Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ޕެރަގުއޭ ބަލިކޮށް، އެމެރިކާ އަށް ވަރުގަދަ ފެށުމެއް

މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާ އިން ވަނީ ތިން ލަނޑު ޖަހައި، މެޗުގެ ކޮންޓްރޯލް ހޯދާފައި. ޕެރަގުއޭގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2026 | ހޮނިހިރު 03:22
މެޗުގައި ލަނޑު ޖެހުމަށް ފަހު އެމެރިކާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު އެމެރިކާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ޑީގައި ޕެރަގުއޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، މުބާރާތް ބާއްވާ އެއް ޤައުމު ކަމަށްވާ އެމެރިކާ އިން ވަރުގަދަ ފެށުމެއް ހޯދައިފި އެވެ.

އެމެރިކާގެ ލޮސް އެންޖެލެސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ފަތިހު ކުޅުނު މެޗުގައި އެމެރިކާ އިން ވަނީ 4-1 އިން ޕެރަގުއޭ ބަލިކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި އެމެރިކާ އިން ވަނީ ތިން ލަނޑު ޖަހައި، މެޗުގެ ކޮންޓްރޯލް ހޯދައިފަ އެވެ. ޕެރަގުއޭގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ މެޗުގެ ދެ ވަނަ ހާފުގައި އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި އެމެރިކާ އަށް ލީޑު ލިބުނީ ޕެރަގުއޭގެ ޑެމިއަން ބޮބަޑިލާ އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ 31 ވަނަ މިނެޓުގައި އެމެރިކާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްދިނީ ފޮލަރިން ބަލޮގަން އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ކްރިސްޓިއަން ޕުލިސިޗް އެވެ.

މެޗުގެ ފުރަތަމަ ހާާފުގެ އިތުރު ވަގުތުގައި ބަލޮގަން ވަނީ އިތުރު ލަނޑެއް ޖަހައި، އެމެރިކާ އަށް ތިން ލަނޑުގެ ލީޑެއް ހޯދައި ދީފައި އެވެ. އެ ލަނޑު ޖަހަން ބަލޮގަން އަށް ފުރުސަތު ތަނަވަސްކޮށްދިނީ މަލިކް ޓިލްމަން އެވެ. މެޗުގައި ޕެރަގުއޭގެ ހަމައެކަނި ލަނޑު އެ ޓީމުން ޖެހީ 73 ވަނަ މިނެޓުގަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ މައުރީސިއޯ އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެވެ.

އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި އެމެރިކާ އިން ވަނީ ހަތަރު ވަނަ ލަނޑެއް ޖަހައިފަ އެވެ. އެ ލަނޑު އެމެރިކާ އަށް ޖަހައިދިނީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނިކުތް ޖިއޮވާނީ ރޭނާ އެވެ. 

މުބާރާތުގެ ގުރޫޕް ސްޓޭޖުގައި އެމެރިކާގެ ދެ ވަނަ މެޗުގައި ނިކުންނާނީ އޮސްޓްރިއާއާ ދެކޮޅަށެވެ. އަދި ފަހު މެޗުގައި ނިކުންނާނީ ތުރުކީއާ ދެކޮޅަށެވެ. އެންމެ ފަހުން 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕްގައި އެމެރިކާ އިން ވަނީ ގަދަ 16 ވަނަ ބުރުގައި ވާދަކޮށްފައި އެވެ. ނަމަވެސް ގަދަ 16 ވަނަ ބުރުގައި ނެދަލެންޑްސް އަތުން ބަލިވެ މުބާރާތުން ކެޓީ އެވެ.

ފީފާ ވާރލްޑް ކަޕް 2026އެމެރިކާގެ ޤައުމީ ފުޓުބޯޅަ ޓީމުޕެރަގުއޭ ޤައުމީ ފުޓުބޯޅަ ޓީމު

އިތުރަށް ކިޔާލަން

13 ޖޫން 2026

ފަހަތުން އަރައި ކެނެޑާ އިން ބޮސްނިއާއާ އެއްވަރު ކޮށްފި

13 ޖޫން 2026
ފަހަތުން އަރައި ކެނެޑާ އިން ބޮސްނިއާއާ އެއްވަރު ކޮށްފި
12 ޖޫން 2026

ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު

12 ޖޫން 2026
ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު
09 ޖޫން 2026

އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި

09 ޖޫން 2026
އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި
09 ޖޫން 2026

ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން

09 ޖޫން 2026
ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން
08 ޖޫން 2026

މެސީ ލައްވާ ނުކުޅުވީ ރެސްޓު ކުރުވަން: ސްކަލޯނީ

08 ޖޫން 2026
މެސީ ލައްވާ ނުކުޅުވީ ރެސްޓު ކުރުވަން: ސްކަލޯނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު