Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާގެ

ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދެއްކި، މިއީ ރެކޯޑު އަދަދެއް

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗެނީގެ ޑޮކްޓަރު ޖޮނަތަން ރެއިނާ ވެސް ވިދާޅުވެފައި ވަނީ، 22 ޑޮކްޓަރުން ޗެކަޕްގައި ބައިވެރިވެފައި ވުމަކީ ގިނަ އަދަދެއް ކަމަށް. އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނީ، 22 ޑޮކްޓަރުންގެ ތެރޭގައި އާންމު ޑޮކްޓަރުން ވެސް ހިމެނޭ ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2026 | ބުރާސްފަތި 08:36
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ގެޓީ އިމޭޖަސް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެންމެ ފަހުން ހެއްދެވި މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދައްކަވާފައިވާ ކަމަށް ހާމަވެއްޖެ އެވެ.

އެންމެ ފަހުން މިދިޔަ މެއި މަހުގެ ތެރޭގައި ޓްރަމްޕް ވަނީ މެޑިކަލް ޗެކަޕް ހައްދަވައިފަ އެވެ. އެއީ 13 މަސް ދުވަހުގެ ތެރޭގައި ޓްރަމްޕް ޗެކަޕް ހައްދަވަން ވަޑައިގެންނެވި ތިން ވަނަ ފަހަރެވެ. އެ ފަހަރު ޓްރަމްޕް 22 ޑޮކްޓަރުންނަށް ދައްކަވާފައިވާ ކަމަށް ހާމަވެފައިވާއިރު، މިއީ ކުރީގެ ޗެކަޕްތަކާ އަޅާ ބަލާއިރު ދެ ގުނަ އިތުރު އަދަދެއް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. 

އެހެން ކަމުން މިއީ އެމެރިކާގެ ރައީސެއްގެ ޗެކަޕެއްގައި އެންމެ ގިނަ ޑޮކްޓަރުން ބައިވެރިވެފައިވާ ފަހަރު ކަމަށް ރިޕޯޓު ތަކުގައި ބުނެފައިވެ އެވެ. މިކަމާ ގުޅިގެން ވޮޝިންޓަން ޕޯސްޓަށް މައުލޫމާތު ދެމުން ޞިއްޙީ ދާއިރާގެ ތަޖުރިބާކާރުން ބުނީ، މި އަދަދަކީ އާދައިގެ އަދަދު ތަކެއް ނޫން ކަމަށެވެ. އަދި މިކަމުގެ ސަބަބުން ޓްރަމްޕްގެ ޞިއްޙީ ޙާލަތާ މެދު އިތުރު ކަންބޮޑުވުން ތަކެއް އޮތް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައި އެވެ. 

އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗެނީގެ ޑޮކްޓަރު ޖޮނަތަން ރެއިނާ ވެސް ވިދާޅުވެފައި ވަނީ، 22 ޑޮކްޓަރުން ޗެކަޕްގައި ބައިވެރިވެފައި ވުމަކީ ގިނަ އަދަދެއް ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސް އިން ބުނީ، 22 ޑޮކްޓަރުންގެ ތެރޭގައި އާންމު ޑޮކްޓަރުން ވެސް ހިމެނޭ ކަމަށެވެ. 

މެއި މަހު ހެއްދެވި ޗެކަޕަށް ފަހު ޓްރަމްޕްގެ ޑޮކްޓަރު ޝޯބް ބާބަބެއްލާ ވިދާޅުވެފައި ވަނީ، މިހާރު ވެސް ޓްރަމްޕް ހުންނެވީ ވަރަށް ރަނގަޅު ޞިއްޙީ ޙާލަތެއްގައި ކަމަށެވެ. އަދި ޓްރަމްޕްގެ ހިތުގެ މަސައްކަތާއި، ނޭވާލުމުގެ ނިޒާމާއި، ނާރުތަކުގެ މަސައްކަތް އަދި ހަށިގަނޑުގެ އާންމު މަސައްކަތްތައް ވަރަށް ރަނގަޅު ކަމަށް ވެސް ޑޮކްޓަރު ވަނީ ވިދާޅުވެފައި އެވެ. ޗެކަޕަށް ފަހު ޓްރަމްޕް ވެސް ވިދާޅުވެފައި ވަނީ، އޭނާގެ ޗެކަޕް ވަރަށް ފުރިހަމަ ކަމަށާއި، އޭނާ ހުންނެވީ ވަރަށް ފިޓުކޮށް ކަމަށެވެ. 

ޓްރަމްޕްގެ މި ފަހަރުގެ ޗެކަޕަށް ގިނަ ބައެއްގެ ސަމާލުކަން ލިބުނީ، ގާތް ގާތުގައި ޗެކަޕް ހައްދަވަން ވަޑައިގެންނެވުމުންނެވެ. އެގޮތުން މިދިޔަ އަހަރުގެ އޯގަސްޓު މަހުގެ ތެރޭގައި އަހަރީ ޗެކަޕް ހައްދަވާފައިވާއިރު، ކުއްލި އަކަށް މެއި މަހު ޗެކަޕް ހައްދަވަން ވަޑައިގެންނެވުމުން ގިނަ ބަޔަކު ކަންބޮޑުވުން ފާޅު ކޮށްފައިވެ އެވެ. 

ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕަށް ފަހު، ޑޮކްޓަރުން ތަައްޔާރު ކުރެއްވި ރިޕޯޓުގައި ވަނީ ބަރުދަން ލުއި ކުރުމަށް އިރުޝާދު ދެއްވާފައި އެވެ. އެގޮތުން އިސްކޮޅުގައި ހަ ފޫޓު ތިން އިންޗި ހުންނަ ޓްރަމްޕްގެ ބަރުދަނަކީ މިހާރު 108 ކިލޯ ގްރާމް ކަމަށް ފާހަގަ ކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އޭޕްރީލް މަހު ހެދި މެޑިކަލްއާ އަޅާ ބަލާއިރު، 6.4 ކިލޯ ގްރާމްގެ އިތުރު ވުމެކެވެ.

އެހެންކަމުން ކެއުމަށް ބަދަލު ގެނައުމަށާއި، ކަސްރަތު އިތުރު ކުރުމަށް ޑޮކްޓަރު ވަނީ ލަފާ ދެއްވާފަ އެވެ. ނަމަވެސް ޓްރަމްޕްގެ އުމުރު އޭނާގެ އަސްލު އުމުރަށް ވުރެ 14 އަހަރު ހަގު ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވި އެވެ. މީގެ އިތުރުން ސިކުނޑީގެ ގާބިލުކަން ދެނެގަތުމަށް ހެދި ޓެސްޓުން ޓްރަމްޕް ވަނީ 30 އަކުން 30 މާކްސް ހޯއްދަވާފައި އެވެ.

އެމެރިކާވައިޓް ހައުސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

11 ޖޫން 2026

އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ: ބިލް ގޭޓްސް

11 ޖޫން 2026
އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ: ބިލް ގޭޓްސް
11 ޖޫން 2026

އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

11 ޖޫން 2026
އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
09 ޖޫން 2026

އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި

09 ޖޫން 2026
އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި
09 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް

09 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅީގެ ބްލޮކޭޑް އަކީ ބޮން އެޅުމަށް ވުރެ ގެއްލުން ބޮޑު ކަމެއް: ޓްރަމްޕް
09 ޖޫން 2026

ހޮރްމޫޒް ކަނޑު އޮޅި ކައިރި އަށް ވެއްޓުނު އެމެރިކާގެ ހެލިކޮޕްޓަރުގެ ޕައިލެޓުން ސަލާމަތް ކޮށްފި

09 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅި ކައިރި އަށް ވެއްޓުނު އެމެރިކާގެ ހެލިކޮޕްޓަރުގެ ޕައިލެޓުން ސަލާމަތް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު