Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި

އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ މި ފޯނު ކޯލު ތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ، ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުން. އެގޮތުން ހަނގުރާާމަ އަށް ސުލްޙަވެރި ގޮތެއްގައި ޙައްލު ގެނައުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2026 | ހޯމަ 06:18
އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ.

އެމެރިކާގެ ރައީސް ޓްރަމްޕް އާއި، ރަޝިޔާގެ ރައީސް ޕުޓިން އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 80 ވަނަ އުފަން ދުވަހާ ދިމާކޮށް، ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އާއި ޔޫކްރެއިންގެ ރައީސް ވުލޮޑިމިއަރ ޒެލެންސްކީއާ ވަކި ވަކިން މަޝްވަރާ ކުރައްވައިފި އެވެ. 

އާދީއްތަ ދުވަހު ކުރިއަށް ގެންދިޔަ މި ފޯނު ކޯލު ތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައި ވަނީ، ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމައާ ގުޅޭ ގޮތުންނެވެ. އެގޮތުން ހަނގުރާާމަ އަށް ސުލްޙަވެރި ގޮތެއްގައި ޙައްލު ގެނައުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވައިފަ އެވެ. 

ޔޫކްރެއިންގެ ރިޔާސީ ގަނޑުވަރުން ބުނެފައި ވަނީ، ޒެލެންސްކީ އާއި ޓްރަމްޕްގެ މެދުގައި ދެކެވުނު ވާހަކަ ތަކަކީ ވަރަށް މުހިންމު އަދި ފުން މަޝްވަރާ ތަކެކެވެ. ޒެލެންސްކީގެ އެޑްވައިޒަރު ދިމިތުރޯ ލިޓްވިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގާތްގަނޑަކަށް 30 މިނެޓާއި، 35 މިނެޓަށް ދެމިގެން ދިޔަ މި ކޯލުގައި އުފަން ދުވަހުގެ ތަހުނިޔާ އިން ފެށިގެން ޑިޕްލޮމަސީ އާއި، ހަނގުރާމަ އަދި ސުލްހައާ ގުޅޭ ހުރިހާ ދާއިރާ އަކުން ވާހަކަ ދެކެވުނު ކަމަށެވެ.

މި މަޝްވަރާތައް ކުރެވިފައި މިވަނީ ޔޫކްރެއިން ހަނގުރާމަ އަށް ފަސް އަހަރު ފުރެން ގާތްވެފައި ވަނިކޮށް، އީރާންގެ މައްސަލައާ ހުރެ ޔޫކްރެއިންގެ ސުލްހައިގެ ވާހަކަތައް މަޑު ޖެހިފައިވާ ދަނޑިވަޅެއްގައި އެވެ.

ރަޝިޔާގެ ރިޔާސީ ގަނޑުވަރުން ހާމަ ކުރި ގޮތުގައި، ޕުޓިން ވެސް ވަނީ އާދީއްތަ ދުވަހު ޓްރަމްޕް އަށް ފޯނުން ގުޅުއްވައި އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވެ، ޔޫކްރެއިން އަދި އީރާންގެ ހަނގުރާމައާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައި އެވެ. ރަޝިޔާގެ ރިޔާސީ ގަނޑުވަރުގެ އިސް އޮފިޝަލެއް ކަމަށްވާ ޔޫރީ އުޝަކޯވް ވިދާޅުވީ، އެމެރިކާ އާއި އީރާންއާ ދެމެދު އެކުލަވާލުމަށް މަސައްކަތް ކުރާ ފަހުމުނާމާއާ ގުޅޭ ގޮތުން ދެ ބޭފުޅުން ވާހަކަ ދެއްކެވި ކަމަށެވެ.

މީގެ އިތުރުން، އީރާންގެ ކަންކަމުގައި އިސްކޮށް އުޅުއްވާ އެމެރިކާގެ ރައީސްގެ ހާއްސަ މަންދޫބުން ކަމަށްވާ ސްޓީވް ވިޓްކޮފް އަދި ޖެރާޑް ކުޝްނާ ވަރަށް އަވަހަށް ރަޝިޔާ އަށް ޒިޔާރަތް ކުރައްވާ ގޮތަށް މިހާރު ވަނީ ހަމަޖެހިފައި އެވެ.

ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާތާ 24 ގަޑިއިރު ތެރޭގައި ޔޫކްރެއިން ހަނގުރާމަ ހުއްޓުވާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައިވާ ޓްރަމްޕް، މިހާރު ގެންދަވަނީ ދެ ފަރާތުން ވެސް ދޫދީ ހަނގުރާމަ ނިންމުމަށް ބާރު އަޅުއްވަމުންނެވެ. ވަކިން ހާއްސަކޮށް، 2022 ވަނަ އަހަރުގެ ފެބްރުވަރީ މަހު ރަޝިޔާ އިން ޔޫކްރެއިން އަށް އެރި މައްސަލައިގައި، ރަޝިޔާ އަށް ބައެއް ކަންކަމުގައި ދޫ ދިނުމަށް ޓްރަމްޕް ތަކުރާރުކޮށް ޒެލެންސްކީ އަށް ބާރު އަޅުއްވަމުން ގެންދަވާކަން ފާހަގަ ކުރެވެ އެވެ.

އަންގާރަ ދުވަހު ފްރާންސްގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ7 ގެ ބައްދަލުވުމެއްގައި ޓްރަމްޕާއި ޒެލެންސްކީ ބައިވެރިވެ ވަޑައިގަތުމަށް ހަމަޖެހިފައިވީ ނަމަވެސް، ދެ ބޭފުޅުންގެ މެދުގައި ރަސްމީ ބައްދަލުވުމެއް ބޭއްވުމަށް އަދި ތާވަލު ކުރެވިފައި ނުވާ ކަމަށް ސަރުކާރުގެ އިސް އޮފިޝަލަކު ވަނީ ވިދާޅުވެފައި އެވެ.

މަސްދަރު: އޭއެފްޕީ

ރަޝިޔާ-ޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަރަޝިޔާގެ ރައީސް ވްލަޑިމިއާ ޕުޓިންޔޫކްރެއިންގެ ރައީސް ވޮލްޑީމިއަރ ޒެލެންސްކީއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

14 ޖޫން 2026

80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް

14 ޖޫން 2026
80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް
14 ޖޫން 2026

ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަން، ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް

14 ޖޫން 2026
ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަން، ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް
11 ޖޫން 2026

ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދެއްކި، މިއީ ރެކޯޑު އަދަދެއް

11 ޖޫން 2026
ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދެއްކި، މިއީ ރެކޯޑު އަދަދެއް
11 ޖޫން 2026

އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

11 ޖޫން 2026
އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
09 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް

09 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު