Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ވައިޓް ހައުސް އަކީ ޓްރަމްޕްގެ އަމިއްލަ މުދަލެއް ނޫން، އެއީ އެމެރިކާ ރައްޔިތުންނަށް ޚިދުމަތް ކުރަން ހުރި ތަނެއް: ނިއުސަމް

ކެލަފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވައިޓް ހައުސް ޤާއިމު ކޮށްފައި ވަނީ އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށް. ނިއުސަމް ވިދާޅުވީ، އެމެރިކާގެ ބާނީން ނުވަތަ ގައުމު ބިނާ ކުރެއްވި ބޭފުޅުން ވަނީ، ދައުލަތުގެ މަތީ މަގާމު ތަކުގައި ތިއްބަވާ ބޭފުޅުން އަމިއްލަ މުއްސަނދިކަން އިތުރު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު މީގެ އެތައް އަހަރެއް ކުރިން ދެއްވާފައި ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2026 | ހޯމަ 07:41
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކެލަފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި ކެލަފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް. | ރޮއިޓާސް

އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ޚާއްސަ ކޮށްފައިވާ ރަސްމީ އިދާރާ ނުވަތަ އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް ބޭނުން ކުރައްވައިގެން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަމިއްލަ މަސްލަހަތު އޮންނަ ވިޔަފާރިތައް ކުރިއަރުވަމުންދާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑު ކިޔުން އޭނާ އަށް އަމާޒު ވެއްޖެ އެވެ.

އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގައި ވައިޓް ހައުސްގައި ބޭއްވި ހަރަކާތެއްގައި، ޓްރަމްޕްގެ އަމިއްލަ ހިއްސާ އޮންނަ ކުންފުނިތައް އިޝްތިހާރު ކުރުމާއި، ސަބްސްކްރިޕްޝަން ވިއްކުމުގެ އިތުރުން ކޯޕަރޭޓް ސްޕޮންސަރުން ޕްރޮމޯޓު ކުރުމުގެ ޙަރަކާތް ތަކެއް ހިންގާފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މީގެ އިތުރުން، މި ހަރަކާތުގެ ތެރެއިން ޓްރަމްޕްގެ އަމިއްލަ ކްރިޕްޓޯ ކަރަންސީ ވިޔަފާރި ކުރިއެރުވުމަށް މަސައްކަތް ކޮށްފައިވާކަން ވަނީ ފާހަގަ ކުރެވިފައި އެވެ. މިއީ ރައީސްގެ މަގާމުގައި ހުންނަވައިގެން އަމިއްލަ އާއިލާ އާއި، އަމިއްލަ ފައިދާ އަށް ދައުލަތުގެ ވަސީލަތްތައް ބޭނުން ކުރުން ކަމަށް ބުނެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތް ތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

އެގޮތުން އެމެރިކާާގެ ކެލަފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވައިޓް ހައުސް ޤާއިމު ކޮށްފައި ވަނީ އެމެރިކާގެ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށެވެ. ނިއުސަމް ވިދާޅުވީ، އެމެރިކާގެ ބާނީން ނުވަތަ ގައުމު ބިނާ ކުރެއްވި ބޭފުޅުން ވަނީ، ދައުލަތުގެ މަތީ މަގާމު ތަކުގައި ތިއްބަވާ ބޭފުޅުން އަމިއްލަ މުއްސަނދިކަން އިތުރު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްފާނެ ކަމުގެ އިންޒާރު މީގެ އެތައް އަހަރެއް ކުރިން ދެއްވާފައި ކަމަށެވެ.

ޤައުމުގެ އިސްވެރިންނަކީ ރައްޔިތުންގެ ޚާދިމުންގެ ގޮތުގައި ތިއްބަވަން ޖެހޭ ބައެއް ކަމަށާއި، ރަސްކަލުންގެ އުސޫލުން އަމިއްލަ އެދުން އިސް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ނިއުސަމް ވަނީ ވިދާޅުވެފައި އެވެ. އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އަށް ނިސްބަތްވެ ވަޑައިގަންނަވާ ނިއުސަމް އަކީ، ޓްރަމްޕް އަމަލުތަކާއި، ސިޔާސަތު ތަަކަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އަންނަ ބޭފުޅެކެވެ. 

މި މައްސަލައާ ގުޅިގެން ގިނަ ބަޔަކު ބުނަމުން ދަނީ، އެމެރިކާގެ މިނިވަންކަމަށްޓަކައި ކުރެވުނު އިންގިލާބީ ހަނގުރާމަ އަކީ މިފަދަ ކަންކަމަށް ފުރުސަތު ދިނުމަށް ކުރެވުނު މަސައްކަތެއް ނޫން ކަމަށެވެ. ދައުލަތުގެ އެންމެ މަތީ އިދާރާގެ ގަދަރާއި ހައިބަތު ހިފެހެއްޓުމުގެ ބަދަލުގައި، އެ ތަނަކީ ވިޔަފާރި މުއާމަލާތްތައް ހިންގާ މަރުކަޒަކަށް ހެދުމަކީ ގައުމުގެ އަސާސްތަކާ ޚިލާފު ކަމެއްގެ ގޮތުގައި ފާޑުކިޔާ ފަރާތް ތަކުން ސިފަ ކުރެ އެވެ.

މި ހާދިސާއާ ގުޅިގެން ވައިޓް ހައުސް އިން އަދި ރަސްމީކޮށް އެއްޗެއް ބުނެފައި ނުވެ އެވެ. ނަމަވެސް، ރައީސްގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން އަމިއްލަ މުއްސަނދިކަން އިތުރު ކުރުމުގެ މި އަމަލަކީ އެމެރިކާގެ ސިޔާސީ ތާރީޚުގައި ފެންމަތިވި ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.

އެމެރިކާވައިޓް ހައުސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެވިން ނިއުސަމް

އިތުރަށް ކިޔާލަން

15 ޖޫން 2026

އިޒްރޭލް އަކީ އެމެރިކާާގެ ދަށުވެފައި އޮތް ޤައުމެއް ނޫން ކަމަށް ވިދާޅުވެ، ބެން ގްވީރްގެ ރުޅިގަނޑު ޓްރަމްޕް އަށް

15 ޖޫން 2026
އިޒްރޭލް އަކީ އެމެރިކާާގެ ދަށުވެފައި އޮތް ޤައުމެއް ނޫން ކަމަށް ވިދާޅުވެ، ބެން ގްވީރްގެ ރުޅިގަނޑު ޓްރަމްޕް އަށް
15 ޖޫން 2026

އީރާާންއާ ދެކޮޅަށް ޓްރަމްޕް ކުރީ ބޭކާރު ހަނގުރާމައެއް ކަމަށް، އޮބާމާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ

15 ޖޫން 2026
އީރާާންއާ ދެކޮޅަށް ޓްރަމްޕް ކުރީ ބޭކާރު ހަނގުރާމައެއް ކަމަށް، އޮބާމާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ
15 ޖޫން 2026

އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް

15 ޖޫން 2026
އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް
15 ޖޫން 2026

ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި

15 ޖޫން 2026
ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި
14 ޖޫން 2026

80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް

14 ޖޫން 2026
80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު