Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެމެރިކާ

ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރަން، ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް

މި މުބާރާތަށް 60 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ނިންމާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނަކީ ޓްރަމްޕް އަށް ވަރަށް މަޤުބޫލު ކުޅުންތެރިން ތަކެއް ކަމަށް ބުނެފައިވޭ. ޚާއްސަކޮށް މި ކުޅިވަރަކީ ޓްރަމްޕް އަށް ޚާއްސަ، އަދި އޭނާ ވަރަށް ގަޔާވާ ކުޅިވަރެއްގެ ގޮތުގައި ފާހަގަ ވެފައިވާ ކުޅިވަރެއް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2026 | އާދީއްތަ 10:13
ވައިޓް ހައުސްގެ ސައުތު ލޯން ނުވަތަ ދެކުނު ފަރާތު ގޯތި ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫއެފްސީ ފްރީޑަމް 250" މުބާރާތުގެ ކުރިމަތިލުން ތަކަށް ތައްޔާރު ކޮށްފައިވާ ސެޓަޕް.

ވައިޓް ހައުސްގެ ސައުތު ލޯން ނުވަތަ ދެކުނު ފަރާތު ގޯތި ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ "ޔޫއެފްސީ ފްރީޑަމް 250" މުބާރާތުގެ ކުރިމަތިލުން ތަކަށް ތައްޔާރު ކޮށްފައިވާ ސެޓަޕް. | ގެޓީ އިމޭޖަސް

އެމެރިކާާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ 80 ވަނަ އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން، ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް ބާއްވަން ނިންމައިފި އެވެ. 

އާދިއްތަ ދުވަހު ޓްރަމްޕް އަށް 80 އަހަރު ފުރިފައިވާއިރު، ޓްރަމްޕް އަކީ އެމެރިކާގެ ތާރީޚުގައި ވެސް ދުވަސްވީ ރައީސް އެވެ. ޓްރަމްޕް އުފަން ދުވަސް ފާހަގަ ކުރުމުގެ ގޮތުން ވައިޓް ހައުސްގައި ޔޫއެފްސީ މުބާރާތެއް ބާއްވަން ނިންމާފައިވާއިރު، ގިނަ ބައެއްގެ ސަމާލުކަން ވަނީ އެކަމަށް ލިބިގެން ގޮސްފައި އެވެ. 

ޔޫއެފްސީ ފްރީޑަމް 350 ގެ ނަމުގައި ބާއްވާ މި މުބާރާތުގައި ފައިޓިން ޗެމްޕިއަންޝިޕްގެ 14 ތަރިންގެ ގޮތުގައި ފާހަގަ ކުރެވޭ ކުޅުންތެރިން، ދަ ކްލޯގެ ނަމުގައި ހަދާފައިވާ ބޮޑު އެރީނާއެއްގައި ވާދަ ކުރާނެ އެވެ. މި މުބާރާތަކީ އެމެރިކާގެ މިނިވަން ކަމުގެ 250 ވަނަ އަހަރު ފާހަގަ ކުރުމުގެ ޙަރަކާތެއްގެ ގޮތުގައި ހިމަނާފައި ވީ ނަމަވެސް، މިއީ ޓްރަމްޕް އަށް 80 އަހަރު ފުރުން ފާހަގަ ކުރުމުގ ޙަރަކާތެއް ކަމަށް ރިޕޯޓު ތަކުގައި ވަނީ ބުނެފައި އެވެ. 

މި މުބާރާތަށް 60 މިލިއަން އެމެރިކާ ޑޮލަރު ޚަރަދު ކުރުމަށް ނިންމާފައިވާއިރު، މުބާރާތުގައި ބައިވެރިވާ ކުޅުންތެރިންނަކީ ޓްރަމްޕް އަށް ވަރަށް މަޤުބޫލު ކުޅުންތެރިން ތަކެއް ކަމަށް ބުނެފައިވެ އެވެ. ޚާއްސަކޮށް މި ކުޅިވަރަކީ ޓްރަމްޕް އަށް ޚާއްސަ، އަދި އޭނާ ވަރަށް ގަޔާވާ ކުޅިވަރެއްގެ ގޮތުގައި ފާހަގަ ވެފައިވާ ކުޅިވަރެކެވެ. 

މިއަހަރުގެ މެއި މަހުގެ ތެރޭގައި ޓްރަމްޕް ވަނީ، މި މުބާރާތުގައި ވާދަ ކުރާ ކުޅުންތެރިންނާ ވައިޓް ހައުސްގައި ބައްދަލު ކުރައްވައިފަ އެވެ. އަދި މި މުބާރާތަކީ ވަރަށް ޚާއްސަ ޙަރަކާތަކަށް ވާނެ ކަމުގައި ވެސް އެ ދުވަހު ޓްރަމްޕް ވިދާޅުވެފައި އެވެ. ވައިޓް ހައުސް އިން ބުނެފައި ވަނީ، މި މުބާރާތުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ޔޫއެފްސީ އިން ކަމަށެވެ. 

ޔޫއެފްސީގެ ޗީފް ކޮންޓެންޓް އޮފިސަރު ކްރެއިގް ބޯސަރީ ވިދާޅުވީ، މިއީ ކުޅިވަރު ސިޔާސަތާ އެކުލެވޭ އަދި ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. މި ހަފްތާގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޯސަރީ ވިދާޅުވީ، މިއީ ޤައުމާއި އެތުލީޓުން ފާހަގަ ކުރުމަށް ލިބުނު ވަރަށް ހާއްސަ ފުރުސަތެއް ކަމަށެވެ.

މި މުބާރާތަކީ އެމެރިކާގެ ތާރީހުގައި ވައިޓް ހައުސްގެ ބަގީޗާގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު ހަރަކާތަށް ވެގެންދާނެ އެވެ.

މަސްދަރު: އޭއެފްޕީ

އެމެރިކާއެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވައިޓް ހައުސްޔޫއެފްސީޔޫއެފްސީ ފްރީޑަމް 250

އިތުރަށް ކިޔާލަން

14 ޖޫން 2026

އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި

14 ޖޫން 2026
އިންގްލެންޑު ޓީމުގެ ސާމާނުތައް ވަގަށް ނެގި މައްސަލައިގައި ދެ މީހަކަށް ދައުވާ ކޮށްފި
14 ޖޫން 2026

އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ

14 ޖޫން 2026
އީރާންގެ ހަތަރު މީހަކަަށް ވިސާ ދޭން ނިންމިއިރު، 11 މީހުންނަަށް ނުލިބޭ
11 ޖޫން 2026

ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދެއްކި، މިއީ ރެކޯޑު އަދަދެއް

11 ޖޫން 2026
ޓްރަމްޕްގެ އެންމެ ފަހުގެ މެޑިކަލް ޗެކަޕްގައި 22 ޑޮކްޓަރުންނަށް ދެއްކި، މިއީ ރެކޯޑު އަދަދެއް
11 ޖޫން 2026

އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ: ބިލް ގޭޓްސް

11 ޖޫން 2026
އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ: ބިލް ގޭޓްސް
11 ޖޫން 2026

އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި

11 ޖޫން 2026
އީރާން އަށް "ވަރުގަދަ" ހަމަލާ ތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ދެއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު