Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އީރާން ހަނގުރާމަ

އީރާާންއާ ދެކޮޅަށް ޓްރަމްޕް ކުރީ ބޭކާރު ހަނގުރާމައެއް ކަމަށް، އޮބާމާގެ ސަރުކާރުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ

އެމެރިކާގެ ފަރާތުން މީގެ ކުރިން މަޝްވަރާ ތަކުގައި ބައިވެރިވެފައިވާ، އަދި އީރާން އަށް ކަނޑަ އަޅުއްވާފައި ހުންނެވި ޚާއްސަ މަންދޫބު ރޮބަޓް މާލީ ވިދާޅުވީ، އަލަށް ސޮއި ކުރެވުނު ފަހުމުނާާމާ އަކީ މުހިންމު ކުރިއެރުމެއް ކަމަށް. ނަމަވެސް، އީރާންއާ ދެކޮޅަށް ކުރީ ވަރަށް ފަރުވާ ކުޑަ ހަނގުރާމައެއް ކަމަށާއި، އެއީ ވަރަށް ބޮޑު ބޭކާރު ޚަރަދެއް ކަމަށް ވެސް އޭނާ ސިފަ ކުރެއްވި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 15 ޖޫން 2026 | ހޯމަ 07:35
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި، އޮބާމާ ސަރުކާރުގެ ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު ފުރުއްވި ބެން ރޯޑްސް.

އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ އާއި، އޮބާމާ ސަރުކާރުގެ ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު ފުރުއްވި ބެން ރޯޑްސް. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން އީރާންއާ ދެކޮޅަށް ކުރި ހަނގުރާމަ އަކީ ވަރަށް ބޭކާރު އަދި އިސްރާފެއް ކަމަށް ވިދާޅުވެ، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާގެ ސަރުކާރުގައި އިސްކޮށް މަސައްކަތް ކުރެއްވި އޮފިޝަލަކު ފާޑު ވިދާޅުވެއްޖެ އެވ.

އޮބާާމާގެ ވެރި ކަމުގެ ތެރޭގައި 2015 ވަނަ އަހަރު އީރާން އާއެކު އެމެރިކާ އިން ސޮއި ކުރި ނިއުކްލިއާ އެއްބަސްވުމުގައި އިސްކޮށް އުޅުއްވި ބޭފުޅުން މިހެން ވިދާޅުވެފައި ވަނީ، އީރާން އާއެކު އެއްބަސްވުމެއްގައި ސޮއި ކުރުމަށް އެމެރިކާ އިން ނިންމާފައި ވަނިކޮށެވެ. 

އެމެރިކާގެ ފަރާތުން މީގެ ކުރިން މަޝްވަރާ ތަކުގައި ބައިވެރިވެފައިވާ، އަދި އީރާން އަށް ކަނޑަ އަޅުއްވާފައި ހުންނެވި ޚާއްސަ މަންދޫބު ރޮބަޓް މާލީ ވިދާޅުވީ، އަލަށް ސޮއި ކުރެވުނު ފަހުމުނާާމާ އަކީ މުހިންމު ކުރިއެރުމެއް ކަމަށެވެ. ނަމަވެސް، އީރާންއާ ދެކޮޅަށް ކުރީ ވަރަށް ފަރުވާ ކުޑަ ހަނގުރާމައެއް ކަމަށާއި، އެއީ ވަރަށް ބޮޑު ބޭކާރު ޚަރަދެއް ކަމަށް ވެސް އޭނާ ސިފަ ކުރެއްވި އެވެ. 

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާލީ ވިދާޅުވީ، މި ފަހުމުނާމާގެ ސަބަބުން ހޮރްމޫޒް ކަނޑު އޮޅި އަލުން ހުޅުވިގެން ދާނެ ކަމަށާއި، އެ ސަރަހައްދު ބަންދުވެފައި އޮތުމުގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން މީހުންނަށް ބޮޑެތި ގެއްލުން ތަކެއް ވެފައިވާ ކަަމަށެވެ. 

މީގެ އިތުރުން މާލީ ފާހަގަ ކުރެއްވި ގޮތުގައި، މި ފަހުމުނާމާ އަކީ އެމެރިކާ އިން ކުރި ހަނގުރާމައިގެ ނާާކާާމިޔާބީ ހާމަ ކޮށްދޭ ހެއްކެއް ކަމަށެވެ. ސަބަބަކީ، މި އެއްބަސްވުމުގެ އެންމެ ބޮޑު ކާމިޔާބީ އަކީ، ހަނގުރާމައިގެ ސަބަބުން ބަންދުވި ކަނޑުގެ މަގެއް އަލުން ހުޅުވުން ކަަމަށް ވާތީ ކަމަށް، މާލީ ވިދާޅުވި އެވެ. 

އީރާންގެ ނިއުކްލިއާ ޕްރޮގްރާމް އާއި، ޔުރޭނިއަމް މުއްސަނދި ކުރުން އަދި ދަތި ކުރުމުގެ ފިޔަވަޅު ތަކަށް ލުއި ދިނުން ފަދަ މުހިންމު މައްސަލަތައް އަދި ވެސް އޮތީ ހައްލު ނުވެ ކަމަށާއި، ހަނގުރާމައިގެ ކުރިއަށް ވުރެ މިހާރު މި މައްސަލަތައް ޙައްލު ކުރަން މާ އުނދަގޫ ވާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި އެވެ. 

އޮބާމާ ސަރުކާރުގެ ޑެޕިއުޓީ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރުގެ މަގާމު ފުރުއްވި ބެން ރޯޑްސް ވެސް ވަނީ މި މޭރުމުން ވާހަކަ ދައްކަވައިފަ އެވެ. އޭނާ ވިދާޅުވީ، މި އެއްބަސްވުމުގެ ސަބަބުން އަލުން ހުޅުވިގެން މިދިޔައީ ހަނގުރާމައިގެ ކުރިން ވެސް ހުޅުވިފައި އޮތް ކަނޑުގެ ސަރަހައްދެއް ކަމަށެވެ. އަދި މިހާރު ފެށިފައިވާ ނިއުކްލިއާ މަޝްވަރާ ތަކަކީ، ހަނގުރާމައިގެ ކުރިން އެމެރިކާގެ ރައީސް ޓްރަމްޕް ބޭނުންފުޅުވި މިންވަރަށް ވުރެ މާ ހަނި ދާއިރާއެއްގެ މަޝްވަރާ ތަކެއް ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވި އެވެ. 

ބެން ރޯޑްސް އިތުރަށް ވިދާޅުވީ، މި ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔެ އަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައިވާ އިރު، އީރާންގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑްސް (އައިއާރުޖީސީ) އިން އިސްވެ އޮންނަ އެ ގައުމުގެ ސަރުކާރު މިހާރު އޮތީ ކުރިއަށް ވުރެ ވަރުގަދަކޮށް ކަމަށް އެ ގައުމަށް އިހުސާސް ކުރެވޭ ކަމަށެވެ.

މިއީ އެމެރިކާގެ ރައީސް ޓްރަމްޕް، 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އުވާލައްވައި، އީރާންއާ ދެކޮޅަށް ގެންގުޅުއްވި ހަރުކަށި ސިޔާސަތު ތަކަށް އަމާޒުވި ބޮޑު ފާޑު ކިޔުމެކެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްބަރަކް އޮބާމާ

ކޮމެންޓް

އިތުރަށް ކިޔާލަން

އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް

އީރާންގެ އެއްބަސްވުން ދެމެހެއްޓުމަށް، އެމެރިކާ އިން އިޒްރޭލް އަށް ދޭ އެހީ ކަނޑާލަން ޖެހޭ: ޖޯ ކެންޓް

15 ޖޫން 2026
ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި

ޓްރަމްޕްގެ އުފަން ދުވަހު، ޕުޓިން އާއި ޒެލެންސްކީއާ ވަކިވަކިން މަޝްވަރާ ކުރައްވައިފި

15 ޖޫން 2026
އެމެރިކާާ އާއި އީރާން އިން އެއްބަސްވުމަކަށް އަތުވެއްޖެ، ހުކުރު ދުވަހު ރަސްމީކޮށް ސޮއި ކުރަނީ

އެމެރިކާާ އާއި އީރާން އިން އެއްބަސްވުމަކަށް އަތުވެއްޖެ، ހުކުރު ދުވަހު ރަސްމީކޮށް ސޮއި ކުރަނީ

15 ޖޫން 2026
ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ޤާއިމު ކުރުމުގައި އީރާން ބާކީ ނުކުރެވޭނެ: އީރާންގެ ފޮރިން މިނިސްޓަރު

ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަން ޤާއިމު ކުރުމުގައި އީރާން ބާކީ ނުކުރެވޭނެ: އީރާންގެ ފޮރިން މިނިސްޓަރު

14 ޖޫން 2026
ވަރުގަދަ ހަމަލާ ތަކަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އިޒްރޭލް އިން ބުނެފި

ވަރުގަދަ ހަމަލާ ތަކަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އިޒްރޭލް އިން ބުނެފި

14 ޖޫން 2026

އަހަރުތަކުން މިއަދު

14 ޖޫން
އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ
20251 އަހަރު ކުރިން
ދުނިޔެ

އީރާނުގެ ވަރުގަދަ ހަމަލާއެއް - ހައިފާ އާއި ތެލް އަވީވް އަށް މިސައިލްގެ ވާރޭ ވެހެނީ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
20242 އަހަރު ކުރިން
ރާއްޖެ

ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟
20233 އަހަރު ކުރިން
ރިޕޯޓު

ރާއްޖެއިން މަދުން ފެންނަ ކަމަށް ބުނެވެން ނެތް ''ގޯޝަރ'' ބަލީގެ ހަގީގަތަކީ ކޮބާ؟

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދިރާގު ފައިބަރ އިންޓަނެޓްގެ ހިދުމަތް ފެހެންދޫ އަށް

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިތުރު ފީޗާތަކާއެކު ބީއެމްއެލްގެ އައު އެޕް ތައާރަފްކުރަނީ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ
20197 އަހަރު ކުރިން
ރާއްޖެ

ޖޭއެސްސީގެ މައްސަލަ އަށް ހިޔާލު ފާޅުކޮށް ޓްވީޓް ކުރެވުނީ އޮޅުމަކުން: ފެނަކަ

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟
20188 އަހަރު ކުރިން
ރިޕޯޓު

އިންޑިއާ ހޭލައިފި، ދިވެހި ސަރުކާރަށް ކެތްވާނެ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު