Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިޒްރޭލް

ވަރުގަދަ ހަމަލާ ތަކަކަށް ތައްޔާރު ވަމުން އަންނަ ކަމަށް އިޒްރޭލް އިން ބުނެފި

މި ނުރައްކާތެރި ހާލަތާ ގުޅިގެން އިޒްރޭލްގެ ދިފާއީ ބާރު ތަކުން ވަނީ ސަމާލުކަން އިތުރުކޮށް، ގައުމުގެ އެކި ސަރަހައްދު ތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި. އަދި ކުރިއަށް އޮތް ގަޑިއިރު ތަކަކީ ނުރައްކާތެރި ވަގުތު ތަކަކަށް ވެދާނެތީ، އަސްކަރިއްޔާގެ ހުރިހާ ގުނަވަން ތަކެއް މިހާރު އޮތީ އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ހާލަތެއްގައި ކަމަށް ވެސް އެ ގައުމުގެ އަސްކަރީ ތަރުޖަމާނާ ހަވާލާދީ ރިޕޯޓުތައް ބުނޭ.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 14 ޖޫން 2026 | އާދީއްތަ 15:25
އިޒްރޭލްގެ އުތުރުގައިވާ އަޕަރ ގަލީލީ ސަރަހައްދުން ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ، އެ ގައުމާ ދެކޮޅަށް ފޮނުވާލާފައިވާ ހަމަލާތައް ހުއްޓުވުމަށްޓަކައި، އިޒްރޭލްގެ "އަޔަން ޑޯމް" މިސައިލް ޑިފެންސް ސިސްޓަމުން ފޮނުވާލި މިސައިލެއް އުޑު މަތިން ދަތުރު ކުރަމުންދާ މަންޒަރު.

އިޒްރޭލްގެ އުތުރުގައިވާ އަޕަރ ގަލީލީ ސަރަހައްދުން ނަގާފައިވާ މި ފޮޓޯ އިން ފެންނަނީ، އެ ގައުމާ ދެކޮޅަށް ފޮނުވާލާފައިވާ ހަމަލާތައް ހުއްޓުވުމަށްޓަކައި، އިޒްރޭލްގެ "އަޔަން ޑޯމް" މިސައިލް ޑިފެންސް ސިސްޓަމުން ފޮނުވާލި މިސައިލެއް އުޑު މަތިން ދަތުރު ކުރަމުންދާ މަންޒަރު. | ރޮއިޓާސް

ކުރިއަށް އޮތް މަދު ގަޑިއިރު ތަކެއްގެ ތެރޭގައި އެ ޤައުމަށް އަމާޒުކޮށް ވަރުގަދަ ހަމަލާ ތަކެއް އަތުވެދާނެ ކަމަށް ބަލައި، އެކަމަށް ފުރިހަމަ އަށް ތައްޔާރު ވަމުން އަންނަ ކަމަށް އިޒްރޭލްގެ އަސްކަރިއްޔާ އިން ހާމަ ކޮށްފި އެވެ. 

އިޒްރޭލްގެ އަސްކަރިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިޒްރޭލްގެ ސަރަހައްދު ތަކަށް އަމާޒުކޮށް ހަމަލާ ތަކެއް ދީފާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އެހެން ކަމުން، ކުރިއަށް އޮތް ވަގުތު ތަކުގައި ދީފާނެ ކޮންމެ ހަމަލާ އަކުން ދިފާއުވުމަށާއި، އެފަދަ ހަމަލާ އަކަށް ރައްދު ދިނުމަށްޓަކައި އަސްކަރީ ގޮތުން އަޅަން ޖެހޭ ހުރިހާ ފިޔަވަޅު ތަކެއް މިހާރު އަޅަމުންދާ ކަމަށް އެ ގައުމުން ވަނީ ހާމަ ކޮށްފައި އެވެ.

މި ނުރައްކާތެރި ހާލަތާ ގުޅިގެން އިޒްރޭލްގެ ދިފާއީ ބާރު ތަކުން ވަނީ ސަމާލުކަން އިތުރުކޮށް، ގައުމުގެ އެކި ސަރަހައްދު ތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި އެވެ. އަދި ކުރިއަށް އޮތް ގަޑިއިރު ތަކަކީ ނުރައްކާތެރި ވަގުތު ތަކަކަށް ވެދާނެތީ، އަސްކަރިއްޔާގެ ހުރިހާ ގުނަވަން ތަކެއް މިހާރު އޮތީ އެންމެ މަތީ ދަރަޖައިގެ ތައްޔާރީ ހާލަތެއްގައި ކަމަށް ވެސް އެ ގައުމުގެ އަސްކަރީ ތަރުޖަމާނާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.

އިޒްރޭލް އިން މިފަދަ އިންޒާރެއް ނެރެފައި މިވަނީ، މެދު އިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ގޯސްވެ، ސަރަހައްދީ ހަމަނުޖެހުންތައް އިތުރު ވެފައިވާ ދަނޑިވަޅެއްގައި އެވެ. ނަމަވެސް، މި ހަމަލާތައް އަންނާނެ ކަމަށް ބެލެވެނީ ކޮން ފަރާތަކުން ކަމެއް ނުވަތަ ކޮން ގައުމަކުން ކަމެއް އިޒްރޭލްގެ އަސްކަރިއްޔާ އިން ސީދާ ހާމަ ކޮށްފައި ނުވެ އެވެ.

މި ހާލަތާ ގުޅިގެން އިޒްރޭލްގެ އާންމު ރައްޔިތުންނަށް ސަލާމަތީ އިރުޝާދުތައް ދެމުންދާއިރު، އަސްކަރިއްޔާ އިން ބުނެފައި ވަނީ ހަމަލާއެއް އަތުވެއްޖެ ނަމަ އެކަމަށް ދޭން ޖެހޭ ރައްދު ދިނުމުގައި ފަސް ނުޖެހޭނެ ކަމަށެވެ. އަދި ކުރިއަށް އޮތް ގަޑިއިރު ތަކުގައި މަސްރަހަށް އަންނަ ބަދަލުތައް ވަރަށް ގާތުން ބަލަމުން ދާނެ ކަމަށް ވެސް އިޒްރޭލް އިން ބުނެ އެވެ.

މަސްދަރު: އަލް ޖަޒީރާ

އެމެރިކާ-އިޒްރޭލް-އިރާން ހަނގުރާމަ އިޒްރޭލް-ލުބުނާންއިޒްރޭލް

ކޮމެންޓް

އިތުރަށް ކިޔާލަން

ފައިނަލް އެއްބަސްވުމަކާ ހަމައަށް ދެވެންދެން، އީރާންއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު ނާޅަން އެމެރިކާ އިން އެއްބަސްވެއްޖެ

ފައިނަލް އެއްބަސްވުމަކާ ހަމައަށް ދެވެންދެން، އީރާންއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު ނާޅަން އެމެރިކާ އިން އެއްބަސްވެއްޖެ

14 ޖޫން 2026
ސުލްޙައިގެ އެއްބަސްވުމާ މެދު އީރާން އިން ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެފި

ސުލްޙައިގެ އެއްބަސްވުމާ މެދު އީރާން އިން ވަކި ގޮތެއް ނުނިންމާ ކަމަށް ބުނެފި

14 ޖޫން 2026
ސުލްޙައިގެ މަޝްވަރާ ތަކަށް ޤަތަރުގެ ވަފުދެއް އީރާން އަށް

ސުލްޙައިގެ މަޝްވަރާ ތަކަށް ޤަތަރުގެ ވަފުދެއް އީރާން އަށް

14 ޖޫން 2026
ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރި އީރާންގެ ޑްރޯން ތަކެއް އެމެރިކާ އިން ވައްޓާލައިފި

ހޮރްމޫޒް ކަނޑު އޮޅިން ދަތުރުކުރި އީރާންގެ ޑްރޯން ތަކެއް އެމެރިކާ އިން ވައްޓާލައިފި

13 ޖޫން 2026
އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި

އެމެރިކާ އާއި އީރާން އިން ސުލްޙައިގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ފްރާންސް އިން ގޮވާލައިފި

13 ޖޫން 2026

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު