Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

ސްޓާމަރ، މެކްރޮން، ޒެލެންސްކީ އަދި މާޒްގެ ބައްދަލުވުމެއް އިނގިރޭސިވިލާތުގައި

7 ޖޫން 2026 | އާދީއްތަ 07:57

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގައި. ޤައުމު ތަކުގެ ލީޑަރުން އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ، ރަޝިޔާ އިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 7 ޖޫން 2026 | އާދީއްތަ 07:57
އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، ޔޫކްރެއިނުގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް.

އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ އާއި، ޔޫކްރެއިނުގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް. | ގެޓީ އިމޭޖަސް

ޔޫކްރެއިން އަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވުމަށްޓަކައި، އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމަރ އާއި، ޔޫކްރެއިނުގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީ އާއި، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އަދި ޖަރުމަނުގެ ޗާންސެލަރު ފްރެޑްރިކް މާޒް ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.  

މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ އިނގިރޭސިވިލާތުގެ ވެރި ރަށް ލަންޑަންގައި އެވެ. ޤައުމު ތަކުގެ ލީޑަރުން އިނގިރޭސިވިލާތަށް ކުރައްވާ މި ދަތުރުފުޅަކީ، ރަޝިޔާ އިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތައް ވަރުގަދަ ކޮށްފައިވާ ދަނޑިވަޅެއްގައި ކުރައްވާ ދަތުރުފުޅެކެވެ. އަދި މިއީ ހަނގުރާމައާ ގުޅޭ ގޮތުން ސީދާ ބައްދަލު ކުރެއްވުމަށް ޒެލެންސްކީ ހުށަހެޅުއްވި ހުށަހެޅުއްވުމަށް، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އިންކާރު ކުރައްވާފައިވާ ވަގުތެއްކަން ވެސް ފާހަގަ ކުރެވެ އެވެ. 

Advertisement - worldAdvertisement

އިނގިރޭސިވިލާތާއި ފްރާންސް އަކީ ޔޫކްރެއިން އަށް ސަލާމަތީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް މަސައްކަތް ކުރާ، "ކޯލިޝަން އޮފް ދަ ވިލިންގް" ގައި އިސްކޮށް ޙަރަކާތްތެރިވާ ދެ ޤައުމެވެ. މި ބައްދަލުވުމުގެ ތައްޔާރީތައް ކުރިއަށްދާއިރު، ހޮނިހިރު ދުވަހު ޔޫކްރެއިން އިން ވަނީ ރަޝިޔާގެ ދެ ވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ސެއިންޓް ޕީޓާސްބަރގް އަށް ޑްރޯން ހަމަލާ ތަކެއް ދީފައި އެވެ. މި ހަމަލާތައް އެ ސިޓީގެ ތެޔޮ ޓަރމިނަލް އަކަށް އަމާޒު ކޮށްފައިވާއިރު، މިއީ ރަޝިޔާގެ އެތެރޭގެ ސަރަހައްދު ތަކަށް ހަމަލާ ދިނުމުގެ ޤާބިލުކަން ޔޫކްރެއިން އަށް ލިބިފައިވާ މިންވަރު ހާމަ ކޮށްދޭ ކަމެކެވެ. 

ހަނގުރާމައިގެ މައިދާނުގެ އެންމެ ފަހުގެ ތަފާސް ހިސާބު ތަކަށް ބަލާއިރު، ރަޝިޔާގެ ސިފައިން ޔޫކްރެއިންގެ ބައެއް ސަރަހައްދު ތަކަށް ޑްރޯން އާއި އާޓިލަރީ ބޭނުން ކޮށްގެން 30 ހަމަޅާ ދީފައިވެ އެވެ. މި ހަމަލާ ތަކުގައި އެކަކު މަރުވެ، ތިން މީހަކު ޒަޚަމުވެފައިވާ ކަމަށް އެ ސަރަހައްދުގެ އިސްވެރިޔާ އޮލެކްސަންޑަރ ހަންޒާ ވަނީ ވިދާޅުވެފައި އެވެ. މީގެ އިތުރުން، މި ހަފުތާގެ ކުރީ ކޮޅު ރަޝިޔާ އިން ދިން ހަމަލާ ތަކުގައި އެކަކު މަރުވެ، 15 މީހަކު ޒަޚަމުވެފައިވާއިރު، އޭގެ ތެރޭގައި ތިން ކުޑަ ކުދިން ވެސް ހިމެނެ އެވެ. 

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ، ރަޝިޔާގެ ރައީސް ޕުޓިން އާއި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ބައްދަލު ކުރެއްވުމަކީ ރަނގަޅު ކަމެއް ކަމަށް ވިދާޅުވެފައި އެވެ. ނަމަވެސް، ޓްރަމްޕްގެ ސަމާލުކަން މިވަގުތު ހުރީ އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށް ގެންދާ މަޝްވަރާ ތަކަށެވެ. މިދިޔަ ބުދަ ދުވަހު އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ސްޓާމަރ ވަނީ ޒެލެންސްކީ އަށް ފޯނުން ގުޅުއްވައި، ރަޝިޔާ އިން ދެމުންދާ ހަމަލާތައް ކުށްވެރި ކުރައްވައިފަ އެވެ. 

މަސްދަރު: ދި ގާޑިއަން

ރަޝިޔާޔޫކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަކިއާ ސްޓާމަރ (އިނގިރޭސިވިލާތުގެ ކުރީގެ ބޮޑު ވަޒީރު)އެމަނުއަލް މެކްރޯންޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީފްރީޑްރިކް މާރޒްކޮލިޝަން އޮފް ދަ ވިލިންގ

އެންމެ ހިނގާ

1

އެމްއޭސީއެލް މުވައްޒަފުންގެ ބޯނަސްއަކީ ކޮންމެހެން ދޭން ޖެހޭ އެއްޗެއް ނޫން، މިއަހަރު ބޯނަސް ދޭން އަދި ނުނިންމާ: އެމްއޭސީއެލް

2

ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުުރުމުގެ ތެރޭގައި "ޕްރްކެޓިކަލް އަދަދަކަށް" މުވައްޒަފުން ނެގުމަށްފަހު ބާކީ ތިބި މުވައްޒަފުން ވަކިކުުރުމަށް ރައީސް އޮފީހުން އަންގައިފި

3

ވިއެޓްނާމަށް ގަވާއިދާ ހިލާފަށް މަސްތުވާތަކެތި އެތެރެކުރި މައްސަލައެއްގައި، ރާއްޖޭގެ ރައްޔިތަކު 20 އަހަރަށް ޖަލަށް!

4

އެމެރިކާއިން އެއްގަމު މަގުން އަރައިފިނަމަ އަސްކަރީ މަރުކަޒުތަކާއި އާގުބޯޓުފަހަރަށް ހަމަލާދޭނަން: އީރާން

5

ޖީއެސްޓީ ބަދަލުތައް ތަންފީޒުކުރަން ފެށިތާ 3 ދުވަސްތެރޭ ޤާނޫނު ބަދަލުކުރަން އުޅުމުން ފެންނަނީ ރައީސްގެ ނިންމުންތަކުގެ ދެކޮޅު ނުޖެހޭ މިންވަރު: ސޯލިހު

އިތުރަށް ކިޔާލަން

24 ސެޕްޓެމްބަރު 2026

އދ. ފޭލުވަނީތަ؟ މާހިރުން ވިދާޅުވީ އދ.ގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ހުރިކަމަށް!

24 ސެޕްޓެމްބަރު 2026
އދ. ފޭލުވަނީތަ؟ މާހިރުން ވިދާޅުވީ އދ.ގެ ކުރިމަގާ މެދު ބޮޑެތި ސުވާލުތަކެއް ހުރިކަމަށް!
21 ސެޕްޓެމްބަރު 2026

ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'

21 ސެޕްޓެމްބަރު 2026
ރަޝިޔާގެ އިންތިޚާބުގެ ވަގުތީ ނަތީޖާއިން ކުރީގައި އުޅެނީ 'ޔުނައިޓެޑް ރަޝިޔާ'
19 ސެޕްޓެމްބަރު 2026

ޔޫކްރެއިންގެ ވައިގެ ދިފާއު ވަރުގަދަކުރަން އެމެރިކާއިން 2.68 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކަނީ

19 ސެޕްޓެމްބަރު 2026
ޔޫކްރެއިންގެ ވައިގެ ދިފާއު ވަރުގަދަކުރަން އެމެރިކާއިން 2.68 ބިލިއަން ޑޮލަރުގެ އަސްކަރީ ސާމާނު ވިއްކަނީ
14 ސެޕްޓެމްބަރު 2026

ޕޮލެންޑް ބޯޑަރު ކައިރީގައި އޮތް ރޭލަކަށް ރަޝިޔާއިން ހަމަލާދީފި: މަސްރަހު އިތުރަށް ގޯސްކުރާ ކަމުގެ ތުހުމަތު ދެ ގައުމުން ރަޝިޔާއަށް

14 ސެޕްޓެމްބަރު 2026
ޕޮލެންޑް ބޯޑަރު ކައިރީގައި އޮތް ރޭލަކަށް ރަޝިޔާއިން ހަމަލާދީފި: މަސްރަހު އިތުރަށް ގޯސްކުރާ ކަމުގެ ތުހުމަތު ދެ ގައުމުން ރަޝިޔާއަށް
12 ސެޕްޓެމްބަރު 2026

އެމެރިކާއާއި ޔޫކްރެއިނާއެކު މަޝްވަރާތައް ފަށަން ރަޝިޔާ ތައްޔާރު

12 ސެޕްޓެމްބަރު 2026
އެމެރިކާއާއި ޔޫކްރެއިނާއެކު މަޝްވަރާތައް ފަށަން ރަޝިޔާ ތައްޔާރު
12 ސެޕްޓެމްބަރު 2026

ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި

12 ސެޕްޓެމްބަރު 2026
ހަނގުރާމައާއި ނުތަނަވަސްކަން އަދި އެމެރިކާގެ ޓެރިފްތަކުގެ ތެރެއިން ބްރިކްސް ސަމިޓު ފަށައިފި
12 ސެޕްޓެމްބަރު 2026

"ކޮންމެ ފަދަ ގޮތަކުން" ވެސް ބާރާއި ނުފޫޒު ގަދަކުރަން ހުޅަނގުން އޮތީ ތައްޔާރަށް: ޕުޓިން

12 ސެޕްޓެމްބަރު 2026
"ކޮންމެ ފަދަ ގޮތަކުން" ވެސް ބާރާއި ނުފޫޒު ގަދަކުރަން ހުޅަނގުން އޮތީ ތައްޔާރަށް: ޕުޓިން
11 ސެޕްޓެމްބަރު 2026

އޭޕެކް ސަމިޓުގެ ހަވާސާގައި ޕުޓިންއާއި ޝީ ބައްދަލުކުރައްވަނީ

11 ސެޕްޓެމްބަރު 2026
އޭޕެކް ސަމިޓުގެ ހަވާސާގައި ޕުޓިންއާއި ޝީ ބައްދަލުކުރައްވަނީ
10 ސެޕްޓެމްބަރު 2026

އެކުވެރި ގައުމުތަކުގެ ރައްޔިތުންނަށް ރަޝިޔާއިން ވިސާ ހޯދަން ލުއިތަކެއް ދެނީ

10 ސެޕްޓެމްބަރު 2026
އެކުވެރި ގައުމުތަކުގެ ރައްޔިތުންނަށް ރަޝިޔާއިން ވިސާ ހޯދަން ލުއިތަކެއް ދެނީ
10 ސެޕްޓެމްބަރު 2026

"ޑީލެއް" ހައްދަވަން ޕުޓިން ހުށަހެޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

10 ސެޕްޓެމްބަރު 2026
"ޑީލެއް" ހައްދަވަން ޕުޓިން ހުށަހެޅުއްވި ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް