Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2026

ރޭޕުގެ ދައުވާ އޮތުމުން، ޕާޓޭ އަށް ވިސާ ނުދޭން ކެނެޑާ އިން ނިންމައިފި

ކެނެޑާގެ ކަމާ ގުޅުންހުރި އިދާރާ ތަކުން ބުނެފައި ވަނީ، ރޭޕުގެ ދައުވާ އަކީ ވަރަށް ސީރިއަސް ކުށެއް ކަމަށްވާތީ ޕާޓޭ އަށް ވިސާ ނުދޭން ނިންމީ ކަމަށް. މި މައްސަލައިގައި ފީފާ އިން ބުނެފައި ވަނީ، އެ އިދާރާ އަށް ކުރެވޭނެ ކަމެއް ނެތް ކަމަށް. އެގޮތުން ވިސާ ދިނުމާއި ނުދިނުމަކީ ކޮންމެ ޤައުމަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރުމުގެ އެއްވެސް ބާރެއް ފީފާ އަށް ނެތް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2026 | ހޮނިހިރު 04:00
ގާނާގެ ޤައުމީ ޓީމުގައި ހިމެނޭ ތޯމަސް ޕާޓޭ.

ގާނާގެ ޤައުމީ ޓީމުގައި ހިމެނޭ ތޯމަސް ޕާޓޭ. | ރޮއިޓާސް

ގާނާގެ ޤައުމީ ޓީމުގައި ހިމެނޭ ތޯމަސް ޕާޓޭގެ މައްޗަށް އުފުލާފައިވާ ރޭޕުގެ ދައުވާއާ ގުޅިގެން، ފީފާ ވޯލްޑް ކަޕްގައި ވާދަ ކުރުމަށް ކެނެޑާ އަށް އެތެރެވުމަށް އޭނާ އަށް ވިސާ ނުދޭން ކެނެޑާ އިން ނިންމައިފި އެވެ.

އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާގައި ކުރިއަށްދާ މުބާރާތުގައި ގާނާ އޮތީ ގުރޫޕް އެލްގައި އެވެ. މި ގުރޫޕުގައި ގާނާގެ ފުރަތަމަ މެޗުގައި ޕަނަމާއާ ދެކޮޅަށް ނިކުންނަން ޖެހޭއިރު، އެ މެޗު އޮތީ ކެނެޑާގެ ޓޮރޮންޓޯގައި އެވެ. 

ފީފާ އިން ހާމަ ކޮށްފައިވާ ގޮތުގައި ޕާޓޭ އަށް ވިސާ ނުދޭން ކެނެޑާ އިން ނިންމާފައި ވަނީ، އިނގިރޭސިވިލާތުގައި އޭނާއާ ދެކޮޅަށް ކުރިއަށް ގެންދާ ރޭޕުގެ ދައުވާއާ ގުޅިގެންނެވެ. ކެނެޑާގެ އިމިގްރޭޝަން ޤަވާއިދު ތަކުގައި ބުނެފައިވާ ގޮތުން، ޖިނާއީ ދައުވާ ތަކާ ގުޅިގެން ކޯޓުގައި މައްސަލަ ކުރިއަށްދާ ފަރާތް ތަކަށް އެ ޤައުމަށް ވަނުމުގެ ހުއްދަ ދިނުމުގައި ޚާއްސަ ސަމާލު ކަމެއް ދޭން ޖެހެ އެވެ. 

ކެނެޑާގެ ކަމާ ގުޅުންހުރި އިދާރާ ތަކުން ބުނެފައި ވަނީ، ރޭޕުގެ ދައުވާ އަކީ ވަރަށް ސީރިއަސް ކުށެއް ކަމަށްވާތީ ޕާޓޭ އަށް ވިސާ ނުދޭން ނިންމީ ކަމަށެވެ. މި މައްސަލައިގައި ފީފާ އިން ބުނެފައި ވަނީ، އެ އިދާރާ އަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. އެގޮތުން ވިސާ ދިނުމާއި ނުދިނުމަކީ ކޮންމެ ޤައުމަކަށް ވެސް ލިބިފައިވާ ހައްގެއް ކަމަށާއި، އެ ނިންމުން ބަދަލު ކުރުމުގެ އެއްވެސް ބާރެއް ފީފާ އަށް ނެތް ކަމަށް ވަނީ ބުނެފައި އެވެ. 

ޕާޓޭ އަށް ވިސާ ނުދޭން ނިންމުމުން، ގާނާގެ ފުޓުބޯޅަ އެސޯސިއޭޝަން އިން ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅު ކޮށްފައި އެވެ. ޕާޓޭ އަކީ ގާނާ ޤައުމީ ޓީމުގައި ހިމެނޭ މުހިންމު ކުޅުންތެރިޔަކަށް ވާއިރު، އޭނާ ނެތުމަކީ ޓީމަށް ލިބޭނެ ބޮޑު ގެއްލުމެއް ކަމަށް ވެސް ގާނާ އިން ވަނީ ބުނެފައި އެވެ. 

އިނގިރޭސިވިލާތުގައި ޕާޓޭއާ ދެކޮޅަށް އުފުލާފައިވާ ދައުވާގެ ޝަރީއަތް ކުރިއަށްދާއިރު، އޭނާ ވަނީ އެ ދައުވާ އަށް އިންކާރު ކޮށްފައި އެވެ. އެހެން ނަމަވެސް، މައްސަލަ ކުރިއަށްދާއިރު، ޝަރީއަތުގެ އަމުރުތަކާ އެއްގޮތަށް ޕާޓޭ އިނގިރޭސިވިލާތުގައި ހުރުމަށް ކޯޓުން އަމުރު ކޮށްފައިވެ އެވެ. ޕާޓޭގެ މައްޗަށް ކޮށްފައިވާ ދައުވާ އަކީ، 2020 ވަނަ އަހަރާއި، 2022 ވަނަ އަހަރުގެ ތެރޭގައި އަންހެނަކު ރޭޕު ކުރުމާއި އަނިޔާ ކުރުމުގެ ދައުވާ އެވެ.

ޕާޓޭއާ ދެކޮޅަށް ރޭޕުގެ ދައުވާ އޮތް ނަމަވެސް، ގާނާގެ ކޯޗު ކާލޯސް ކުއެރޯޒް ވަނީ އޭނާ ޤައުމީ ޓީމުގައި ހިމަނަން ނިންމައިފަ އެވެ. އެ ނިންމުން ނިންމުމަށް ފަހު ކުއެރޯޒް ބުނެފައި ވަނީ، އެ މީހެއްގެ މައްޗަށް ކުށެއް ސާބިތު ނުވާ ނަމަ އަމިއްލަ ދިރިއުޅުމުގައިގެން ކުރިއަށް ދިޔުމަކީ ކޮންމެ މީހަކަށް ވެސް އޮތް ހައްގެއް ކަމަށެވެ. އެހެންކަމުން ވޯލްޑް ކަޕްގައި ގާނާ އަށް ކުޅުމުގެ އެއްވެސް ހުރަހެއް ޕާޓޭ އަށް އޮތް ކަމަށް ޤަބޫލު ނުކުރާ ކަމަށް ވެސް ކުއެރޯޒް ވަނީ ބުނެފައި އެވެ. 

ފީފާ ވާރލްޑް ކަޕް 2026ގާނާ ޤައުމީ ފުޓުބޯޅަ ޓީމުތޯމަސް ޕާޓޭ

އިތުރަށް ކިޔާލަން

13 ޖޫން 2026

ޕެރަގުއޭ ބަލިކޮށް، އެމެރިކާ އަށް ވަރުގަދަ ފެށުމެއް

13 ޖޫން 2026
ޕެރަގުއޭ ބަލިކޮށް، އެމެރިކާ އަށް ވަރުގަދަ ފެށުމެއް
13 ޖޫން 2026

ފަހަތުން އަރައި ކެނެޑާ އިން ބޮސްނިއާއާ އެއްވަރު ކޮށްފި

13 ޖޫން 2026
ފަހަތުން އަރައި ކެނެޑާ އިން ބޮސްނިއާއާ އެއްވަރު ކޮށްފި
12 ޖޫން 2026

ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު

12 ޖޫން 2026
ދެކުނު އެފްރިކާ ބަލިކޮށް، މެކްސިކޯ އަށް ފުރަތަމަ މޮޅު
09 ޖޫން 2026

އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި

09 ޖޫން 2026
އީރާނުގެ ސަޕޯޓަރުންގެ ޓިކެޓުތައް އެމެރިކާ އިން ކެންސަލް ކޮށްފި
09 ޖޫން 2026

ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން

09 ޖޫން 2026
ސޯމާލިއާގެ ރެފްރީ އޮމާރް އަރްޓާން އެމެރިކާ އަށް އެތެރެވިޔަ ނުދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު