Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެފްއޭ ކަޕް

ޗެލްސީ ބަލިކޮށް، ސިޓީ އިން އަށް ވަނަ ފަހަރަށް އެފްއޭ ކަޕް ކާމިޔާބު ކޮށްފި

މޮޅާ އެކު ސިޓީ އިން އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާއިރު، މިއީ ސިޓީ އިން އެފްއޭ ކަޕް ކާމިޔާބު ކުރި އަށް ވަނަ ފަހަރު. އަނެއްކޮޅުން މިއީ މި ސީޒަންގައި ސިޓީ އިން ކާމިޔާބު ކުރި ދެ ވަނަ ތަށި. މީގެ ކުރިން ސިޓީ އިން ވަނީ ކަރަބޯ ކަޕްގެ ފައިނަލްގައި އާސެނަލް ބަލިކޮށް، ކަރަބޯ ކަޕް ކާމިޔާބު ކޮށްފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 17 މެއި 2026 | އާދީއްތަ 01:43
އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކުރުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ.

އިނގިރޭސި އެފްއޭ ކަޕް ކާމިޔާބު ކުރުމަށް ފަހު ސިޓީގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ. | ރޮއިޓާސް

އިނގިރޭސި އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީ ބަލިކޮށް، މެންޗެސްޓަރ ސިޓީ އިން މުބާރާތް ކާމިޔާބު ކޮށްފި އެވެ.

އިނގިރޭސި ވެމްބްލީ ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ސިޓީ އިން ކާމިޔާބު ކުރީ 1-0 އިންނެވެ. މެޗުގައި ސިޓީ އިން ހަމައެކަނި ލަނޑު ޖެހީ ވެސް މެޗުގެ ދެ ވަނަ ހާފުގަ އެވެ.

މެޗު ފަށައިގެން ސިޓީ އިން ރަނގަޅަށް ކުޅެފައިވާއިރު، އެ ޓީމުން ވަނީ ޗެލްސީ ކޮޅަށް ލަނޑު ޖަހަން މަސައްކަތް ކޮށްފަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެސް ސިޓީ އަށް ވަނީ ލަނޑު ޖަހައި ލީޑު ނަގަން ފުރުސަތު ލިބިފަ އެވެ. ނަމަވެސް، އެ ޓީމަށް ލިބުނު އެއްވެސް ފުރުސަތެއްގެ ބޭނުން ކުރެވޭ ގޮތެއް ނުވި އެވެ. 

މެޗުގެ ދެ ވަނަ ހާާފުގައި ސިޓީ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. އެގޮތުން މެޗުގެ 72 ވަނަ މިނެޓުގައި ސިޓީ އަށް ލީޑު ނަގައިދިނީ އެންޓޮއިން ސެމެންޔޯ އެވެ. އެ ލަނޑު ޖަހަން އޭނާާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ނޯވޭގެ ފޯވާާޑު އާލިން ހާލަންޑް އެވެ.

މޮޅާ އެކު ސިޓީ އިން އެފްއޭ ކަޕް ކާމިޔާބު ކޮށްފައިވާއިރު، މިއީ ސިޓީ އިން އެފްއޭ ކަޕް ކާމިޔާބު ކުރި އަށް ވަނަ ފަހަރެވެ. މީގެ ކުރިން ސިޓީ އިން ވަނީ 2023 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބު ކޮށްފަ އެވެ. ސިޓީ އިން އެ އަހަރު އެފްއޭ ކަޕް ކާމިޔާބު ކުރީ ވާދަވެރި މެންޗެސްޓަރ ސިޓީ ބަލިކޮށްގެންނެވެ. ޖެހިގެން އައި 2024 ވަނަ އަހަރުގެ އެފްއޭ ކަޕްގެ ފައިނަލްގައި ސިޓީ އާއި ޔުނައިޓެޑު ވާދަކުރިއިރު، އެފަހަރު ޔުނައިޓެޑުން ވަނީ ސިޓީ ބަލިކޮށްފަ އެވެ. 

އަނެއްކޮޅުން މިއީ މި ސީޒަންގައި ސިޓީ އިން ކާމިޔާބު ކުރި ދެ ވަނަ ތައްޓެވެ. މީގެ ކުރިން ސިޓީ އިން ވަނީ ކަރަބޯ ކަޕްގެ ފައިނަލްގައި އާސެނަލް ބަލިކޮށް، ކަރަބޯ ކަޕް ކާމިޔާބު ކޮށްފަ އެވެ. މި ސީޒަންގެ އިނގިރޭސި ޕްރިމިއާ ލީގުގައި ސިޓީ އާއި އާސެނަލްގެ ވާދަވެރިކަން ބޮޑުއިރު، ސިޓީ އޮތީ ލީގު ރޭހުގެ ދެ ވަނައިގަ އެވެ.

ޕްރިމިއާ ލީގު ތާވަލްގެ ދެ ވަނައިގައި ސިޓީ އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 36 މެޗުން 77 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަަށް މެޗު ކުޅެގެން އެއް ވަަނައިގައި އާސެނަލް އަށް ލިބެނީ 79 ޕޮއިންޓެވެ. ދެ ޓީމަށް ވެސް ބާކީ ދެ މެޗު އޮތްއިރު، ސިޓީ އަށް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އޮތީ އާސެނަލް އިން ޕޮއިންޓެއް ގެއްލުވާލައިގެންނެވެ. 

ސިޓީ އިން އެފްއޭ ކަޕް ކާމިޔާބު ކުރުމާ އެކު، އެ ޓީމަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ އަށް ވެސް ވަނީ ޚާއްސަ ކާމިޔާބެއް ލިބިފަ އެވެ. އެގޮތުން ފާއިތުވި 10 އަހަރުގެ ތެރޭގައި ގާޑިއޯލާ މި ވަނީ 20 ތަށި ކާމިޔާބު ކޮށްފަ އެވެ.

އޭގެ ތެރޭގައި ޕްރިމިއާ ލީގު ހަ ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، އެފްއޭ ކަޕް ތިން ފަހަރު ކާމިޔާބު ކުރުމާއި، ކަރަބޯ ކަޕް ފަސް ފަހަރު ކާމިޔާާބު ކުރުމާއި، އެފްއޭ ކޮމިއުނިޓީ ޝީލްޑް ތިން ފަހަރު ކާމިޔާބު ކުރުމާއި، ޔުއެފާ ޗެމްޕިއަންސް ލީގު އެއް ފަހަރު ކާމިޔާބު ކުރުމާއި، ޔުއެފާ ސުޕަ ކަޕް އެއް ފަހަރު ކާމިޔާބު ކުރުން އަދި ފީފާ ކުލަބު ވޯލްޑް ކަޕް އެއް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

އިނގިރޭސި އެފްއޭ ކަޕްމެންޗެސްޓަރ ސިޓީޗެލްސީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

ޕެލަސް ބަލިކޮށް ސިޓީ އިން ލީގުގެ އުންމީދުގައި

14 މެއި 2026
ސިޓީ އަށް ވަރަށް ޕްރެޝަރު އެބަ އޮތް: ގާޑިއޯލާ

ސިޓީ އަށް ވަރަށް ޕްރެޝަރު އެބަ އޮތް: ގާޑިއޯލާ

13 މެއި 2026
ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން

ސިޓީ އޮތީ ލީގު ރޭހުގައި، ގާޑިއޯލާ ބުނެދިނީ އާސެނަލް އަކީ ވަރުގަދަ ޓީމެއްކަން

11 މެއި 2026
ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި

ބްރެންޓްފޯޑް ބަލިކޮށް، ސިޓީ އިން ލީގު ރޭހުގައި

10 މެއި 2026
ބަލިވުމަށް ވުރެ އެއްވަރުވުން ރަނގަޅު، ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނަން: ގާޑިއޯލާ

ބަލިވުމަށް ވުރެ އެއްވަރުވުން ރަނގަޅު، ފަހު ވަގުތާ ޖެހެންދެން މަސައްކަތް ކުރާނަން: ގާޑިއޯލާ

06 މެއި 2026

އަހަރުތަކުން މިއަދު

16 މެއި
އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް
20251 އަހަރު ކުރިން
ރާއްޖެ

އައިޖީއެމްއެޗުން އުކުޅުވަޅުގެ އޮޕަރޭޝަނެއް ކުރި މީހެއްގެ ލޮލުގެ ފެނުން ގެއްލި، ނުކުޅެދުންތެރި މީހަކަށް ބަދަލުވި މައްސަލައެއް

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

އިންތިހާ ތައްޔާރީ ކާބޯތަކެތިން ހަށިގަނޑަށް ވަނީ ގެއްލުންތަ؟ ނޫނީ ފައިދާތަ؟

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

12 މެމްބަރުންނާއި އިތުރު ބައެއް ފަރާތްތައް އެމްޑީޕީ އިން ވަކިވެއްޖެ

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި
20224 އަހަރު ކުރިން
ރިޕޯޓު

އަނެއްކާވެސް ބައްޔަކާމެދު ކަންބޮޑުވުން ފެތުރެން ފަށައިފި

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ބިލް ގޭޓްސްގެ ގިރިޓީކަން ކެނޑި "ކޫޑިކަން" ފާޅުވާން ފަށައިފި

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު
20197 އަހަރު ކުރިން
ރާއްޖެ

އަބްދުރަހީމް ފައުންޑޭޝަން ހިމެނޭ ގޮތަށް ވެމްކޯއިން ގިނަ އަދަދެއްގެ ފައިސާ ކުންފުނިތަކަށް ދޫކޮށްފައިވޭ: އާދަމް މުހައްމަދު

ސެއްޅި ބޭސް
20188 އަހަރު ކުރިން
ވާހަކަަ

ސެއްޅި ބޭސް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު