Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

80 އަހަރު ވުމަކީ އުފާވާ ކަމެއް ނޫން، ތަހުނިޔާ ކިޔާނެ ކަމެއް ނެތް: ޓްރަމްޕް

ސެންޓާސް ފޯ މެޑިކެއަރ އެންޑް މެޑިކެއިޑް ސާވިސަސްގެ އެޑްމިނިސްޓްރޭޓަރ ޑޮކްޓަރު މެހްމެޓް އޯޒްއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އުމުރުން 80 އަހަރު ފުރުމަކީ އޭނާ މާ ބޮޑަށް އުންމީދު ކުރެއްވި ކަމެއް ނޫން ކަމަށް. ޔޫއެސްއޭ ޓުޑޭ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ އޭނާ އަށް އުފަން ދުވަހުގެ ތަހުނިޔާ ނުކިޔުމަށް ވެސް ވިދާޅުވެފައިވޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2026 | އާދީއްތަ 12:58
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް. | ރޮއިޓާސް

އެމެރިކާގެ ރައީސް ޑޮނަލްޑްގެ އުމުރުން 80 އަހަރު ފުރުނުއިރު، އެއީ އުފާވާ ކަމެއް ނޫން ކަމަށާއި، އުފަން ދުވަހުގެ ތަހުނިޔާ ނުފޮނުވުމަށް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އާދީއްތަ ދުވަހު ޓްރަމްޕްގެ އުމުރުފުޅުން 80 އަހަރު ވެފައިވާއިރު، މިއީ ޓްރަމްޕްގެ ޙަޔާތުގައި ވަރަށް މުހިންމު މަރުޙަލާ އަކަށް ވާނެ އެވެ. އެހެން ނަމަވެސް، ޓްރަމްޕް ވިދާޅުވެފައި ވަނީ މިއީ އޭނާ ބޮޑަށް އިންތިޒާރު ކުރެއްވި ދުވަހެއް ނޫން ކަމަށެވެ. 

ސެންޓާސް ފޯ މެޑިކެއަރ އެންޑް މެޑިކެއިޑް ސާވިސަސްގެ އެޑްމިނިސްޓްރޭޓަރ ޑޮކްޓަރު މެހްމެޓް އޯޒްއާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އުމުރުން 80 އަހަރު ފުރުމަކީ އޭނާ މާ ބޮޑަށް އުންމީދު ކުރެއްވި ކަމެއް ނޫން ކަމަށެވެ. ޔޫއެސްއޭ ޓުޑޭ އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ޓްރަމްޕް ވަނީ އޭނާ އަށް އުފަން ދުވަހުގެ ތަހުނިޔާ ނުކިޔުމަށް ވެސް ވިދާޅުވެފަ އެވެ. 

މިކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އުމުރުން 80 އަހަރު ފުރުމަކީ އޭނާ މީގެ ކުރިން ދުވަހަކު ވެސް މާ ބޮޑަށް ވިސްނާފައިވާ ކަމެއް ނޫން ކަމަށެވެ. އަދި އެއީ އޭނާ ގަޔާވާ އަދަދެއް ވެސް ނޫން ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ. އެހެން ނަމަވެސް، މިއަދު އުމުރުން 80 އަހަރު ވެފައިވާ ކަމަށް ޓްރަމްޕް ވަނީ ފާހަގަ ކުރައްވައިފަ އެވެ. 

ޓްރަމްޕްގެ އުމުރުފުޅުން 80 އަހަރު ވެފައިވާއިރު، އޭނާ އަކީ އެމެރިކާގެ ތާރީޚުގައި ވެރިކަމުގައި ހުންނެވި އެންމެ ދުވަސްވީ ރައީސް އެވެ. މިހާރު ދެ ވަނަ ދައުރަކަށް ވެރިކަން ކުރައްވަމުން ގެންދަވާ ޓްރަމްޕް އަކީ، އެމެރިކާގެ ސިޔާސީ މައިދާނުގައި އަދިވެސް ވަރަށް ޙަރަކާތްތެރި ބޭފުޅެކެވެ. 

ޓްރަމްޕްގެ އުމުރުފުޅުން 80 އަހަރުވުމާ ގުޅިގެން، އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް ބޭއްވުމަށް ވެސް ވަނީ ނިންމައިފަ އެވެ. ވައިޓް ހައުސްގެ ބަގީޗާގައި މި މުބާރާތް ބާއްވާއިރު، މިއީ އެ ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތައް ވާނެ އެވެ.

އެމެރިކާވައިޓް ހައުސްއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އިތުރަށް ކިޔާލަން

14 ޖޫން 2026

ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަން، ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް

14 ޖޫން 2026
ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަން، ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް
14 ޖޫން 2026

އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި

14 ޖޫން 2026
އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި
14 ޖޫން 2026

އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ

14 ޖޫން 2026
އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ
11 ޖޫން 2026

ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދެއްކި، މިއީ ރެކޯޑު އަދަދެއް

11 ޖޫން 2026
ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދެއްކި، މިއީ ރެކޯޑު އަދަދެއް
11 ޖޫން 2026

އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ: ބިލް ގޭޓްސް

11 ޖޫން 2026
އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ: ބިލް ގޭޓްސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު