Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ފަހަތުން އަރައި ކެނެޑާ އިން ބޮސްނިއާއާ އެއްވަރު ކޮށްފި

13 ޖޫން 2026 | ހޮނިހިރު 02:31

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ހުކުރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެން. މެޗުގައި ބޮސްނިއާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ކެނެޑާ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 13 ޖޫން 2026 | ހޮނިހިރު 02:31
މެޗުގައި ލަނޑު ޖެހުމަށް ފަހު ކެނެޑާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

މެޗުގައި ލަނޑު ޖެހުމަށް ފަހު ކެނެޑާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕްގެ ގުރޫޕް ބީގައި ބޮސްނިއާއާ ދެކޮޅަށް ކުޅުނު މެޗުން، ފަހަތުން އަރައި ކެނެޑާ އެއްވަރު ކޮށްފި އެވެ.

ކެނެޑާގެ ޓޮރޮންޓޯ ސްޓޭޑިއަމްގައި ހުކުރު ދުވަހުގެ ރޭ ދަންވަރު ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މެޗުގައި ބޮސްނިއާ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ކެނެޑާ އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ބޮސްނިއާ އިން ވަނީ ކެނެޑާ ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު ބޮސްނިއާ އަށް ޖަހައިދިނީ ޖޯވޯ ލުކިޗް އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ސީޑް ކޮލާސިނަޗް އެވެ. އެ ލަނޑާ އެކު ބޮސްނިއާ އިން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެގެންނެވެ. 

މެޗުގެ ދެ ވަނަ ހާފުގައި ކެނެޑާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައި އެވެ. އެގޮތުން އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ 78 ވަނަ މިނެޓުގައި ކައިލް ލަރިން ޖެހި ލަނޑުންނެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި އެވެ. އެ ލަނޑު ޖަހަން ލަރިން އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖޮނަތަން ޑޭވިޑް އެވެ.

މިފަހަރުގެ ވޯލްޑް ކަޕް ހޯސްޓު ކުރާ އެއް ޤައުމަކީ ކެނެޑާ އެވެ. އެގޮތުން މުބާރާތް ބާއްވަނީ ކެނެޑާގެ އިތުރުން އެމެރިކާ އާއި މެކްސިކޯ އެކުވެގެންނެވެ. މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ދެން ކެނެޑާ ނިކުންނާނީ ޤަތަރާ ދެކޮޅަށެވެ. އަދި ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ކެނެޑާ ނިކުންނާނީ ސްވިޒަލެންޑާ ދެކޮޅަށެވެ.

ފީފާ ވޯލްޑް ކަޕް 2026ކެނެޑާ ޤައުމީ ފުޓުބޯޅަ ޓީމު ބޮސްނިއާ ޤައުމީ ފުޓުބޯޅަ ޓީމު

އެންމެ ހިނގާ

1

އޮޑި އަށް ގެނައި ރެއާލް އަށް ކުޅުނު ރޮޑްރިގޭޒް، ކުލަބު ދޫކޮށް ގޮސްފި

2

ވިހައިގެން ހޮސްޕިޓަލުން ނުނިކުމެވި އުޅެނިކޮށް ލިބުނީ ފެނަކައިގެ ވަޒީފާއިން ވަކިކުރިކަމުގެ ޗިޓު!

3

ލޯބިވާ ކުޑަކުޑަ ހިތާއެވެ! ލޯބިވާ ދަރިފުޅާއެވެ!: ތުއްތު ޒީވާގެ ވަކިވުމާއެކު އަޝްރަފްގެ އައު ޅެމަކުން ރޮއްވާލައިފި!

4

މެމްބަރު ސައުދުﷲ ހިލްމީ ސޯޝަލް މީޑިއާގައި އާންމުކުރި ލިސްޓުގައި 18 އަހަރު ނުވާ ކުޑަކުދިންގެ މައުލޫމާތު ހިމެނޭތީ، އެ މައްސަލަ ފުލުހަށް ހުށަހަޅައިފި

5

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

އިތުރަށް ކިޔާލަން

22 އޯގަސްޓު 2026

ފައިނަލް މެޗަށް ފަހު ހިނގި މާރާމާރީގެ މައްސަލައިގައި ޕަރޭޑަސް 10 މެޗަށް ސަސްޕެންޑު ކުރުމާ އެކު، އާޖެންޓީނާ އަށް ބޮޑު ޖޫރިމަނާއެއް

22 އޯގަސްޓު 2026
ފައިނަލް މެޗަށް ފަހު ހިނގި މާރާމާރީގެ މައްސަލައިގައި ޕަރޭޑަސް 10 މެޗަށް ސަސްޕެންޑު ކުރުމާ އެކު، އާޖެންޓީނާ އަށް ބޮޑު ޖޫރިމަނާއެއް
06 އޯގަސްޓު 2026

ވޯލްޑް ކަޕްގައި އިންގްލެންޑު އަތުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، އާޖެންޓީނާ އިން ޚާއްސަ ދުވަހެއް ކަނޑައަޅައިފި

06 އޯގަސްޓު 2026
ވޯލްޑް ކަޕްގައި އިންގްލެންޑު އަތުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް، އާޖެންޓީނާ އިން ޚާއްސަ ދުވަހެއް ކަނޑައަޅައިފި
29 ޖުލައި 2026

ވައުދު ފުއްދައި ކުކުރޭލާ، ސްޕެއިންގެ ކޯޗު ފުއެންޓޭގެ ޓެޓޫ ޖަހައިފި

29 ޖުލައި 2026
ވައުދު ފުއްދައި ކުކުރޭލާ، ސްޕެއިންގެ ކޯޗު ފުއެންޓޭގެ ޓެޓޫ ޖަހައިފި
29 ޖުލައި 2026

ވޯލްޑް ކަޕްގެ އެންމެ މޮޅު ލަނޑަކީ، އާޖެންޓީނާ ކޮޅަށް ކޭޕް ވާޑްގެ ލޯޕޭސް ކަބްރާލް ޖެހި ލަނޑު!

29 ޖުލައި 2026
ވޯލްޑް ކަޕްގެ އެންމެ މޮޅު ލަނޑަކީ، އާޖެންޓީނާ ކޮޅަށް ކޭޕް ވާޑްގެ ލޯޕޭސް ކަބްރާލް ޖެހި ލަނޑު!
28 ޖުލައި 2026

ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!

28 ޖުލައި 2026
ވޯލްޑް ކަޕަށް ފާޑު ކިޔަމުން އަންނަ ފަރާތްތަކަށް ހަމަ ނިދި ނުލިބޭ ކަމަށް ވިދާޅުވެ، އިންފަންޓީނޯގެ ވަރުގަދަ ރައްދެއް!
28 ޖުލައި 2026

ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ރެފްރީކަން ކުރި ވިންޗިޗް ރިޓަޔަރކޮށްފި

28 ޖުލައި 2026
ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ރެފްރީކަން ކުރި ވިންޗިޗް ރިޓަޔަރކޮށްފި
27 ޖުލައި 2026

ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް

27 ޖުލައި 2026
ސްޕެއިންއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗަކީ، ޤައުމީ ޓީމަށް މެސީ ކުޅުނު ފަހު މެޗު: ޕަރޭޑަސް
27 ޖުލައި 2026

ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް

27 ޖުލައި 2026
ވޯލްޑް ކަޕްގެ ނާކާމިޔާބަށް ފަހު، މެސީ ފުރަތަމަ ފަހަރަށް އާންމުންގެ ތެރެއަށް
26 ޖުލައި 2026

ސެމީ ފައިނަލްގައި އިންގްލެންޑު ބަލިކުރުމާއެކު، އާޖެންޓީނާ އަށް ވޯލްޑް ކަޕް ނިމިއްޖެ: ޑި މާރިއާ

26 ޖުލައި 2026
ސެމީ ފައިނަލްގައި އިންގްލެންޑު ބަލިކުރުމާއެކު، އާޖެންޓީނާ އަށް ވޯލްޑް ކަޕް ނިމިއްޖެ: ޑި މާރިއާ
23 ޖުލައި 2026

ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ

23 ޖުލައި 2026
ބަލިވީ ރެފްރީންގެ ސަބަބުންނެއް ނޫން، ރަނގަޅަށް ކުޅުނީ ސްޕެއިން: ސްކަލޯނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް