Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއެޕްސްޓީން ފައިލްސް

އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ: ބިލް ގޭޓްސް

ބިލް ގޭޓްސް ވިދާޅުވީ، އެޕްސްޓީންގެ މިލްކިއްޔާތުގައި އޮތް އެއްވެސް ރަށަކަށް ވެސް، އަދި އެމެރިކާގެ ފްލޮރިޑާގައި ހުންނަ އޭނާގެ އެއްވެސް ގެޔަކަށް ދުވަހަކު ވެސް ގޮސްފައި ނުވާނެ ކަމަށް. އަދި ބިލް ގޭޓްސް ވަނީ އޭނާގެ ފަރާތުން އެއްވެސް މީހަކަށް ޖިންސީ ގޯނާއެއް އަދި ޖިންސީ އަނިޔާއެއް ލިބިފައި ނުވާނެ ކަމުގެ ޔަޤީންކަން ވެސް ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 11 ޖޫން 2026 | ބުރާސްފަތި 08:13
މައިކްރޯސޮފްޓްގެ ކޯ ފައުންޑަރ ބިލް ގޭޓްސް.

މައިކްރޯސޮފްޓްގެ ކޯ ފައުންޑަރ ބިލް ގޭޓްސް. | ގެޓީ އިމޭޖަސް

އެމެރިކާގެ ޖިންސީ ކުށްވެރިިޔާ ޖެފްރީ އެޕްސްޓީންއާ ގުޅިގެން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ ކަމަށް، މައިކްރޯސޮފްޓްގެ ކޯ ފައުންޑަރ ބިލް ގޭޓްސް ވިދާޅުވެއްޖެ އެވެ. 

ބިލް ގޭޓްސް މިހެން ވިދާޅުވީ، އެމެރިކާގެ ޤާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ކުރެއްވި ސުވާލު ތަކަށް ޖަވާބު ދެއްވަމުންނެވެ. ބިލް ގޭޓްސް ވިދާޅުވީ، އޭނާ އާއި އެޕްސްޓީންއާ އޮތް ގުޅުމުގެ ތެރެއިން އެއްވެސް މީހަކަށް އަނިޔާވެރި ވެފައި ނުވާނެ ކަމަށެވެ. 

އެމެރިކާގެ ހައުސް އޯވަސައިޓް ކޮމެޓީ އިން ސިއްރު ކޮށްގެން ކުރިއަށް ގެންދިޔަ މި އަޑު އެހުމަށް ތައްޔާރު ކުރި ބަޔާނުގައި ބިލް ގޭޓްސް ވިދާޅުވީ، އެއްވެސް ކަހަލަ ޖިނާއީ ކުށެއްގައި އެޕްސްޓީން ބައިވެރިވެފައިވާ ކަމުގެ ނުވަތަ އުޅެފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.

ހަމަ އެހެންމެ، އެފަދަ އެއްވެސް ކަމެއްގެ މައުލޫމާތު ވެސް ލިބިފައި ނުވާ ކަމަށް ވެސް ބިލް ގޭޓްސް ވަނީ ވިދާޅުވެފައި އެވެ. ބިލް ގޭޓްސްގެ މި ބަޔާން ވަނީ އޭނާގެ އަމިއްލަ ވެބްސައިޓުގައި އާންމު ކޮށްފައި އެވެ. 

މީގެ އިތުރުން ބިލް ގޭޓްސް ވިދާޅުވީ، އެޕްސްޓީންގެ މިލްކިއްޔާތުގައި އޮތް އެއްވެސް ރަށަކަށް ވެސް، އަދި އެމެރިކާގެ ފްލޮރިޑާގައި ހުންނަ އޭނާގެ އެއްވެސް ގެޔަކަށް ދުވަހަކު ވެސް ގޮސްފައި ނުވާނެ ކަމަށެވެ. އަދި ބިލް ގޭޓްސް ވަނީ އޭނާގެ ފަރާތުން އެއްވެސް މީހަކަށް ޖިންސީ ގޯނާއެއް އަދި ޖިންސީ އަނިޔާއެއް ލިބިފައި ނުވާނެ ކަމުގެ ޔަޤީންކަން ވެސް ދީފައި އެވެ. 

މި އަޑު އެހުމަކީ އެޕްސްޓީން އާއި ދުނިޔޭގެ ނުފޫޒު ގަދަ ޝަޚުސިއްޔަތު ތަކާ އޮތް ގުޅުން ބެލުމަށް އެމެރިކާގެ ކޮންގްރެސް އިން ކުރިއަށް ގެންދާ ތަހުގީގެކެވެ. މީގެ ކުރިން ބިލް ގޭޓްސް ވަނީ، އެޕްސްޓީންއާ ބައްދަލު ކުރެވިފައި ވާތީ އެކަމާ ހިތާމަ ކުރައްވާ ކަމަށް ވެސް ވިދާޅުވެފައި އެވެ. 

މަސްދަރު: އޭއެފްޕީ

އެމެރިކާމައިކްރޮސޮފްޓްބިލް ގޭޓްސްއެޕްސްޓީން ފައިލްސްޖެފްރީ އެޕްސްޓީން

އިތުރަށް ކިޔާލަން

10 ޖޫން 2026

އެޕްސްޓީންއާ އޮތް ގުޅުމާ ގުޅޭގޮތުން ސުވާލުކުރުމަށް ބިލް ގޭޓްސް ކޮންގްރެސްއަށް ހާޒިރުވަނީ

10 ޖޫން 2026
އެޕްސްޓީންއާ އޮތް ގުޅުމާ ގުޅޭގޮތުން ސުވާލުކުރުމަށް ބިލް ގޭޓްސް ކޮންގްރެސްއަށް ހާޒިރުވަނީ
09 ޖޫން 2026

އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި

09 ޖޫން 2026
އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި
05 ޖޫން 2026

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހުރިހާ ފަރާތަކުން ގަބޫލުކުރާތާ 24 ގަޑިއިރު ތެރޭ އެއަށް އަމަލު ކުރަން ފެށޭނެ: ލުބުނާނުގެ ރައީސް

05 ޖޫން 2026
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ހުރިހާ ފަރާތަކުން ގަބޫލުކުރާތާ 24 ގަޑިއިރު ތެރޭ އެއަށް އަމަލު ކުރަން ފެށޭނެ: ލުބުނާނުގެ ރައީސް
04 ޖޫން 2026

އޮބާމާގެ 850 މިލިއަން ޑޮލަރުގެ ޕްރެޒިޑެންޝަލް ސެންޓަރު ހުޅުވަނީ

04 ޖޫން 2026
އޮބާމާގެ 850 މިލިއަން ޑޮލަރުގެ ޕްރެޒިޑެންޝަލް ސެންޓަރު ހުޅުވަނީ
04 ޖޫން 2026

ވޭންސް އާއި ރޫބިއޯ ވާދަކުރަންވީ އެކުގައި، ބަލި ކުރަން އުނދަގޫ ވާނެ: ޓްރަމްޕް

04 ޖޫން 2026
ވޭންސް އާއި ރޫބިއޯ ވާދަކުރަންވީ އެކުގައި، ބަލި ކުރަން އުނދަގޫ ވާނެ: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު