Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ރެއާލް މެޑްރިޑް

ރެއާލްގެ ކޯޗަކަށް މޮރީނިއޯ ގެންނަން މަސައްކަތް ކުރަނީ

އުމުރުން 63 އަހަރުގެ މޮރީނިއޯ ވަނީ މީގެ ކުރިން ވެސް ރެއާލް އަށް އިރުޝާދު ދީފައި. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން، 2013 ވަނަ އަހަރަށް އޭނާ ވަނީ ރެއާލް އަށް އިރުޝާދު ދީފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 9 މެއި 2026 | ހޮނިހިރު 05:35
މީގެ ކުރިން ރެއާލް އަށް އިރުޝާދު ދީފައިވާ މޮރީނިއޯ، މިހާރު އޭނާ އިރުޝާދު ދެމުން އަންނަނީ ބެންފީކާ އަށް.

މީގެ ކުރިން ރެއާލް އަށް އިރުޝާދު ދީފައިވާ މޮރީނިއޯ، މިހާރު އޭނާ އިރުޝާދު ދެމުން އަންނަނީ ބެންފީކާ އަށް. | ރޮއިޓާސް

ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗަކަށް، ޕޯޗުގަލްގެ ހޯސޭ މޮރީނިއޯ ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފި އެވެ. 

ރެއާލްގެ ކޯޗުކަމުގައި ހުރި ޒަބީ އަލޮންސޯ މަގާމުން ވަކި ކުރުމަށް ފަހު، އެ މަގާމަށް ހަމަޖައްސާފައި ވަނީ އަލްވާރޯ އާބެލޯ އެވެ. ނަމަވެސް، އަންނަ ސީޒަންގައި އޭނާ ރެއާލްގައި ނުހުންނާނެ ކަމަށާއި، ރެއާލް އިން އައު ކޯޗެއް ހޯދާނެ ވާހަކަ މީޑިއާ ތަކުގައި ވަނީ ރިޕޯޓު ކޮށްފަ އެވެ.

ސްޕެއިންގެ މީޑިއާ ތަކުގައި ބުނެފައިވާ ގޮތުން، ރެއާލް އިން މިހާރު އަންނަނީ އެ ކުލަބުގެ ކޯޗަކަށް މޮރީނިއޯ ހަމަޖެއްސުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން، އެކަމާ ގުޅުންހުރި މަޝްވަރާތައް ސީދާ މޮރީނިއޯގެ އެޖެންޓާ އެކު ކުރަމުން އަންނަ ކަމަށް ބުނެފައިވެ އެވެ. 

މީގެ އިތުރުން މީޑިއާ ތަކުގައި ބުނެފައި ވަނީ، މޮރީނިއޯ މިހާރު އިރުޝާދު ދެމުން އަންނަ ބެންފީކާ އިން އޮތީ އޭނާ ދޫކޮށްލާ ގޮތަކަށް ނޫނެވެ. ބެންފީކާ އިން މޮރީނިއޯ ބަހައްޓަން ބޭނުންވި ނަމަވެސް، ރެއާލް އިން ބޭނުންވާ ނަމަ މޮރީނިއޯ އެ ކުލަބާ ހަވާލުވާނެ ކަމަށް ވެސް މީޑިއާ ތަކުގައި ބުނެފައިވެ އެވެ. 

އުމުރުން 63 އަހަރުގެ މޮރީނިއޯ ވަނީ މީގެ ކުރިން ވެސް ރެއާލް އަށް އިރުޝާދު ދީފަ އެވެ. އެގޮތުން 2010 ވަނަ އަހަރުން ފެށިގެން، 2013 ވަނަ އަހަރަށް އޭނާ ވަނީ ރެއާލް އަށް އިރުޝާދު ދީފަ އެވެ. މޮރީނިއޯގެ އިރުޝާދުގެ ދަށުން ރެއާލް އިން 178 މެޗު ކުޅެފައިވާއިރު، 127 މެޗުން ވަނީ މޮޅުވެފަ އެވެ. 23 މެޗަކުން ބަލިވެފައިވާއިރު، 28 މެޗެއް ނިމުނީ އެއްވަރު ވެގެންނެވެ. އޭނާގެ އިރުޝާދުގެ ދަށުން ރެއާލް އިން ވަނީ ތިން ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ.

ބެންފީކާ އިން ކޯޗިން ކެރިއަރު ފެށި މޮރީނިއޯ އަކީ، ދުނިޔޭގައި ތިބި އެންމެ މޮޅު ކޯޗުންގެ ތެރޭގައި ފާހަގަ ކޮށްލެވޭ މީހެކެވެ. އޭނާ ވަނީ ގިނަ ކުލަބު ތަކެއްގައި މަސައްކަތް ކޮށްފަ އެވެ. ބެންފީކާ އާއި ރެއާލްގެ އިތުރުން މޮރީނިއޯ ވަނީ. އިންޓަރ މިލާން، މެންޗެސްޓަރ ޔުނައިޓެޑު، ޓޮޓެންހަމް އަދި ރޯމާ އަށް ވެސް އިރުޝާދު ދީފަ އެވެ. 

ރެއާލް މެޑްރިޑްޖޯސޭ މޮރީނިއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއާލް އިން އެސްޕަންޔޯލް ބަލިކޮށްފި، ބާސެލޯނާ އަށް އިތުރު އިންތިޒާރެއް

ރެއާލް އިން އެސްޕަންޔޯލް ބަލިކޮށްފި، ބާސެލޯނާ އަށް އިތުރު އިންތިޒާރެއް

04 މެއި 2026
ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

ރެއާލް ބަލިކޮށް، ބަޔާން އިން ސެމީ ފައިނަލްގެ ފުރުސަތު ބޮޑު ކޮށްފި

08 އެޕްރީލު 2026
ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި

ބަޔާން ވަރުގަދަ، ރެއާލް އޮތީ މޮޅުވުމުގެ އަޒުމުގައި އެކަނި

07 އެޕްރީލު 2026
ރެލިގޭޝަންގެ ބިރުވެރި ކަމުގައި އޮތް މަޔޯކާ އިން، ފަހު ވަގުތު ރެއާލް ބަލިކޮށްފި

ރެލިގޭޝަންގެ ބިރުވެރި ކަމުގައި އޮތް މަޔޯކާ އިން، ފަހު ވަގުތު ރެއާލް ބަލިކޮށްފި

05 އެޕްރީލު 2026
އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ

އެންމެ ފޯމުގައި އޮތީ ބަޔާން، ބަޔާން ބަލި ކުރެވޭނެ ޓީމަކަށް އޮތީ ރެއާލް: އެމްބާޕޭ

30 މާރިޗު 2026

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު