Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއީރާން ހަނގުރާމަ

ފައިނަލް އެއްބަސްވުމަކާ ހަމައަށް ދެވެންދެން، އީރާންއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު ނާޅަން އެމެރިކާ އިން އެއްބަސްވެއްޖެ

މި މެމޮރެންޑަމްގައި ހިމެނޭ މައިގަނޑު ނުކުތާ އަކީ، އެމެރިކާ އިން އީރާންއާ ދެކޮޅަށް އައު އިގްތިސާދީ ފިޔަވަޅު ތަކެއް، ނުވަތަ ދަތި ކުރުން ތަކެއް ނޭޅުން. މިއީ ދެ ގައުމުގެ ދެ މެދުގައި ފުޅާ އެއްބަސްވުމަކަށް ވާސިލު ވުމަށް މަގުފަހި ކޮށްދޭނެ ފިޔަވަޅެއް ކަމަށް ދިރާސާ ކުރާ ފަރާތް ތަކުން ދެކޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 14 ޖޫން 2026 | އާދީއްތަ 13:04
އީރާންގެ ވެރި ރަށް ތެހެރާންގެ މަގު މަތީގައި ބަހައްޓާފައި ހުރި އީރާންގެ މިސައިލެއްގެ ރަމްޒެއް ނުވަތަ ނަމޫނާއެއްގެ ކައިރިން މީހަކު ހިނގާފައި ދަނީ.

އީރާންގެ ވެރި ރަށް ތެހެރާންގެ މަގު މަތީގައި ބަހައްޓާފައި ހުރި އީރާންގެ މިސައިލެއްގެ ރަމްޒެއް ނުވަތަ ނަމޫނާއެއްގެ ކައިރިން މީހަކު ހިނގާފައި ދަނީ. | ރޮއިޓާސް

އެމެރިކާ އާއި އީރާންއާ ދެމެދު ކުރިއަށްދާ މަޝްވަރާ ތަކުގައި މުހިންމު ކުރިއެރުމެއް ލިބިފައިވާ ކަމަށް، އީރާންގެ އިސްވެރިޔަކު ހާމަ ކޮށްފި އެވެ. 

އީރާންގެ އިސްވެރިޔަކު ވިދާޅުވެފައި ވަނީ، ދެ ޤައުމުގެ ދެ މެދުގައި އެކުލަވާލާފައިވާ މެމޮރެންޑަމެއްގައި، ފައިނަލް އެއްބަސްވުމަަކަށް ދެ ޤައުމުން ވާސިލު ވަންދެން، އީރާންއާ ދެކޮޅަށް އައު ފިޔަވަޅު ތަކެއް ނާޅަން އެމެރިކާ އިން އެއްބަސްވެފައިވާ ކަމަށެވެ. 

ރޮއިޓާސް އަށް މައުލޫމާތު ދެއްވަމުން އީރާންގެ އިސް އޮފިޝަލަކު ވިދާޅުވީ، މި މެމޮރެންޑަމް އަކީ ދެ ޤައުމުގެ ދެ މެދުގައި އިތުބާރު ބިނާ ކުރުމަށް އެޅޭނެ މުހިންމު ފިޔަވަޅެކެވެ. އެހެން ނަމަވެސް، މި މައުލޫމާތު ހާމަ ކުރުމުގައި އެ އިސްވެރިޔާގެ ނަން ހާމަ ނުކުރަން އެދިވަޑައިގަންނަވާ ކަމަށް ރޮއިޓާސްގައި ވަނީ ބުނެފައި އެވެ. 

މި މެމޮރެންޑަމްގައި ހިމެނޭ މައިގަނޑު ނުކުތާ އަކީ، އެމެރިކާ އިން އީރާންއާ ދެކޮޅަށް އައު އިގްތިސާދީ ފިޔަވަޅުތަކެއް، ނުވަތަ ދަތި ކުރުން ތަކެއް ނޭޅުމެވެ. މިއީ ދެ ގައުމުގެ ދެ މެދުގައި ފުޅާ އެއްބަސްވުމަކަށް ވާސިލު ވުމަށް މަގުފަހި ކޮށްދޭނެ ފިޔަވަޅެއް ކަމަށް ދިރާސާ ކުރާ ފަރާތް ތަކުން ދެކެ އެވެ.

އެމެރިކާ އާއި އީރާންއާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައި އެވެ. ޚާއްސަކޮށް އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅިގެން، ދެ ގައުމުގެ ދެ މެދުގައި ބޮޑެތި ޚިލާފު ތަކެއް އޮވެ އެވެ. އެމެރިކާ އިން އީރާންއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު ތަކެއް ވަނީ އަޅައިފަ އެވެ. އީރާން އިން ބާރު އަޅަމުން އަންނަނީ އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށެވެ. 

މި މެމޮރެންޑަމް އަކީ ދެ ގައުމުގެ މެދުގައި ދިގު މުއްދަތަކަށް ދެމި އޮތް ނުތަނަވަސްކަން ހައްލު ކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅު ކަމުގައިވާ ނަމަ، މި މަޝްވަރާ ތަކުގެ ނަތީޖާ އަކީ ކޮބައިކަން ދުނިޔޭގެ ސިޔާސީ ދާއިރާ ތަކުން ވަރަށް ބޮޑަށް ބަލަމުން ގެންދާނެ އެވެ. އީރާންގެ ނިއުކްލިއާ ޕްރޮގްރާމްއާ ގުޅިގެން ބައިނަލްއަގްވާމީ މުޖުތަމައުގައި އޮތް ކަންބޮޑުވުންތައް ހައްލު ކުރެވިދާނެ ކަމަށް އުންމީދު ކުރެވެ އެވެ.

މި މެމޮރެންޑަމްގެ ތަފްސީލްތައް އަދި ފުރިހަމަ އަށް ހާމަ ކޮށްފައި ނުވެ އެވެ. އެހެން ނަމަވެސް، މި މައުލޫމާތު ހާމަވުމުން ދެ ގައުމުގެ މެދުގައި ގުޅުން ރަނގަޅު ކުރުމަށް ކުރިއަށްދާ މަސައްކަތް ތަކަށް ވަރަށް ބޮޑު އިތުބާރެއް ލިބިގެން ދާނެ ކަމަށް ބެލެވެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އީރާން-އެމެރިކާއީރާން-އިޒްރޭލްއެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އީރާން ނިއުކްލިއަރ ޕްރޮގްރާމްއިގްތިސާދީ ފިޔަވަޅުތައް

އިތުރަށް ކިޔާލަން

14 ޖޫން 2026

ސުލްޙައިގެ އެއްބަސްވުމާ މެދު އީރާން އިން ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެފި

14 ޖޫން 2026
ސުލްޙައިގެ އެއްބަސްވުމާ މެދު އީރާން އިން ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެފި
14 ޖޫން 2026

ސުލްޙައިގެ މަޝްވަރާ ތަކަށް ޤަތަރުގެ ވަފުދެއް އީރާން އަށް

14 ޖޫން 2026
ސުލްޙައިގެ މަޝްވަރާ ތަކަށް ޤަތަރުގެ ވަފުދެއް އީރާން އަށް
14 ޖޫން 2026

އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި

14 ޖޫން 2026
އެމެރިކާ އާއެކު ސުލްހައިގެ އެއްބަސްވުމުގައި ސޮއި ކުރާތީ އީރާނުގެ އެތައް ބަޔަކު އެ ގައުމުގެ ޚާރިޖީ ވަޒީރާ ދެކޮޅަށް މުޒާހަރާ ކޮށްފި
14 ޖޫން 2026

"ނަތަންޔާހޫ އަށް ނާކާމިޔާބުވެ" އީރާނާއި އެމެރިކާއާ ދެމެދު ވެވޭ އެއްބަސްވުމުގެ ސަބަބުން އިޒްރޭލުގެ ހަނގުރާމައިގެ މަގްސަދުތައް ހާސިލްނުވާނެ: ލެޕިޑް

14 ޖޫން 2026
"ނަތަންޔާހޫ އަށް ނާކާމިޔާބުވެ" އީރާނާއި އެމެރިކާއާ ދެމެދު ވެވޭ އެއްބަސްވުމުގެ ސަބަބުން އިޒްރޭލުގެ ހަނގުރާމައިގެ މަގްސަދުތައް ހާސިލްނުވާނެ: ލެޕިޑް
14 ޖޫން 2026

ޓްރަމްޕް: އީރާނާ އެކު ސުލްހައިގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނަން

14 ޖޫން 2026
ޓްރަމްޕް: އީރާނާ އެކު ސުލްހައިގެ އެއްބަސްވުމުގައި އާދީއްތަ ދުވަހު ސޮއިކުރާނަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު