Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑު

ރެއާލްގެ ރައީސް ކަމަށް ޕެރޭޒް އިންތިޚާބު ކޮށްފި

އިންތިޚާބުގެ ކާމިޔާބާާ އެކު ޕެރޭޒް ވަނީ، ރެއާލްގެ ކޯޗުކަމާ ދެން ހަވާލުވާނީ ހޯސޭ މޮރީނިއޯ ކަމަށް އިއުލާން ކުރައްވާފައި. މޮރީނިއޯ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އަދި އެންމެ ރަނގަޅު އެއް ކޯޗު ކަމަށާއި، އަލުން ރެއާލްއާ މޮރީނިއޯ ހަވާލު ވާނެ ކަމަށް. ޕެރޭޒް ވިދާޅުވީ އޭނާ ރައީސް ކަމުގައި ހުންނަވައިގެން، އަބަދު ވެސް މަސައްކަތް ކުރައްވާނީ ރެއާލްގެ ކުރިއެރުމާއި ކާމިޔާބަށް ކަމަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ޖޫން 2026 | ހޯމަ 02:08
ރެއާލްގެ ރައީސް ޕެރޭޒް.

ރެއާލްގެ ރައީސް ޕެރޭޒް. | ރޮއިޓާސް

ސްޕެއިންގެ ރެއާލް މެޑްރިޑުގެ ރައީސް ކަމުގެ މަގާމަށް، މިހާރު ވެސް އެ މަގާމުގައި ހުންނެވި ފްލޮރެންޓީނޯ ޕެރޭޒް އިންތިޚާބު ކޮށްފި އެވެ. 

ރެއާލްގެ ރައީސް ކަމުގެ އިތުރު ދައުރަކަށް ޕެރޭޒް އިންތިޚާބު ކޮށްފައި ވަނީ އާދީއްތަ ދުވަހު އެވެ. އެ އިންތިޚާބުގައި ޕެރޭޒް ވަނީ، އެންރީކޭ ރިކޭލްމޭގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. އިތުރު ހަތަރު އަހަރަށް ރެއާލްގެ ރައީސްކަން ޕެރޭޒް ހޯއްދެވިއިރު، އޭނާގެ ދައުރު ދެން ހަމަވާނީ 2030 ވަނަ އަހަރު އެވެ. 

ރެއާލްގެ އިންތިޚާބަށް ފަހު ވާހަކަ ދައްކަވަމުން ޕެރޭޒް ވިދާޅުވީ، ކުލަބުގެ ކުރިމަގަށްޓަކައި އޭނާ މަސައްކަތް ކުރައްވާނެ ކަމަށާއި، ރެއާލް ހިމާޔަތް ކުރައްވާނެ ކަމަށެވެ. އަދި ރެއާލް އިން މަސައްކަތް ކުރާނީ ކާމިޔާބީ އާއި ތަށިތައް ހޯދަން ކަމަށް ޕެރޭޒް ވިދާޅުވި އެވެ. ޕެރޭޒް ވިދާޅުވީ 16 ވަނަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމަށް، ރެއާލް އިން ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަަމަށެވެ. 

މީގެ އިތުރުން ޕެރޭޒް ވިދާޅުވީ ރެއާލް އަކީ މިނިވަން ކުލަބެއްގެ ގޮތުގައި އަބަދު ވެސް ދެމި އޮންނާނެ ކަމަށެވެ. އަދި ދިމާވާ ގޮންޖެހުންތަކާއި، ހުރަސް ތަކުން ރެއާލް އަރައި ގަންނާނީ ހިތްވަރާ އެކުގައި ކަމަށް ޕެރޭޒް ވަނީ ވިދާޅުވެފައި އެވެ. ރެއާލްގެ ދަނޑަކީ ދުނިޔޭގެ އެންމެ ފަޚުރުވެރި ދަނޑުކަން ފާހަގަ ކުރައްވައި ޕެރޭޒް ވިދާޅުވީ، ރެއާލްގައި ތިބޭނީ ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ އެންމެ މޮޅު ކުޅުންތެރިން ކަަމަށެވެ. 

އިންތިޚާބުގެ ކާމިޔާބާާ އެކު ޕެރޭޒް ވަނީ، ރެއާލްގެ ކޯޗުކަމާ ދެން ހަވާލުވާނީ ހޯސޭ މޮރީނިއޯ ކަމަށް އިއުލާން ކުރައްވައިފަ އެވެ. މޮރީނިއޯ އަކީ ދުނިޔޭގައި ހުރި އެންމެ މޮޅު އަދި އެންމެ ރަނގަޅު އެއް ކޯޗު ކަމަށާއި، އަލުން ރެއާލްއާ މޮރީނިއޯ ހަވާލު ވާނެ ކަމަށެވެ. ޕެރޭޒް ވިދާޅުވީ އޭނާ ރައީސް ކަމުގައި ހުންނަވައިގެން، އަބަދު ވެސް މަސައްކަތް ކުރައްވާނީ ރެއާލްގެ ކުރިއެރުމާއި ކާމިޔާބަށް ކަމަށެވެ. 

އިތުރަށް ޕެރޭޒް ވިދާޅުވީ އޭނާއާ އިދިކޮޅަށް ވޯޓު ދެއްވި މެމްބަރުންގެ ކަންބޮޑުވުން ތަކެއް ހުރި ކަމަށާއި، އެކަންކަން ޙައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. ރެއާލް އަކީ އެންމެންގެ ވެސް ކުލަބު ކަމަށާއި، ރެއާލްގެ ކުރިއެރުމަކީ އެންމެން ވެސް ބޭނުންވާނެ ގޮތް ކަމަށް ޕެރޭޒް ވިދާޅުވި އެވެ. 

ރެއާލް މެޑްރިޑްފްލޮރެންޓީނޯ ޕެރޭޒް

އިތުރަށް ކިޔާލަން

06 ޖޫން 2026

ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި

06 ޖޫން 2026
ރެއާލްގެ ކޯޗަކަށް ކްލޮޕް ގެންނަން އުޅޭ ކަމަށް ބުނާ ވާހަކަ ދޮގު ކޮށްފި
04 ޖޫން 2026

ރެއާލްގެ ރައީސްކަން ލިބިއްޖެ ނަމަ، ހާލަންޑް އާއި ރޮޑްރީ ގެންނާނަން: ރިކޭލްމޭ

04 ޖޫން 2026
ރެއާލްގެ ރައީސްކަން ލިބިއްޖެ ނަމަ، ހާލަންޑް އާއި ރޮޑްރީ ގެންނާނަން: ރިކޭލްމޭ
23 މެއި 2026

އެއްބަސްވުން ހަމަވުމުން، ރެއާލް ދޫކޮށްލަން އަލަބާ ނިންމައިފި

23 މެއި 2026
އެއްބަސްވުން ހަމަވުމުން، ރެއާލް ދޫކޮށްލަން އަލަބާ ނިންމައިފި
19 މެއި 2026

ރެއާލްއާ ހަވާލުވާން މޮރީނިއޯ އެއްބަސްވެއްޖެ

19 މެއި 2026
ރެއާލްއާ ހަވާލުވާން މޮރީނިއޯ އެއްބަސްވެއްޖެ
11 މެއި 2026

ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި

11 މެއި 2026
ރެއާލް ބަލިކޮށް، ބާސެލޯނާ އިން ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ދިފާއު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު