Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

އިޒްރޭލް އަކީ އެމެރިކާާގެ ދަށުވެފައި އޮތް ޤައުމެއް ނޫން ކަމަށް ވިދާޅުވެ، ބެން ގްވީރްގެ ރުޅިގަނޑު ޓްރަމްޕް އަށް

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބެން ގްވީރް ވިދާޅުވީ، އިޒްރޭލް އަކީ އެމެރިކާގެ ދަށުގައި އޮންނަ ޤައުމެއް ނޫން ކަމަށާއި، އިޒްރޭލް އަކީ މިނިވަން އަދި އަމިއްލަ ސިޔާދަތު ލިބިފައިވާ ޤައުމެއް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 15 ޖޫން 2026 | ހޯމަ 07:39
އިޒްރޭލްގެ ޤައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރް.

އިޒްރޭލްގެ ޤައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރް. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ޤާއިމު ކުރާ އެއްބަސްްވުމެއްގެ ސަބަބުން އިޒްރޭލް ނުބަނދެވޭނެ ކަމަށް ވިދާޅުވެ، އިޒްރޭލްގެ ޤައުމީ ސަލާމަތާ ބެހޭ މިނިސްޓަރު އިޓަމާ ބެން ގްވީރްގެ ރުޅިގަނޑު އެމެެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަށް އަމާޒު ކޮށްފި އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބެން ގްވީރް ވިދާޅުވީ، އިޒްރޭލް އަކީ އެމެރިކާގެ ދަށުގައި އޮންނަ ޤައުމެއް ނޫން ކަމަށާއި، އިޒްރޭލް އަކީ މިނިވަން އަދި އަމިއްލަ ސިޔާދަތު ލިބިފައިވާ ޤައުމެއް ކަމަށެވެ. 

އެ ޕޯސްޓުގައި ބެން ގްވީރް ވިދާޅުވީ، ލުބުނާންގެ ހިޒްބުﷲ ޖަމާއަތާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތުގައި އިޒްރޭލް އިން ފަސް ނުޖެހޭނެ ކަމަަށެވެ. އަދި އޭނާ ވިދާޅުވީ އެމެރިކާގެ ރައީސް ޓްރަމްޕްގެ އެއްބަސްވުމުން، އިޒްރޭލް އަށް ބާރު ފޯރުވޭނެ އެއްވެސް ގޮތެއް ނެތް ކަމަށާއި، އިޒްރޭލް އަކީ އެމެރިކާގެ ދަށުވެފައި އޮންނަ ޤައުމެއް ނޫން ކަމަށެވެ. 

އިޒްރޭލް އަކީ މިނިވަން ސިޔާދަތެއް ލިބިފައިވާ ޤައުމެއް ކަމަށާއި، އެ ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ނުކުރާ އެއްބަސްވުމެއްގައި އިޒްރޭލް އިން ބައިވެރި ނުވާނެ ކަމަށް ވެސް ބެން ގްވީރް ވިދާޅުވި އެވެ. އަދި އިޒްރޭލްގެ ހަނގުރާމަވެރިން ލުބުނާންގައި ކޮންޓްރޯލް ކުރާ ސަރަހައްދު ތަކުން، އެއްވެސް ވަރަކަށް ފަހަތަށް ނުޖެހޭނެ ކަމުގެ އިންޒާރު ވެސް ބެން ގްވީރް ވަނީ ދެއްވައިފަ އެވެ. 

ބެން ގްވީރް މިހެން ވިދާޅުވެފައި ވަނީ، އެމެރިކާ އާއި އިޒްރޭލްގެ ދެ މެދުގައި ލުބުނާންއާ ގުޅޭ ވާހަކަތައް ދައްކަމުން އަންނަ ދަނޑިވަޅެއްގައި އެވެ. އިޒްރޭލްގެ ސަލާމަތާއި ރައްކާތެރި ކަަަމަށް ކުރިމަތިވާ ނުރައްކާތައް ނައްތާލުމަށް ކަމަށް ބުނެ، އެ ޤައުމުން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންތަކާ ގުޅިގެން ބައިނަލްއަޤުވާމީ މުޖުތަމައުގެ ފާޑު ކިޔުން އިޒްރޭލް އަށް އަންނަނީ އަމާޒު ވަމުންނެވެ. 

އެމެރިކާ އާއި އިޒްރޭލްއާ ދެމެދު ގާތް ގުޅުމެއް އޮތް ނަމަވެސް، އެމެރިކާ އިން ވަނީ އީރާާން އާއެކު ސުލްޙައިގެ އެއްބަސްވުމަކަށް އައިސްފައި އެވެ. ހުކުރު ދުވަހު އެ އެއްބަސްވުމުގައި ރަސްމީކޮށް ސޮއި ކުރުމަށް ހަމަޖެހިފައިވާއިރު، މިއީ އިޒްރޭލް އިން ޤަބޫލު ވާނެ ކަމެއް ނޫން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތް ތަކުން ބުނެފައިވެ އެވެ.

އީރާން-އެމެރިކާއީރާން-އިޒްރޭލް-އެމެރިކާއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާ-އިޒްރޭލުއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއިޓަމާރ ބެން-ގްވިރް

އިތުރަށް ކިޔާލަން

15 ޖޫން 2026

އެމެރިކާ އާއި އީރާންގެ ސުލްޙައިގެ އެއްބަސްވުމަށް ޔޫރަޕިއަން ކައުންސިލް އިން މަރުޙަބާ ކިޔައިފި

15 ޖޫން 2026
އެމެރިކާ އާއި އީރާންގެ ސުލްޙައިގެ އެއްބަސްވުމަށް ޔޫރަޕިއަން ކައުންސިލް އިން މަރުޙަބާ ކިޔައިފި
15 ޖޫން 2026

އީރާާންއާ ދެކޮޅަށް ޓްރަމްޕް ކުރީ ބޭކާރު ހަނގުރާމައެއް ކަމަށް، އޮބާމާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ

15 ޖޫން 2026
އީރާާންއާ ދެކޮޅަށް ޓްރަމްޕް ކުރީ ބޭކާރު ހަނގުރާމައެއް ކަމަށް، އޮބާމާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ
15 ޖޫން 2026

އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް

15 ޖޫން 2026
އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް
15 ޖޫން 2026

ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި

15 ޖޫން 2026
ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި
15 ޖޫން 2026

އެމެރިކާާ އާއި އީރާން އިން އެއްބަސްވުމަކަށް އަތުވެއްޖެ، ހުކުރު ދުވަހު ރަސްމީކޮށް ސޮއި ކުރަނީ

15 ޖޫން 2026
އެމެރިކާާ އާއި އީރާން އިން އެއްބަސްވުމަކަށް އަތުވެއްޖެ، ހުކުރު ދުވަހު ރަސްމީކޮށް ސޮއި ކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު