމު ދިފާއީ ނިޒާމުތަކަށް ހަމަލާދީ ހަލާކުކޮށްލާފައިވާ ކަމަށް ބުނެފި
08 ޖޫން 2026

ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި

08 ޖޫން 2026
ނަތަންޔާހޫ ކޮންޓްރޯލް ކުރުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އަސްކަރީ އެހީ ހުއްޓާލަން ގޮވާލައިފި
08 ޖޫން 2026

ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ

08 ޖޫން 2026
ހަމަލާ ތަކާ އެކު، ސަލާމަތީ ކެބިނެޓުގެ ބައްދަލުވުމެއް ނަތަންޔާހޫ ބާއްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު